Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އަހްމަދު އާތިފް

"އާތިފް ވަކިވެދިޔަޔަސް އެ ހަނދާންތަކެއް ވަކިވެގެން ނުދާނެ!"

އާތިފް ނިޔާވީ މިއަދު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 އޯގަސްޓު 2017 | އާދީއްތަ 14:17
އެމްއެންޑީއެފް ގެ ނޮދަން އޭރިއާގެ ޑެޕިއުޓީ މޭޖަރކޮމާންޑަރ މޭޖަރ އަހުމަދު އާތިފު

އެމްއެންޑީއެފް ގެ ނޮދަން އޭރިއާގެ ޑެޕިއުޓީ މޭޖަރކޮމާންޑަރ މޭޖަރ އަހުމަދު އާތިފު

"ޖޯޝޭ ގެނައިމީ ގައުމީ އުފާ، އައިމި މޫސުންދޭ ހިޔާލުގާ" މިލަވައިގެ އަސްލު އަޑުގެ ވެރިޔަކީ މަޝްހޫރު ގައުމީ ލަވަކިޔުންތެރިޔާ އަބުދުﷲ ހަސަނެވެ. އޭނާ އެލަވަ ވިދާޅުވެފައިވާލެއް ކިތަންމެ ފުރިހަމަ ނަމަވެސް މިއަދު އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އަލްމަރްހޫމް އަހުމަދު އާތިފްގެ އަޑުން އެލަވަ ވިދާޅުވުމުން ލަވަޔަށާއި އަޑު އެހުން ތެރިންނަށް އިތުރު ދިރުމެއް ގެނުވިއެވެ.

1987 ވަނަ އަހަރު މާރޗް މަހު ސިފައިންގެ ޚިދުމަތާއި ގުޅިވަޑައިގަތް މޭޖަރ އަހްމަދު އާތިފް އަކީ 30 އަހަރާއި 5 މަހާއި 9 ދުވަހު ސަރުކާރަށް ޚިދުމަތްކުރައްވާފައިވާ ހީވާގި ބޭފުޅެކެވެ. އާދިއްތަ ދުވަހު ކުއްލި ގޮތަކަށް އުމުރުން 51 އަހަރުގައި ދުނިޔެ ދޫކުރައްވާ ވަޑައިގެންނެވީ އެތަކެއް ބަޔަކަށް ހަނދާނުން ފޮހެނުލެވޭނެ ވަރުގެ ހަނދާންތަކެއް މި ދުނިޔެއަށް ދޫކުރައްވާފައެވެ.

ސިފައިންގެ ޚިދުމަތުގައި އުޅުއްވި ދުވަސްވަރު އާތިފްވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ހާސިލްކުރައްވާފަ އެވެ. އެގޮތުން ތިނެއް ނޮވެމްބަރުގެ މެޑަލްއާއި ސިފައިންގެ ޚިދުމަތުގެ މެޑަލްއާއި އަހްލާޤީ މެޑަލްއާއި އިހްލާސްތެރި ޚިދުމަތުގެ މެޑަލް އެ ބޭފުޅާއަށް ލިބިވަޑައިގެންނެވިއެވެ. ސިފައިންގެ ޙިދުމަތުގައި ލިބިފައިވާ ފާހަގަކޮށްލެވޭ ރިބަން ތަކަކީ ޙާއްސަ ޚިދުމަތުގެ ރިބަން އެކަކާއި އަހްލާގީ ކުލަ ރިބަން އެކެއް ދޭއް ތިނަކާއި ކާމިޔާބުގެ ކުލައިގެ އެއްވަނަ ރިބަނާއި ރައީސުލް ޖުމްހޫރިއްޔާގެ ރިބަނެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި އާތިފްއަށް ލިބިވަޑައިގެންނެވި މެޑަލްތަކަށް ބައްލަވާލެއްވި ކަމުގައި ވިޔަސް އިހްލާސްތެރިކަމާއި އަހްލާޤުގެ ގޮތުން އާތިފް އަކީ ރަގަޅު މީހެއްކަން ސާބިތުވެގެންދާނެ އެވެ.

ދުނިޔެ ދޫކުރެއްވި އިރު އާތިފްގެ އަންބަކާއި 3 ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. އެއީ އަންހެން ދަރިއަކާއި 2 ފިރިހެން ދަރިންނެވެ.

ގައުމީ ޚިދުމަތް އެވޯޑްވެސް ލިބިވަޑައިގެންނެވި އާތިފްއަކީ ހުނަރުވެރި މިއުޒިޝަނެއް، ލަވަކިޔުންތެރިއެއް އަދި ތަފާތު އަމިއްލަ ރާގު އުފައްދަވާ ބޭފުޅުކެވެ. ހޮބީއެއްގެ ގޮތުގައި އެކި ލަވަތައް އެއް ކުރެއްވުމުގެ ޝައުޤުވެރިކަން ހުންނަވާ އާތިފް މިއުޒިކްގެ ދާއިރާއަށް އުފަންވެގެންދިޔައީ އައިލީ ހުނަރެއްގެ ސަބަބުން ކަމަށް ޤަބޫލުކުރެވެއެވެ. ސަބަބަކީ އޮލިންޕިއަންސްގެ ލަވަ މުބާރާތުގައި އާތިފްގެ މަންމާފުޅު "ބޮޑުގަލު ނަސީމާ" އެއްވަނަ ޙާސިލް ކޮށްފައިވާތީއެވެ.

ސިފައިންގެ "ކޮޕްސް ބޭންޑާއި އާތިފް ގުޅިވަޑައިގެންނެވީ 1998 ވަނަ އަހަރުގައެވެ. އާތިފް އެންމެ ފުރަތަމަ ކިޔުއްވާފައިވާ ލަވަޔަކީ ހިންދީ ލަވައެއް ކަމަށްވާ "ޕާޕާ ކެހެތޭހޭ" ލަވައެވެ. އާތިފް އެންމެ ފުރަތަމަ ރެކޯޑް ކުރެއްވި ލަވަޔަކީ "ދިވެހި ޤައުމީ ޒުވާނުން" މި ލަވައެވެ. އާންމުގެ ތެރޭގައި މި ލަވަ ވަނީ ވަރަށް މަޝްހޫރު ވެގެން ގޮސްފައެވެ.

ކޮޕްސް ބޭންޑާއި ގުޅިވަޑައިގެންނެވުމުގެ ކުރިން އާތިފްވަނީ ރައްޓެހިކުދިން ކޮޅަކާއިއެކު މިއުޒިކް ބޭންޑެއް ވެސް އުފައްދަވާފައެވެ. އާތިފްއާއެއްކޮށް ކޮޕްސް ބޭންޑުގައި ހަރަކާތްތެރިވި މީހުންގެ ތެރޭގައި އާތިފްގެ އެންމެ ގާތް އެކުވެރިއެއް ކަމަށްވާ އިކްރާމް ބުނީ އާތިފްއަކީ ވަރަށް ގާތް ރައްޓެއްސެއް ކަމަށާއި ކޮންމެ ފަދަ އެހީއަކަށް އެދުނު ކަމުގައި ވިޔަސް އާތިފް އެކަމެއް ކޮށްދެއްވާނެ ކަމަށެވެ. އާތިފްއަކީ މިޔުޒިކީ ދާއިރާއަށް އުފަންވި ތަފާތު މޮޅު ހުނަރުވެރި ފަންނާނެއް ކަމަށް ވެސް އިކްރާމް ވިދާޅުވިއެވެ.

އާތިފްވަނީ ޤައުމީ ދުވަހާއި ދިމާކޮށް ޤައުމީ ލަވަ ސީޑީތައް އުފައްދަވާފައެވެ.

އާތިފް ކިޔުއްވާފައިވާ ފާހަގަކޮށްލެވޭ ބައެއް ލަވަތަކުގެ ތެރޭގައި "ޖޯޝޭގެނައިމީ ޤައުމީ އުފާ" އާއި "ދޭނަން ހިތާ ޖާނާ" އާއި "ވާށޭ މަށާ އެހީ" އާއި "މަސްތުވެއްޖޭ ފެނިފާ މިތުރާ" ހިމެނެއެވެ.

މިއަދު އެކުޅަދާނަ ލަވަކިޔުންތެރިޔާ، ގައުމީ ޚިދުމަތް ތެރިޔާ ، އަޅުގަނޑުމެންނާ އަބަދަށް ވަކިވެ ހިނގައްޖެއެވެ. އޭނާގެ ހަށިގަނޑު ފަސްއަޅާ ފޮރުވިގެން ދިޔަސް އޭނާގެ ޚިދުމަތުގެ އަހުލާގާއި، އުފެއްދުންތެރިކަމުގެ ހިޔާލުން ގައުމަށް ކޮށްފައިވާ ފައިދާގެ ހަނދާންތަކަށް ފަސްއަޅާ ފޮރުވިގެން ނުދާނެކަން އަޅުގަނޑުމެންނަށް ޔަގީނެވެ.

ޙިދުމަތެއް ކޮށްދީފަ ދިޔައިރު، ތިޔަ ހަނދާނެއް ނުފިލަޔޭ

ގުދުރަތުގެ ފުރިހަމަ ނިޒާމަށް އުނިކަމެއް ހަމަ ނާދެޔޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒަކިއްޔާ - ވަކިވެގެން އެ ދިޔައީ ހިތްހެޔޮ، ދީނަށް ނުހަނު ލޯބިކުރާ ފަރުދެއް

ޒަކިއްޔާ - ވަކިވެގެން އެ ދިޔައީ ހިތްހެޔޮ، ދީނަށް ނުހަނު ލޯބިކުރާ ފަރުދެއް

11 ސެޕްޓެމްބަރު 2024
ވެރިކަމުގެ ހުންގާނުގައި ހިއްޕެވިތާ ތިން މަސް ހަމަނުވަނީސް އެ ޖެއްސެވީ ދުވަހަކުވެސް ފިލައިގެންނުދާނެ ލައްގަނޑެއް

ވެރިކަމުގެ ހުންގާނުގައި ހިއްޕެވިތާ ތިން މަސް ހަމަނުވަނީސް އެ ޖެއްސެވީ ދުވަހަކުވެސް ފިލައިގެންނުދާނެ ލައްގަނޑެއް

08 ޖެނުއަރީ 2024
"ހަނދާންތަކެއް ފިޔަވައި މިއަދު މި ދުނިޔޭގައި އަހަރެންގެ އެކައްޗެއްވެސް ބާކީ ނެތް"

"ހަނދާންތަކެއް ފިޔަވައި މިއަދު މި ދުނިޔޭގައި އަހަރެންގެ އެކައްޗެއްވެސް ބާކީ ނެތް"

30 ނޮވެމްބަރު 2023
ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

12 ޖޫން 2021
ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

ކޯލިޝަން ރޫޅިގެން ނުދާނެކަން އެމްޑީޕީ ކޮންގްރެސްއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފި!

30 ޖޫން 2018

އަހަރުތަކުން މިއަދު

5 އެޕްރީލު
ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ކުޅުމުގެ މައިދާން އެއް ހަމަކުރުން - އިޖުތިމާއީ ހަމަހަމަ ކަމަށް ކުޅިވަރު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް
20242 އަހަރު ކުރިން
ރިޕޯޓު

ރޯދަ ނިމުނު އިރުވެސް ތުރުކީން ކާޑު ނުލިބި އެންމެ ފަހުން އެއްކަލަ ބުލީކުރާ އިންޑިއާގެ ފައިބުޑަށް

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

އުދައްޔުގެ ބޭބެ ތަކުރާރުކޮށް ބުނަމުން ދިޔައީ އޭނާއަށް ފަރުވާ ނުދީ އުދައްޔުއަށް ފަރުވާ ދިނުމަށް: ހެކިވެރިޔާ

ޕިއްޒާ ޓޯސްޓް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕިއްޒާ ޓޯސްޓް

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ
20215 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުން ސަލްމާން މިސްކިތުގެ ބޮޑު އޮޅުވާލުމެއް، ރާއްޖެއާ ދެކޮޅަށް ދައުވާކޮށްފާނެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއެއް ކުރިމަތިވީ \'\'ވަގެއް\'\'ގެ އަތުގައި ހިފުމުން: އަލީ ސޯލިހު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫނު ދޫކޮށްލަން އެމްޑީޕީން މަގުމަތީގައި ތިބޭއިރު ދުންޔާ އާއި ގައްސާނު ގޭގަގައި، ކޮން ކަހަލަ މަންޒަރެއް؟!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު