Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއައު ސީޒަނަށް ޕީއެސްޖީން ތައްޔާރުވުން

ގަމްބާ އޮސަކާ ބަލިކޮށް ޕީއެސްޖީން ޕްރީ ސީޒަން ނިންމާލީ ފުރިހަމަ މޮޅަކާއެކު

ގަމްބާ އޮސަކާއާ ދެކޮޅަށް ކުޅުނު މެޗު ޕީއެސްޖީން ކާމިޔާބުކުރީ 6-2 ން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖުލައި 2022 | އަންގާރަ 03:44
ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން

ޕީއެސްޖީން ކުޅުނު މެޗުގެ ތެރެއިން

އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު ފަހު މެޗުގައި ގަމްބާ އޮސަކާ ބަލިކޮށް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)ން ފުރިހަމަ މޮޅަކާއެކު ނިންމާލައިފިއެވެ.

އެކުވެރިކަމުގައި ޕީއެސްޖީން ކުޅުނު ހަތަރު މެޗުން ވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. ހަތަރު ވަނަ މެޗު އެ ޓީމުން ކާމިޔާބުކުރީ 6-2 ންނެވެ. މެޗުގައި ޕީއެސްޖީގެ މުހިންމު ކުޅުންތެރިން ވަނީ ފެނިފައެވެ.

މެޗު ފަށައިގެން 28 ވަނަ މިނެޓުގައި ޕީއެސްޖީއަށް ލީޑު ނަގައިދިނީ ޕަބްލޯ ސަރަބިއާއެވެ. އޭގެ ހަތަރު މިނެޓު ފަހުން އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައި ލީޑު ފުޅާކޮށްދިނީ ނޭމާ ޖޫނިއަރއެވެ. އޭގެ މިނެޓެއް ފަހުން، 33 ވަނަ މިނެޓުގައި ކްރޮކަވާ ވަނީ ގަމްބާ އޮސަކާގެ ފުރަތަމަ ލަނޑު ޖަހާފައެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ދެ ލަނޑު ޖަހާފައެވެ. އެއީ 37 ވަނަ މިނެޓުގައި ނޫނޯ މެންޑޭސް ޖަހައިދިން ލަނޑާއި، 39 ވަނަ މިނެޓުގައި ލިއޮނެލް މެސީ ޖަހައިދިން ލަނޑެވެ.

ޕީއެސްޖީގެ އަނެއް ދެ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައެވެ. ފުރަތަމަ ލަނޑު 60 ވަނަ މިނެޓުގައި ޖެހީ ނޭމާއެވެ. އޭގެ ދިހަ މިނެޓު ފަހުން ގަމްބާ އޮސަކާ އިން ވަނީ އެ ޓީމުގެ ދެ ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ޖެހީ ޔަމަމީއެވެ. ޕީއެސްޖީގެ ހަ ވަނަ ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ޖެހީ ކީލިއަން އެމްބާޕޭ އެވެ. އެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއްގައެވެ.

އައު ސީޒަނުގެ ފުރަތަމަ މެޗުގައި ޕީއެސްޖީން ނިކުންނާނީ ޓްރޮފީ ޑެސް ޗެމްޕިއަންސްގަައި ނަންޓެސްއާ ދެކޮޅަށެވެ. އެއީ ނިމުނު ސީޒަންގެ ފްރާންސް ލީގު ކާމިޔާބުކުރި ޓީމާއި، ފްރާންސް ކަޕް ކާމިޔާބުކުރި ޓީމާ ދެމެދު ކުޅެވޭ މެޗެކެވެ.

ޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު