Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަހުމަތްތެރިންގެ ދުވަސް

ރަޙްމަތްތެރިޔަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގުބޮޑު އެއް ޖަވާހިރު - މިނިސްޓަރު އިމްރާން

ހެޔޮލަފާ، ހެޔޮ އެދޭ ރަޙްމަތްތެރިއަކީ އޭނާގެ ދެދުނިޔެ ބާއްޖެވެރި ކުރުމަށް މަގު ކޮށައިދޭނެ އެންމެ މުހިންމު އެއް ބަހާ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 ޖުލައި 2022 | އާދީއްތަ 02:58
ރަހުމަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު އިމްރާން ވާހަކަފުޅުދައްކަވަނީ

ރަހުމަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގައި މިނިސްޓަރު އިމްރާން ވާހަކަފުޅުދައްކަވަނީ

ރަޙްމަތްތެރިޔަކީ އިންސާނަކަށް ދުނިޔެމަތީގައި ލިބޭނެ އެންމެ އަގުބޮޑު އެއް ޖަވާހިރު ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ރަޙްމަތްތެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން ހޮނިހިރު ދުވަހުގެ ހަވީރު ބޭއްވި އިސްރައްވެހިންގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހޯރަފުށީގައި ބޭއްވި އިސްރަށްވެހިންގެ ހަވީރުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ހެޔޮލަފާ، ހެޔޮ އެދޭ ރަޙްމަތްތެރިއަކީ އޭނާގެ ދެދުނިޔެ ބާއްޖެވެރި ކުރުމަށް މަގު ކޮށައިދޭނެ އެންމެ މުހިންމު އެއް ބަހާ ކަމަށެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރާ ރަޙްމަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު އިމްރާން ދެއްކެވި ފާހަކަފުޅުގައި ކީރިތި ރަސޫލާ މުޙައްމަދު ސައްލައްﷲ އަލައިހި ވަސައްލަމަގެ ހަދީސްގެ އަލީގައި ހަގީގީ ރަޙްމަތްތެރިކަމުގެ ސިފަތަކުގެ މައްޗަށް އަލި އަޅުއްވާލެއްވެވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ރަޙްމަތްތެރި ކަމަށް އިސްލާމް ދީނުގައި ވަރަށް ބޮޑު ބާރެއް އެޅިގެންވާ ކަމަށާއި އިސްލާމީ މުޖުތަމައުގައި އުޅޭ ކޮންމެ މީހަކީ އޭނަގެ ގާތް، އެކުވެރި، ރަޙްމަތްތެރިއަކަށް ވުމަށް ބާރުއަޅާފައިވާ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އިސްލާމީ މުޖުތަމައަކީ ރައްކާތެރި، އަމާން ސުލްޙަވެރި މުޖުތަމައަކަށް ވެގެންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެކަކު އަނެކަކަށް ގޯނާއެއް ނުކުރުމާއި ދެރަކަމެއް ނޭދުމާއި ޖެއްސުމެއް، ފުރައްސާރައެއް ނުކުރުމާއި މިފަދަ ހުރިހާ ކަމެއް ހިމެނިގެންވަނީ އިސްލާމް ދީނުގައި ހިމެނޭ ރިވެތި ރަޙްމަތްތެރިކަމުގެ ސިފަތަކުގެ ތެރޭގައި ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ހަމައެކަނި ލިބޭ އުފާވެރިކަމުގައި ބައިވެރިވާ ފަރާތަކީ ހަގީގީ ރަޙްމަތްތެރިއެއް ނޫންކަމަށާއި ހަގީގީ ރަޙްމަތްތެރިއަކަށް ވެވެނީ އުފަލާއި ހިތާމައިގަ ބައިވެރިވެ ދަތި ދުވަސްތަކާއި ފާގަތި ދުވަސްތަކުގައިވެސް ބައިވެރި ވުމުން ކަމަށެވެ.

އާއިލީ ހަވީރުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް މުޙައްމަދު މާހިރު ޢިސާ ވަނީ ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. ސްޓޭޓް މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ ގުޅުން ދަމަހައްޓަންވީ ދުނިޔަވީ ހުރިހާ ނުބައިކަމަކުން ދުރުވުމަށް ކަމަށާއި އެއްވެސް ނުބައި ކަމަކަށް ގާތް ނުވުމަށް ނަސޭހަތްތެރި ވުމަށް ކަމަށެވެ.

ބައިލަންއަގުވާމީ ރަޙްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ހޯރަފުށީ ކައުންސިލް ގުޅިގެން ހޯރަފުށީގައި ބޭއްވި ހަވީރު ޚާއްސަކޮށްފައިވަނީ އެރަށުގައި ތިބި އިސްރަށްވެހިންނަށެވެ.

އެގޮތުން މިހަވީރުގައި ބައިވެރި އިސްރަށްވެހިންނަށް ހަދިޔާދީ އެފަރާތްތަކާއެކު އެކި ކަހަލަ ކުޅިވަރު ކުޅުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހއ. ހޯރަފުށިހޯމް މިނިސްޓަރު، އިމްރާން އަބްދުﷲބައިނަލްއަގުވާމީ ރަހުމަތްތެރިންގެ ދުވަސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

ކުރީގެ ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް މާލެ ވަޑައިގަންނަވައިފި

31 އޮކްޓޯބަރު 2025
ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

ހޯރަފުށީ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފްވެރި ކޮށްދެއްވުމަށް، ރައީސް ޞާލިހް ހއ. ހޯރަފުއްޓަށް ފުރާވަޑައިގެންފި

30 އޮކްޓޯބަރު 2025
5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

5 އަހަރުގެ ކުޑަކުއްޖެއްގެ ފުރާނައަށް ނުރައްކާވީ ހޯރަފުށީ ސިއްހީ މަރުކަޒުގެ އިހުމާލުން، އާދޭސް ކުރީމަ ވެސް އާސަންދަ ވެސް ސީއެމްބިއުލާންސް ވެސް ހަމަނުޖެއްސި

02 ސެޕްޓެމްބަރު 2025
ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

ހޯރަފުށި ދާއިރާގެ މެންބަރަށް މަޖިލީހުގައި މެންބަރުން ވާހަކަދައްކަވަމުން ދިޔަ މައުޟޫއު އޮޅިވަޑައިގެންފި

17 ފެބުރުއަރީ 2025
ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު

ހޯރަފުށީ ރައްޔިތުންގެ އުންމީދުތަކުގައި އަމަލީ ސިފައެއްގައި ހަގީގީ ކުލަ މިއަހަރު ޖައްސައިދޭނަން: ރައީސް މުއިއްޒު

30 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު