Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައު ސީޒަނަށް ބާސެލޯނާ ތައްޔާރުވުން

"ހުރިހާ ތައްޓެއް ކާމިޔާބުކުރުމުގެ ފުރުސަތު ބާސެލޯނާއަށް އެބަ އޮތް"

ބާސެލޯނާގެ ޕޮޓެންޝިއަލަށް ބަލާނަމަ، އެ ޓީމަށް ހުރިހާ ކަމެއް ވެސް ކާމިޔާބުކުރެވޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2022 | އަންގާރަ 04:38
ރޮބާޓް ލެވަންޑޯސްކީ

ރޮބާޓް ލެވަންޑޯސްކީ

ކުރިއަށް އޮތް ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކުރުމުގެ ފުރުސަތު ބާސެލޯނާއަށް އެބަ އޮތް ކަމަށް ރޮބާޓް ލެވަންޑޯސްކީ ބުނެފިއެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށް ބާސެލޯނާއަށް ބަދަލުވި އިތުބާރު ފޯވާޑް މިހެން ބުނީ އޭނާ ދިން އިންޓަވިޔުއެއްގައެވެ. ބާސެލޯނާއަށް ބަދަލުވި ފަހުން އެ ޓީމަށް އޭނާ ކުޅެދީފައިވަނީ އެންމެ މެޗެކެވެ. އެއީ އެކުވެރިކަމުގެ މެޗެއްގައި ބާސެލޯނާއިން ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ލެވަންޑޯސްކީ ކުޅެން އެރި ނަމަވެސް، ދެ ވަނަ ހާފުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ.

އިންޓަވިޔުއެއްގައި ވާހަކަ ދައްކަމުން ލެވަންޑޯސްކީ ބުނީ ބާސެލޯނާގެ ޕޮޓެންޝިއަލަށް ބަލާނަމަ، އެ ޓީމަށް ހުރިހާ ކަމެއް ވެސް ކާމިޔާބުކުރެވޭނެ ކަމަށެވެ. އޭނާ ބުނީ މުޅި ބާސެލޯނާގައި އޮތީ ވަރުގަދަ ހިތްވަރެއް ކަމަށެވެ. މީގެ އިތުރުން ލެވަންޑޯސްކީ ބުނީ ޓީމުގެ ޒުވާން ކުޅުންތެރިން ތިބީ އެމީހުންގެ އެންމެ ރަނގަޅު ކުޅުން ދެއްކުމުގެ އަޒުމުގައި ކަމަށެވެ.

މީގެ އިތުރުން ލެވަންޑޯސްކީ ބުނީ އޭނާ ޓީމާ ގުޅުނުތާ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި އެތައް ކަމެއް ދަސްވެއްޖެކަމަށާއި، ޓީމުގެ ކުޅުންތެރިންގެ ފަރާތުން އޭނާ އަށް ފުރިހަމަ އެހީތެރިކަމެއް ލިބޭ ކަމަށެވެ. ލެވަންޑޯސްކީ ބުނީ ބާސެލޯނާގައި އޭނާ ހުރީ، އޭނާގެ އެންމެ މޮޅު ކުޅުން ދެއްކުމުގެ އަޒުމުގައި ކަމަށެވެ. އިތުރަށް އޭނާ ބުނީ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޓީމާ މެދު އޭނާ ހިތްހަމަ ޖެހުނު ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން އޭނާ ބުނީ ޓީމު ރަނގަޅުކޮށް ކުރިއަށް ގެންދިޔުމަކީ އެންމެ އިސްކަމެއް ދޭންޖެހޭ ކަމެއް ކަމަށެވެ. އެއަށްފަހު އޭނާގެ ގޯލު އަންނަނީ ދެ ވަނަ އަށް ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ދުވަހުން ފެށިގެން ރަނގަަޅަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި، މެޗުން މޮޅުވެ ތިން ޕޮއިންޓު ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެކުވެރިކަމުގެ މެޗެއްގައި ދެން ބާސެލޯނާއިން ނުކުންނާނީ އިޓަލީގެ ޔުވެންޓަސްއާ ދެކޮޅަށެވެ.

ބާސެލޯނާރޮބަރޓް ލެވަންޑޯސްކީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
19 އޮކްޓޯބަރު 2025

ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި

19 އޮކްޓޯބަރު 2025
ބާސެލޯނާ މޮޅުވި މެޗުގައި ފްލިކް އަށް ރަތް ކާޑު ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު