Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަހްމަދު އަދީބް

އަދީބުގެ އާއިލާއިން ޕީޕީއެމްގެ ޕީޖީ ގްރޫޕާ ބައްދަލުކުރަން ހުށަހަޅައިފި

އަދީބުގެ އެތެރެހަށީގައި ސިސްޓެއް

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 15 ޖޫން 2017 | ބުރާސްފަތި 07:05
އަހަމްދު އަދީބަށް ފަރުވާ ދެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދަވަނީ

އަހަމްދު އަދީބަށް ފަރުވާ ދެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދަވަނީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ސިއްހީ ހާލަތު ދަށްވަމުންދާތީ ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕް ބައްދަލުކުރުމަށް އާއިލާގެ ފަރާތުން ހުށަހަޅައިފި އެވެ.

އަދީބުގެ މަންމަ، ޝަހީމާ މުހައްމަދު، ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އޮކްޓޯބަރު 24، 2015 ގައި އަދީބު ހައްޔަރުކުރި ފަހުން މިއަދާ ހަމައަަށް އައިއިރު އެ މަނިކުފާނަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް ހުރުމާއި ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން، ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއްކަމުގައިވާ ގްލޮކޮމާޖެހިފައިވާ ކަމަށް ލޮލުގެ ހާއްސަ ޑޮކްޓަރުން ކަށަވަރުކޮށްދެއްވާފައިވާ ކަމަށް އަދީބުގެ މަންމަގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

Advertisement - newsAdvertisement

"މިކަމާ ގުޅިގެން އާއިލާއިން މިހާރު ވާނީ އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ބޭސްފަރުވާގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާތަކުގެ ސަމާލުކަމަށް މިހުރިހާ ކަމެއް ގެނެސްފަ އެވެ. އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނޭ ކަމަށް އަންގަވާފައެއް ނުވެ އެވެ،" ސިޓީގައިވެ އެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަކީ ދިވެހިރާއްޖެއިން ފަރުވާ ކުރެވޭ ކަންތައްތަކެއް ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށާއި ވީހާ ވެސް އަވަހަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދަން ލަފާ ދެއްވާފައިވާ ކަމަށް އަދީބުގެ މަންމަ ވިދާޅުވެފައިވެ އެވެ. ޑޮކްޓަރުން މިގޮތަށް ލަފާދެއްވާފައިވާ ކަން އެނގޭނެ ލިޔުންތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ހުރި ނަމަވެސް އެއްވެސް ލިޔުމެއް އާއިލާއަށް ދޫކޮށްފައި ނެތް ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަދީބުގެ ސިއްހީ ހާލަތު ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕާ ހިއްސާ ކުރެއްވުމަށް ބޭނުންފުޅުވާ ކަމަށާއި އެ ބައްދަލުވުމުގައި އާއިލާގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާނީ އަދީބުގެ މަންމަ އާއި ބައްޕަ އަދި އަނބިކަނބަލުން މަރިޔަމް ނަސްވާ ކަމަށް ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ވީމާ އަޅުގަނޑުގެ ދަރިފުޅާ، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުންނާ އޮތް ނުހަނު ގާތް ގުޅުމަށް ބައްލަވައި މި ބައްދަލުވުން ހަމަޖައްދަވައި އަޅުގަނޑުމެންގެ ކަންބޮޑޫވުންތައް ހިއްސާކޮށްލެވުމަށް ފުރުސަތު ދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ.

އަދީބު 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަވާއިރު، އެ މަނިކުފާނަށް މިހާރު މެދުވެރިވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވާނެ ކަމަށް، އޭނާގެ ވަކީލް މޫސާ ސިރާޖު ވަނީ ވިދާޅުވެފަ އެވެ.

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
23 ޖެނުއަރީ 2017

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު