Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާގެ މެމްބަރޝިޕް

ބާސެލޯނާގެ ފުރަތަމަ މެމްބަރު މަނުއެލް މާނޮސް މަރުވެއްޖެ

އޭނާއަކީ 1932 ވަނަ އަހަރުގެ ސެޕްޓަމްބަރު މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ބާސެލޯނާގެ މެމްބަރެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ޖުލައި 2022 | ބުދަ 04:47
އެފްސީ ބާސެލޯނާ

އެފްސީ ބާސެލޯނާ

ސްޕެއިންގެ ގަދަ ބާރު ބާސެލޯނާގެ ފުރަތަމަ މެމްބަރު މަނުއެލް މާނޮސް ގޮންޒަލްބޯ މަރުވެއްޖެއެވެ.

އުމުރުން 101 އަހަރުގައި މަނުއެލް މާނޮސް މަރުވިކަން ހާމަކޮށް ބާސެލޯނާއިން ކުރި ޓުވީޓެއްގައި ބުނީ، އޭނާ މަރުވުމުން އެކަމުގެ ހިތާމައިގައި އެ ކުލަބުން ބައިވެރިވާކަމަށެވެ. އަދި މަނުއެލް މާނޮސްގެ އާއިލާއާއި ގާތް ރަޙުމަތްތެރިންނަށް ބާސެލޯނާއިން ވަނީ ތައުޒިޔާ ފޮނުވާފައެވެ.

ބާސެލޯނާގެ ފުރަތަމަ މެމްބަރުކަން މަނުއެލް މާނޮސްއަށް ލިބުނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހުއެވެ. އެއީ އޭގެ ކުރިން ފުރަތަމަ މެމްބަރުގެ ގޮތުގައި ހުރި ޖޯސެފް މާރިއާ ސެލްވާ މަރުވުމުންނެވެ. މާރިއާ ސެލްވާ އަކީ 1931 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ބާސެލޯނާގެ މެމްބަރެކެވެ.

ބާސެލޯނާގެ މެމްބަރެއްގެ ގޮތުގައި މަނުއެލް މާނޮސް ހަމަޖެހުނީ 1932 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުއެވެ. ބާސެލޯނާގެ މެމްބަރުގެ ގޮތުގައި 140،000 އަށްވުރެ ގިނަ މީހުން ތިބޭއިރު، އެމީހުންނަކީ ކުލަބުގެ މުހިންމު ކަންކަމުގައި ވޯޓު ދިނުމުގެ ޝަރުތު އޮންނަ މީހުންނެވެ.

ބާސެލޯނާގޮންޒަލްބޯ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު