Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑޯ-ޕެސިފިކް ސަރަހައްދު

އިންޑޯ-ޕެސިފިކް ސަރަހައްދުން މިހާރު ފެންނަނީ ގާނޫނުގެ މައްޗަށް ގަދަ ބާރު ހިންގާ މަންޒަރު!

ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައަކީ "ކަނޑައެޅިގެން ބޮޑު ފެއިލްވުމެއް ކަމަށް" ލިޔެވިފައި އޮންނަން ޖެހޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 31 ޖުލައި 2022 | އާދީއްތަ 06:25
ޖަޕާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، އިންޑޯ-ޕެސިފިކް ސަރަހައްދަކީ ދުނިޔޭގެ ތަރައްގީގެ އިންޖީނު ކަމަށާއި އަދިވެސް އިތުރަށް ކުރިއަށް ގެންދިއުމަށް ފަހި ފުރުސަތުތަކެއް އެބަ ހުރި ކަމަށް

ޖަޕާނުގެ ފޮރިން މިނިސްޓަރު ވިދާޅުވީ، އިންޑޯ-ޕެސިފިކް ސަރަހައްދަކީ ދުނިޔޭގެ ތަރައްގީގެ އިންޖީނު ކަމަށާއި އަދިވެސް އިތުރަށް ކުރިއަށް ގެންދިއުމަށް ފަހި ފުރުސަތުތަކެއް އެބަ ހުރި ކަމަށް

ބައިނަލްއަގުމީ ޑިޕްލޮމެޓިކް އިސްތިރާޖުގައި ހައްސާސް މަންޒިލެއް ކަމުގައިވާ އިންޑޯ-ޕެސިފިކް ސަރަހައްދުގައި ގާނޫނީ ވެރިކަން ހިންގުމުގެ ބަދަލުގައި މިހާރު ފެންނަމުން ދަނީ ގަދަ ބާރާއި ނުފޫޒުން ކަންކަން ކުރަމުންދާ މަންޒަރު ކަމަށް ވިދާޅުވެ، ޗައިނާގެ އަމަލުތަކަށް ސަމާލުވުމަށް ޖަޕާނުގެ ފޮރިން މިނިސްޓަރު ޔޮޝިމަސާ ހަޔާޝީ އިންޒާރު ކުރައްވައިފިއެވެ.

ވޮޝިންގްޓަންގެ ތިންކްޓޭންކެއްގައި ތަގުރީރު ކުރައްވަމުން، ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައަށް އިޝާރާތް ކުރައްވާ، ހަޔާޝީ ވަނީ އެފަދަ ކަމަކީ އެހެން މަންޒިލެއްގައި ހިނގުމަށް ފުރުސަތު ދީގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައަކީ "ކަނޑައެޅިގެން ބޮޑު ފެއިލްވުމެއް ކަމަށް" ލިޔެވިފައި އޮންނަން ޖެހޭ ކަމަށާއި، ނޫން ނަމަ އެހެން ގައުމުތަކުންވެސް ގަދަބާރުން ކަންކަން ކުރަން އުޅޭނެ ކަމަށް ހަޔާޝީ ވިދާޅުވިއެވެ.

ރަޝިއާއާއި ޗައިނާ ގުޅިގެން، ބޮން އަޅާ ފައިޓާ ޖެޓްތައް ބޭނުންކޮށްގެން ޖަޕާން ކައިރީގައި މެއި މަހު ހިންގި ހަރަކާތްތަކަށް ރިއާޔަތް ކުރައްވަމުން ހަޔާޝީ އިތުރަށް ވިދާޅުވީ، ރަޝިއާއާއި ޗައިނާއާ ދެމެދު އަސްކަރީ ގުޅުންތައް ވަރުގަދަ ކުރަމުން ދިއުމަކީ ސަލާމަތީ ގޮތުން ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. މި ވަގުތަކީ ކާރިސީ ހައްސާސްކަމުގެ ވަގުތެއް ކަމަށްވެސް، ސެންޓަރ ފޮރ ސްޓްރެޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒްގައި ތަގުރީރު ކުރައްވަމުން ޖަޕާނުގެ ފޮރިން މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފައެވެ.

"ޓޫ-ޕްލަސް-ޓޫގެ އިގުތިސާދީ މަޝްވަރާތަކުގެ އާ ބުރެއް އިފްތިތާހް ކުރެއްވުމަށް އެމެރިކާއަށް ވަޑައިގެން ވާހަކަދައްކަވަމުން ހަޔާޝީ ވަނީ، އިރުމައްޗާއި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގެ މަސްރަހު ބަދަލުކުރުމަށް ގަދަ ބާރުން ގައުމަކުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އެއީ ޓައިވާންގެ މިލްކުވެރިކަން ހޯދުމުގައި ޗައިނާއިން ގެންގުޅޭ އިސްތިރާޖަށް ކުރެއްވި އިޝާރާތެކެވެ.

ޗައިނާއިން ނިއުކްލިއާ ހަތިޔާރުގެ ގާބިލިއްޔަތުކަން އިތުރު ކުރަމުންދާ ކަމަށްވެސް ހަޔާޝީ ވަނީ އިޝާރާތް ކުރައްވާފައެވެ. ނަމަވެސް، ހަޔާޝީގެ ތަގުރީރުގައި މިއިން އެއްވެސް އިލްޒާމެއްގައި ކަނޑައެޅިގެން ޗައިނާގެ ނަން ފާހަގަ ނުކުރެއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވިއެވެ.

އެ ރޫހުގައި ވާހަކަ ކުރިއަށް ގެންދަވަމުން ހަޔާޝީ ވަނީ، ޖަޕާނުގެ ދިފާއީ ބަޖެޓް، 5 އަހަރު ދުވަހުގެ ތެރޭގައި އިތުރު ކުރުމުގެ ވިސްނުމެއް އެ ގައުމުން ގެންގުޅޭކަން ހާމަކުރައްވާފައެވެ.

އިންޑޯ-ޕެސިފިކްޖަޕާނުގެ ފޮރިން މިނިސްޓަރ، ޔޮޝިމަސާ ހަޔާޝީޖަޕާންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު