Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާއިން އައު ސީޒަނަށް ތައްޔާރުވުން

ބާސާގައި ފުރަތަމަ މެޗަށްފަހު ރަފީނިއާ ބޭނުންވަނީ ރެއާލާ ދެކޮޅަށް ކުޅެން

20 ޖުލައި 2022 | ބުދަ 18:23

ފުރަތަމަ މެޗުގައި ރަފީނިއާ ވަނީ ގޯލެއް ޖަހައި، ދެ ގޯލު ޖެހުމަށް އެހީތެރިވެދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖުލައި 2022 | ބުދަ 18:23
ރަފީނިއާ ބާސާއަށް ކުޅެދިން ފުރަތަމަ މެޗުގެ ތެރެއިން

ރަފީނިއާ ބާސާއަށް ކުޅެދިން ފުރަތަމަ މެޗުގެ ތެރެއިން

ބާސެލޯނާގައި އޭނާ އެންމެ ކުޅެން ބޭނުންވަނީ ރެއާލް މެޑްރިޑާ ދެކޮޅަށް ކަމަށް ރަފީނިއާ ބުނެފިއެވެ.

ބާސާއަށް ބަދަލުވެ އޭނާ އަންނަނީ އެ ޓީމާއެކު ކުރިއަށް އޮތް ސީޒަންގެ ފަރިތަކުރުން ތަކުގައި ބައިވެރިވަމުންނެވެ. ޕްރީ ސީޒަންގެ ފުރަތަަމަ މެޗުގައި ބާސާއިން އެމެރިކާގައި އިންޓަ މިއާމީއާ ދެކޮޅަށް ކުޅުނު މެޗުގައި ރަފީނިއާ ވަނީ ކުޅެފައެވެ. ބާސާއަށް ކުޅެދިން ފުރަތަމަ މެޗުގައި ވެސް އޭނާ ވަނީ އެއް ލަނޑު ޖަހައި، ދެ ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އެ މެޗުން ބާސާ މޮޅުވެފައިވަނީ 6-0 ންނެވެ.

މެޗަށްފަހު ރަފީނިއާ ބުނީ ބާސާގައި އޮތީ ވަރުގަދަ ޓީމެއް ކަމަށާއި، ޓީމުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން ހިމެނޭކަމަށެވެ. ބާސާގެ މުސްތަގުބަލު އޮތީ ޒުވާން ޓީމުގެ އަތް މަތީގައިކަން ފާހަގަ ކުރަމުން ރަފީނިއާ ބުނީ، ބާސާ އޮތީ ރަނގަޅު ހާލަތެއްގައި ކަމަށާއި، ބޮޑެތި ތަށިތައް ކާމިޔާބުކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ބާސާގެ ކުޅުންތެރިންނާއެކު ކުޅެލެވުމުން އޭނާއަށް ހުރިހާ ކަމެއް ވެސް ފަސޭހަވެގެންދާ ކަމަށެވެ. ނަމަވެސް އޭނާ ބުނި ގޮތުގައި އަދިވެސް ޓީމަށް ހޭނުމަށްޓަކައި ކުރަން ޖެހޭ ކަންކަން އެބަ ހުއްޓެވެ. ރަފީނިއާ ބުނީ ބާސާގެ ކުޅުންތެރިން އެކަމުގައި އޭނާއަށް އެހީތެރިވެދޭ ކަމަށާއި، އުންމީދަކީ ކުޅުންތެރިންނަށް އެހީވުމުގެ ފުރުސަތު އޭނާއަށް ލިބުން ކަމަށެވެ.

ބާސާއާ ވާދަވެރި ރެއާލާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ރަފީނިއާ ބުނީ ރެއާލަށް ވުރެ ބާސާއަކީ ވަރުގަދަ ޓީމެއް ކަމަށާއި، ރެއާލާ ދެކޮޅަށް ކުޅެން އޭނާ ބޭނުންވާ ކަމަށެވެ.

ބާސާއިން ރަފީނިއާގެ ސޮއި ހޯދީ ވާދަވެރި ރޭހެއްގައި ޗެލްސީ އާއި އާސެނަަލް ފަހަތަށް ޖައްސާލުމަށްފަހުއެވެ. ބާސާއިން ރަފީނިއާ ހޯދީ 67 މިލިއަން ޔޫރޯ ޚަރަދުކުރުމަށްފަހުއެވެ.

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
07 ޖެނުއަރީ 2017

ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ

07 ޖެނުއަރީ 2017
ސަންޗޭޒް ބޭނުންވަނީ އާސެނަލްގައި މަޑުކުރަން، ރަނގަޅު އެއްބަސްވުމެއް ހެދޭނެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް