Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑިޕާއިގެ ކުރިމަގު

ހަ ފޯވާޑުން ގެނަޔަސް، ބާސެލޯނާގައި މަޑުކުރަން ބޭނުންވާކަމަށް މެމްފިސް ޑިޕާއި ބުނެފި

ލެވަންޑޯސްކީ އާއި ރަފީނިއާ ގުޅުމުގެ އިތުރުން އަނިޔާއިން ރަނގަޅުވެ އަންސޫ ފާޓީ ޓީމާ ގުޅިފައިވާތީ ޑިޕާއި އަށް ޓީމު ދޫކޮށްލަން ޖެހުމުގެ ބިރު އެބަ އޮތް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 30 ޖުލައި 2022 | ހޮނިހިރު 05:52
މެމްފިސް ޑިޕާއި

މެމްފިސް ޑިޕާއި

ބާސެލޯނާއިން ހަ ފޯވާޑުން ގެނައި ނަމަވެސް، އޭނާ ބޭނުންވަނީ ޓީމުގައި މަޑުކުރަން ކަމަށް މެމްފިސް ޑިޕާއި އަންގައިފިއެވެ.

ކުރިއަށް އޮތް ސީޒަނަށް ބާސެލޯނާއިން ރޮބާޓް ލެވަންޑޯސްކީ އާއި ރަފީނިއާ ހޯދުމާއެކު، ޓީމުން އޭނާ ދޫކޮށްލަން އުޅޭ ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. 2021 ވަނަ އަހަރު ބާސެލޯނާއަށް ބަދަލުވި ޑިޕާއި ވަނީ ކުރީގެ ކޯޗު ރޮނާލްޑު ކޫމަންގެ އިރުޝާދުގެ ދަށުން ބާސެލޯނާގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

ލެވަންޑޯސްކީ އާއި ރަފީނިއާ ގުޅުމުގެ އިތުރުން އަނިޔާއިން ރަނގަޅުވެ އަންސޫ ފާޓީ ޓީމާ ގުޅިފައިވާތީ ޑިޕާއި އަށް ޓީމު ދޫކޮށްލަން ޖެހުމުގެ ބިރު އޮތް ކަމަށް ސްޕެއިންގެ ރިޕޯޓުތަކުގައިވެއެވެ. މިކަމާ ގުޅިގެން ހަ ފޯވާޑުން ގެނަޔަސް، ބޭނުންވަނީ ޓީމުގައި މަޑުކުރަން ކަމަށް ޑިޕާއި ބާސެލޯނާގެ ކުޅުންތެރިން ގާތު ބުނެފައިވާކަމަށް ވެސް ރިޕޯޓުތަކުގައިވެއެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ އެ ޓީމުން ބައެއް ކުޅުންތެރިން ދޫކޮށްލާނެކަން ހާމަކޮށްފައެވެ. އެއީ އެކި މަގާމުތަކަށް ކުޅޭ ކުޅުންތެރިންތަކެއް އެ ޓީމުން ހޯދާފައިވާތީއެވެ. ޒަވީ ބުނެފައިވަނީ ޓީމުގައި މަޑުކުރެވޭނީ ބާސެލޯނާގެ ޕްލޭންގައި ހިމެނޭ ކުޅުންތެރިންނަށް އެކަނި ކަމަށެވެ.

ޑިޕާއި ވަނީ ބާސެލޯނާއަށް ބަދަލުވެ އެ ޓީމަށް ކުޅެދިން 38 މެޗުގައި 13 ލަނޑު ޖަހާފައެވެ. ބާސެލޯނާއާއެކު އޭނާއަށް މިހާތަނަށް އެއްވެސް ތައްޓެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

ބާސެލޯނާމެމްފިސް ޑިޕާއި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު