Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާ ސީޒަނަށް ސިޓީން ތައްޔާރުވުން

"ކޮންމެ ސީޒަނަކު 150 ކުޅުންތެރިން ހޯދާކަން ނޫޅެން!"

20 ޖުލައި 2022 | ބުދަ 04:18

ސިޓީން ނޭމާ ހޯދަން މަސައްކަތް ކުރާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ދޮގެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 20 ޖުލައި 2022 | ބުދަ 04:18
ސިޓީގެ ކޯޗު ގާޑިއޯލާ

ސިޓީގެ ކޯޗު ގާޑިއޯލާ

މެންޗެސްޓަރ ސިޓީން ކޮންމެ ސީޒަނަކު 150 ކުޅުންތެރިން ހޯދަން ނޫޅޭ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އޭނާ މިހެން ބުނީ ސިޓީން ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ފޯވާޑް ނޭމާ ޖޫނިއަރ ހޯދުމަށް މަސައްކަތް ކުރާ ކަމަށް ބުނެ ވާހަކަ ދައްކާ ދަނޑިވަޅެއްގައެވެ. ގާޑިއޯލާ ބުނީ ނޭމާއަކީ ހުނަރުވެރި މޮޅު ކުޅުންތެރިއެއް ކަމަށާއި، އޭނާއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނޭމާ އަކީ ވަރަށް ތަފާތު ކުޅުންތެރިއެއް ކަމަށެވެ. ނޭމާ ހޯދަން މަސައްކަތް ކުރާ ވާހަކަ ދޮގުކުރަމުން މަޒާޖީ ގޮތަކަށް ގާޑިއޯލާ ބުނީ، މީޑިއާތަކުގައި ވާހަކަ ދެކެވޭ ގޮތަށް ސިޓީން ކޮންމެ ސީޒަނަކު 150 ކުޅުންތެރިން ހޯދަން ނޫޅޭ ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ވަނީ އައު ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މެންޗެސްޓަރ ސިޓީން އެމެރިކާއަށް ކުރި ދަތުރުގައި މުހިންމު ތިން ކުޅުންތެރިޔަަކަށް ބައިވެރި ނުވެވުނީތީ ހިތްހަމަ ނުޖެހޭ ކަމަށް ވެސް ބުނެފައެވެ.

ސިޓީގެ ދަތުރުގައި ބައިވެރިނުވެވުނު ތިން ކުޅުންތެރިންނަކީ ފިލް ފޮޑެންއާއި, ޑިފެންޑަރ ޖޯން ސްޓޯންސް އަދި މިޑްފީލްޑަރ ގުންޑޮގާންއެވެ. ތިން ކުޅުންތެރިންނަށްވެސް ބައިވެރި ނުވެވެނީ އެމެރިކާއަށް އެތެރެވުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކުރެވިގެންނެވެ. އެހެންކަމުން އެތިން ކުޅުންތެރިން މިހާރު އަންނަނީ ކްލަބްގެ އެލީޑް ޑިވެލޮޕްމަންޓް ސްކޮޑާއެކު ކްރޮއޭޝިޔާގައި ތަމްރީނުތައް ހަދަމުންނެވެ.

ގާޑިއޯލާ ބުނީ ލީގު ތަށި ދިފާއުކުރަން ނިކުންނައިރު، ޓީމު ވަރަށް ވަރުގަދަޔަށް ތައްޔާރުވާނެ ކަމަށް އުންމީދުކުރެވޭކަމަށެވެ. ނަމަވެސް މުހިންމު ތިން ކުޅުންތެރިންނަށް ދަތުރުގައި ބައިވެރިނުވެވުނީތީ ހިތްހަމަ ނުޖެހޭކަން ފާހަގަކޮށް އޭނާ ބުނީ، ހުރިހާ ކުޅުންތެރިން ހާޒިރުވެގެން ޕްރީ ސީޒަންގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވުނު ފަހަރަކީ ސިޓީން 100 ޕޮއިންޓާއެކު ލީގު ނިންމާލި ސީޒަން ކަމަށެވެ. ގާޑިއޯލާ ބުނީ އޭރު ސީޒަންތައް ފަށަނީ ގިނަ މައްސަލަތަކާ ކުރިމަތިލައިގެން ކަމަށާއި، އޭގެ ސަބަބުން މުހިންމު ޕޮއިންޓުތަކެއް ގެއްލޭ ފަހަރު ވެސް އަންނަ ކަމަށެވެ.

މީގެ އިތުރުން ގާޑިއޯލާ ބުނީ މިފަހަރުގެ ޕްރީ ސީޒަންގެ ފަރިތަކުރުންތަކުގައި ހުރިހާ ކުޅުންތެރިންނަށް ބައިވެރިވެވޭނެ ކަމަށް އޭނާ ވަރަށް އުންމީދު ކުރި ކަމަށެވެ. ނަމަވެސް ބައެއް ކުޅުންތެރިންގެ އަމިއްލަ ސަބަބުތަކާ ހުރެ ބައިވެރިނުވެވުނު ކަމަށާއި، އެކަަމަކުވެސް ސިޓީން ދާނީ ކުރިއަަށް ކަމަށެވެ. އިތުރަށް ގާޑިއޯލާ ބުނީ ބައިވެރިނުވެވުނު ކުޅުންތެރިން ކްރޮއޭޝިޔާގައި ތަމްރީނުތައް ހެދުމަށްފަހު ޓީމާ ގުޅޭނެ ކަމަށާއި، އެ ކުޅުންތެރިން ތިބީ ފިޓުކޮށް ކަމަށެވެ.

އެމެރިކާގެ ޓުއާގައި ސިޓީން އެކުވެރިކަމުގެ ދެ މެޗެއް ކުޅޭނެއެވެ.

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު

20 ފެބުރުއަރީ 2017
ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އެއްވަރު، ރާއްޖެ އައީ މޮޅުވާން: މޯހަން ބަގާންގެ ކޯޗު
19 ފެބުރުއަރީ 2017

މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ

19 ފެބުރުއަރީ 2017
މޯހަން ބަގާންގެ ހެޑްކޯޗާއެކު ގިނަ ކުޅުންތެރިން އޭއެފްސީ ކަޕް މެޗަށް ރާއްޖެ ނާދޭ
16 ފެބުރުއަރީ 2017

މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު

16 ފެބުރުއަރީ 2017
މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ މާޒިޔާ، ކުޅުންތެރިންގެ ކުޅުމަށް ސާބަސް: މާޒިޔާ ކޯޗު
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
26 ޖެނުއަރީ 2017

ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން

26 ޖެނުއަރީ 2017
ކުޅުންތެރިން ދެއްކި ކުޅުމަށް ސާބަސް، އިތުރަށް ވަގުތު ލިބުނު ނަމަ ތަފާތުވާނެ: ޒިދާން
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް