Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޖެނީވާ ސަމިޓް

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

ސޯޝަލް މީޑިއާގައި ބޮޑުކޮށް ބަހުސް ކުރެވޭ މައުޟޫއަކަށް މިވާހަކަ ވެއްޖެ

ރާއްޖެ އެމްވީ | 11 ޖޫން 2017 | އާދީއްތަ 10:57
ރައީސް ޔާމީން އަދި ޑރ. ހާލާ ހަމީދު

ރައީސް ޔާމީން އަދި ޑރ. ހާލާ ހަމީދު

ޖެނީވާގައި އޮތް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 35 ވަނަ އާއްމު ބައްދަލުވުމުގައި ރާއްޖޭގެ އިންސާނީ ހާލަތު ދަށަށް ދިއުމާ ބެހޭ ގޮތުން ކަންބޮޑުވެ 30 ގައުމަކުން އެ ކައުންސިލްގައި އިއްވި ބަޔާނަކީ ރާއްޖެއާ ބެހޭ ގޮތުން ހަގީގަތް އޮޅޭ ގޮތަށް އިއްވި ދޮގު ބަޔާނެއް ކަމަށް ހާމަކޮށް އެ ކައުންސިލްގައި ސަރުކާރު ތަމްސީލް ކުރާ ވަފުދުން ވަނީ ރައްދު ދީފައެވެ.

ރައްދު ދެއްވުމުގެ ގޮތުން ބަޔާން އިއްވެވީ، ޖެނީވާގައި ހުންނަ އދ.ގެ އިދާރާތަކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ހާލާ ހަމީދެވެ.

އެ ބަޔާނަށް ރައްދު ދެއްވައި، އެ ސެޝަންގައި ވާހަކަ ދައްކަވަމުން ޑރ. ހާލާ ހަމީދު ވިދާޅުވީ އެ ބަޔާނުގައި ފާހަގަކުރި ކަންބޮޑުވުންތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އެ ބަޔާނުގައި ހުރި ކަންކަމަކީ އަސްލެއް ނެތް ވުޖޫދުގައިވެސް ނެތް ކަންކަމުގެ ގޮތުގައި ދެއްކެވުމުގެ ގޮތުން ހާލާ "ހެކި" ވެސް ދައްކަވަމުން ގެންދެވިއެވެ.

އެމެރިކާއާއި އިނގިރޭސި ވިލާތް ހިމެނޭ ގޮތުން ރާއްޖެއާ ބެހޭ ގޮތުން ހުށަހެޅި ބަޔާނުގައި ފާހަގަ ކޮށްފައިވާ އެންމެ މުހިންމު އެއް މައްސަލައަކީ، އަނިޔާވެރިކޮށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައެވެ. އެ މަރާ ގުޅިފައިވާ ތަފާތު އެހެން ކަންކަންވެސް ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

ޔާމީން ރަޝީދުގެ މަރާ ގުޅިގެން ރައީސް ޔާމީން ކަންބޮޑުވެ ވަޑައިގެންނެވި މިންވަރު ހާމަކުރެއްވުމުގެ ގޮތުން ޑރ. ހާލާ އިއްވެވި ބަޔާނުގައި ކޮމާކޯޅި އެއްގެ ތެރޭގައި ވިދާޅުވި ބަސްފުޅުތައް ހޯދާ ހޯދާވެސް ނުފެނުނު ކަމަށް އެ ވާހަކަތައް އަޑުއެހި ބައެއް މީހުން ގެންދަނީ ބުނަމުންނެވެ. ޑރ. ހާލާ، ރައީސް ޔާމިން ވިދާޅުވި ކަމަށް ވިދާޅުވެ އިނގިރޭސި ބަހުން ދެއްކެވި ވާހަކަފުޅުގެ ލަފްޒީ މާނައިގައި އޮންނަނީ:

"އަހަރެމެންނަށް ގެއްލިގެން އެ ދިޔައީ ހަކަތަ ހުރި ޒުވާން އަޑެކެވެ. އެއީ ވަރަށް ގާބިލް ޒުވާނެކެވެ. އަދި ޒިންމާދާރު ކަމާއެކު ރާއްޖޭގެ ސިޔާސީ އަދި އިޖްތިމާއީ ވެއްޓަށް ވަރަށް ބޮޑަށް ޚިދުމަތް ކުރި ފަރާތެކެވެ. އެއީ ދިވެހި ކޮންމެ ޒުވާނަކު އެ ފަދަ މީހަކަށް ވުމަށް އެދޭ ފަދަ ޒުވާނެކެވެ" ރައީސް ޔާމީން ވިދާޅުވި ކަމަށް އެމްބެސެޑަރ ހާލާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ސުވާލަކީ މިއީ ރައީސް ޔާމީން ކޮން އިރަކު ދެއްކެވި ވާހަކަފުޅެއްތޯ ކުރެވޭ ސުވާލެވެ. ޔާމީން ރަޝީދުގެ މަރާ ގުޅިގެން ރައީސް ޔާމީން އެއްޗެއް ވިދާޅުވެފައިވާ ކަމަށް ރައީސްގެ ރަސްމީ އޮފީހުގައި ރެކޯޑް ކުރެވި އާއްމުކޮށް ފެންނަން ހުރީ ދެ ފަހަރެއްގެ މަތީންނެވެ. ފުރަތަމަ ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގެ ގޮތުގައެވެ. ދެން އެމަނިކުފާނުގެ އަޑުފުޅުން ދެއްކެވި ވާހަކަފުޅެއްގައެވެ.

ރައީސް އޮފީހުން ރައީސް ޔާމީންގެ ބަޔާނެއްގެ ގޮތުގައި ޔާމީން ރަޝީދުގެ މަރާ ބެހޭ ގޮތުން އާއްމުކުރި ވާހަކަތަކުގައި ޑރ. ހާލާ އެ ވިދާޅުވި ވާހަކަފުޅެއް ނެތެވެ. ދެން އޭޕްރީލް 23 ވަނަ ދުވަހުގެ ރޭ ސިފައިންގެ 125 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައިވެސް ޑރ. ހާލާ ވިދާޅުވި ވާހަކަފުޅެއް ނެތެވެ. ޔާމީން ރަޝީދުގެ މަރާ ގުޅިގެން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި އަލި އަޅުއްވާލައްވާފައި އޮތީ ސޯޝަލް މީޑިއާގައި ދީނަށް ފުރައްސާރާ ކުރުމާ ބެހޭ ގޮތުންނެވެ. ދީނާ ހިލާފު ހިޔާލު ފަތުރާ މީހުންނަށް ފިޔަވަޅެއް ނޭޅި އަޅާ ނުލެވޭ ކަމަށްވާ ނަމަ އެއީ "ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް" ކަމަށް ވިދާޅުވެ ރައީސް ޔާމީން ވާހަކަފުޅުދެއްކެވިއެވެ.

ޖެނީވާގައި ހާލާ ހާމަކުރެއްވި ގޮތުގައި، ޔާމީން ރަޝީދަކީ ނަމޫނާ ޒުވާނެއް ކަމަށާއި، އެފަދަ މީހަކަށްވާން ކޮންމެ ޒުވާނަކުވެސް ބޭނުންވާނެ ފަދަ ޒުވާނެއް ކަމަށް ރައީސް ޔާމީން ވަނީ ޔާމީން ރަޝީދު ސިފަ ކުރައްވާފައެވެ.

ސާފު ނުވާ އެއްޗަކީ ރައީސް ޔާމީން މިމޭރުމުން ވާހަކަފުޅު ދެއްކެވީ ކޮންތަނެއްގައި ތޯއެވެ؟ ނޫނީ ރައީސް ވިދާޅުނުވާ ވާހަކަފުޅެއް ވިދާޅުވި ކަމަށް އެމްބެސެޑަރ ވިދާޅުވީތޯ އެވެ؟ އެހެން ކަމަށްވާ ނަމަ އެއީ ވަރަށް ބޮޑު ގޯހެކެވެ. ޑރ. ހާލާގެ ސްޓޭޓްމަންޓްގައި ރައީސް އެ ވާހަކަފުޅު ދެއްކެވީ ކޮން އިރަކު ކަމެއް ކޮންތާކު ކަމެއް ވިދާޅެއް ނުވެއެވެ. އެހެން ކަމުން ރައީސް ޔާމީން ވިދާޅުވި ކަމަށް ހާލާ ވިދާޅުވި ވާހަކަފުޅު ޑރ. ހާލާ ސާފުކޮށްދެންވަން ޖެހިވަޑައިގަންނަވާނެއެވެ. އެކަމާ ޖަވާބުދާރީވެ ވަޑައިގަންނަވަންވެސް ޖެހިވަޑައިގަންނަވާނެއެވެ.

ނޫނީ ވެދާނެ އެހެން ގޮތެއް އެބައޮތެވެ. އެއީ ސީދާ ޖެނީވާގެ ބަޔާނަށް ރައީސް ޔާމީން ބަސްކޮޅެއް ދެއްވީ ކަމަށް ވެދާނެއެވެ. އެކަމަކު އެއީ ގައުމުތަކުގެ ވެރިން ކުރައްވާ ޒާތުގެ ކަމެއް ނޫނެވެ. އެކަމަކު އެއީވެސް ހަމަ ވެދާނެ ގޮތެކެވެ. ކޮންމެ އަކަސް ގިނަ ބަޔަކު ތިބީ މިކަން މިހިނގި ގޮތް ސާފުކުރަން ވަރަށް ބޮޑަށް ބޭނުން ވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

ރައީސް ޔާމީނާއި ޕީއޭގެ ލީޑަރު ޔާމީން: އެހާރާއި މިހާރު!

20 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު