Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޑަބްލިއުޑީސީ އިންތިޚާބު

ޑަބްލިއުޑީސީތަކުގެ އިންތިޚާބާމެދު އިތުރު ވިސްނުމަކަށް ދާން ޖެހޭތަ؟

ކޮންމެ ޑަބްލިއުޑީސީ އިންތިޚާބަކާ ދިމާކޮށްވެސް އީސީން އެތައް ޚަރަދެއް ކުރަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 22 ޖުލައި 2022 | ހުކުރު 08:43
ލޯކަލް ކައުންސިލް އިންތިހާބު 2020- ކައުންސިލްގެ ދަށުން އޮންނަ ޑަބްލިއުޑީސީގެ މެމްބަރުންނަށް މަސައްކަތްކުރާނެ ޖާގަ ފޯރުކޮށްދޭންޖެހޭނީ ކައުންސިލުން

ލޯކަލް ކައުންސިލް އިންތިހާބު 2020- ކައުންސިލްގެ ދަށުން އޮންނަ ޑަބްލިއުޑީސީގެ މެމްބަރުންނަށް މަސައްކަތްކުރާނެ ޖާގަ ފޯރުކޮށްދޭންޖެހޭނީ ކައުންސިލުން

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ބާރުވެރި ކުރުވުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އަދި އެ ކޮމިޓީގެ މަސައްކަތްތައް ކުރެއްވުމަށް މަގުފަހިކުރެވެން ހުރި ކަންކަމުގައި ސަރުކާރުން އެހީތެރިވެދެއްވާނެ ކަމަށް ސަރުކާރުން ބުނެއެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ރަށްރަށަށް އިންތިޚާބުކޮށްފައިވާއިރު، އެކޮމެޓީތަކާމެދު ކުރެވޭ އުއްމީދުތައްވެސް ބޮޑެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާ ދިނުމުން އެ ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވަން ޖެހުން މިވަނީ އިލެކްޝަންސް ކޮމިޝަނަށް ބުރަބޮޑު ކަމަކަށް ވެފައެވެ. ކުރިން އެ ރަށެއްގެ ކައުންސިލުގެ ޚަރަދުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުތައް ބޭއްވި ނަމަވެސް، މިހާރު އެއީ އިލެކްޝަންސް ކޮމިޝަނާ ޙަވާލު ކުރެވިފައިވާ މަސްއޫލިއްޔަތެކެވެ.

ކޮންމެ ޑަބްލިއުޑީސީ އިންތިޚާބަކާ ދިމާކޮށްވެސް އީސީން އެތައް ޚަރަދެއް ކުރަންޖެހެއެވެ. އެގޮތުން ބައި އިލެކްޝަންތަކަށް އެވްރެޖްކޮށް އެތައް ގިނަ ރުފިޔާ ޚަރަދުކުރަން ޖެހޭއިރު، އެ އަހަރެއްގެ މައްޗަށް ބައި އިލެކްޝަންތައް ބާއްވަން ޖެހިދާނެ އަދަދެއްވެސް ގިނަ ފަހަރު އަންދާޒަ ކުރާކަށް ނޭނގޭނެއެވެ.

ކޮންމެ މަހަކު ވެސް ޑަބްލިއުޑީސީގެ 3 މެމްބަރުން މަދުވެގެން އިސްތިއުފާދޭކަމަށް އީސީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. އެ މަގާމުތަކަށް ބައިލެކްޝަން ބާއްވަންޖެހޭއިރު ކޮންމެ ފަހަރަކު އިންތިޚާބު ބާއްވަން 150،000 ރުފިޔާ ޚަރަދުވެއެވެ.

އެކަމުގެ ސަބަބުން ބަޖެޓުގައި އިންތިޚާބުތަކަށް ކަނޑައެޅިފައިވާ އަދަދަށްވުރެ އެތައް ގުނަ އިތުރަށް ޚަރަދުކުރަންޖެހި، އެކަމަކީ އިލެކްޝަންސް ކޮމިޝަނުގެ ބަޖެޓަށްވެސް ފޫބެއްދޭ ކަމަކަށް ނުވެއެވެ.

އީސީން ބުނާ ގޮތުގައި ކޮމިޝަނުގެ ބަޖެޓް އެއްކޮށް ހުސްވަނީ ބައި އިލެކްޝަން ބޭއްވުމަށެވެ. އޭގެ ސަބަބުން އެ ކޮމިޝަނުގެ ތަރައްގީއަށް އެއްވެސް މަސައްކަތެއް ނުކުރެވޭކަމުގެ ޝަކުވާ މެމްބަރުންވެސް ކުރައްވާފައިވެއެވެ.

ނުވިތާކަށް ބޮޑު ޚަރަދުކޮށްގެން ބައި އިލެކްޝަންތައް ބޭއްވި ނަމަވެސް ވޯޓުލާން އަންނަ މީހުން ނިސްބަތުން އެހާ މަދެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުތަކުގައި އެވްރެޖުކޮށް ވޯޓުލަނީ ވޯޓުލެވޭ އާބާދީގެ 20 އިންސައްތައަށްވުރެވެސް މަދުކަން އީސީން ފާހަގަ ކުރެއެވެ.

ވީއިރު، އެ މަޤާމުތަކަށް ހޮވޭ ފަރާތްތަކުން މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ކައުންސިލުގައި އެންމެ ފުރިހަމައަށް ތަމްސީލު ކުރެވޭތޯ މިއީވެސް ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ.

މި އިންތިޚާބުތަކުގައި މަދު ބަޔަކު ވޯޓުލީ ނަމަވެސް ވޯޓުލުމުގެ ހައްގު އޮންނަ ހުރިހާ ފަރާތްތަކަކަށް ވާވަރަށް ވޯޓު ކަރުދާސް ޗާޕު ކުރުމުން ފެށިގެން ހުރިހާ މަސައްކަތެއްވެސް އީސީން ކުރަން ޖެހެއެވެ. މާނައަކީ ޚަރަދުގެ ގޮތުން ބަލާއިރު އަނެއްކާވެސް އީސީއަށް ލިބިގެންދާ އިތުރު ބުރައެކެވެ. މިވަގުތު މިކަންކަން ހިނގަމުންދަނީ ބޮޑު މަސައްކަތްތަކަކާއި ފައިސާ ބޭކާރުވެގެންދާ ގޮތަކަށެވެ.

ޖުމުލަކޮށް ބުނާނަމަ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން މަޤާމުން ވަކިވުމާ ގުޅިގެން ވަރަށް ގިނަ އަދަދަކަށް ބައި އިލެކްޝަންތައް ބާއްވަން ޖެހެއެވެ. އަދި މިކަމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނު ނަމަވެސް އިންތިޚާބުތައް ބޭއްވުމަށް ބޮޑު ޚަރަދެއް ހިނގައެވެ.

ދެން އޮތީ ކައުންސިލުތަކާއި ޑަބްލިއުޑީސީތައް ބައެއް ފަހަރު އެއްގަލަކަށް ނާރާ މައްސަލައެވެ. ގާނޫނު ބުނާގޮތުން ނަމަ، ކައުންސިލްގެ ދަށުން އޮންނަ ޑަބްލިއުޑީސީގެ މެމްބަރުންނަށް މަސައްކަތްކުރާނެ ޖާގަ ފޯރުކޮށްދޭންޖެހޭނީ ކައުންސިލުންނެވެ. އެހެންނަމަވެސް، އެކަމުގައިވެސް ކައުންސިލުތަކާއި ޑަބްލިއުޑީސީގެ ކޯޅުންތައް ފެނިފައިވަނީ މަދަކުން ނޫނެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތަށްވެސް އޭގެ އަސަރު ކުރާ ޙާލަތްތައް މެދުވެރިވެއެވެ.

ޑަބްލިއުޑީސީގެ މަޤާމުތަކުގައި މީހުން ހަރުނުލާ މައްސަލައާ ގުޅޭގޮތުން އީސީން ބުނެފައިވަނީ، އެ މަޤާމުތަކުގައި ގިނައިން ތިބީ އެހާ ބޮޑަށް މަގާމު ބޭނުންވެގެން އަންނަ މެމްބަރުން ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ބައެއް ރަށްތަކުން އެ މަގާމުތަކަށް ލާނެ މީހުންވެސް ނުވާކަމަށް އީސީން ބުނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުން އިސްތިއުފާދޭ ސަބަބުތަކުގެ ތެރޭގައި ދާއިމީ ވަޒީފާއެއް އަދާ ކުރަމުން އެ މަޤާމު އަދާކުރުމުގައި ގޮންޖެހުންތައް ހުރުމާއި ކައުންސިލްތަކުގެ އެއްބާރުލުން ނުލިބުމާއި އެކަށީގެންވާ މުސާރައެއް ނުލިބުން ހިމެނެއެވެ. ނަމަވެސް ސީދާ ސަބަބުތައް ދެނެގަނެވޭނީ ތައުލީމީ ދިރާސާއެއް ހަދައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މި ސަރުކާރުގެ އަމާޒަކީ ކައުންސިލްތައް ބާރުވެރިކުރުވުމުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް ވެސް ބާރުވެރިކުރުވައި އެކޮމިޓީގެ މަސައްކަތްތައް ފުޅާކުރުމެވެ. ވީއިރު، ޑަބްލިއުޑީސީގެ އިންތިޚާބުތަކާއި މަސައްކަތްތައް މިހާރު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުން އެއް މޭޒަކަށް އެއްވެ، އިތުރު ވިސްނުމަކަށް ދާން ޖެހޭ ނޫންތޯއެވެ؟

ކޮމެންޓް

އިތުރަށް ކިޔާލަން

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

20 އޯގަސްޓު 2017
އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

އާރާއި ބާރަކީ ތާއަަބަދަށް ދެމި އޮންނަ އެއްޗެއް ނޫން، ނިމިދާން ނަގާނީ ހިނދުކޮޅެއް!

22 ޖުލައި 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
ޑިޕްރެޝަނަށް ނުދާންވި ސަބަބެއް ނެތެވެ.

ޑިޕްރެޝަނަށް ނުދާންވި ސަބަބެއް ނެތެވެ.

20 އެޕްރީލު 2017

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު