Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޓާލިން ޗެލްސީއަށް ބަދަލުވުން

މެންޗެސްޓަރ ސިޓީގެ ޖަރޒީއެއްގައި ސޮއިކުރުމަށް ސްޓާލިން ދެކޮޅު ހަދައިފި

18 ޖުލައި 2022 | ހޯމަ 04:55

ސްޓާލިން ވަނީ ސިޓީގެ ޖަރޒީގައި ސޮއިނުކޮށް، ޗެލްސީގެ ޖަރޒީގައި ސޮއިކުރުން ކުރިއަށް ގެންގޮސްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 ޖުލައި 2022 | ހޯމަ 04:55
ޗެލްސީގެ ޖަރޒީތަކުގައި ސްޓާލިން ސޮއިކުރަނީ

ޗެލްސީގެ ޖަރޒީތަކުގައި ސްޓާލިން ސޮއިކުރަނީ

މެންޗެސްޓަރ ސިޓީގެ ޖަރޒީއެއްގައި ސޮއިކުރުމަށް ރަހީމް ސްޓާލިން ދެކޮޅު ހަދައިފިއެވެ.

ހަތް އަހަރު މެންޗެސްޓަރ ސިޓީގައި ހޭދަކުރުމަށްފަހު ސްޓާލިން ޗެލްސީއަށް ބަދަލުވީ މި މަހުގެ ތެރޭގައެވެ. ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް ބަދަލުވި ސްޓާލިންގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. ސްޓާލިން އަކީ ޗެލްސީގެ އައު އޯނަރު ޓޮޑް ބޮހްލީ ޓީމާ ހަވާލުވި ފަހުން އެ ޓީމުން ހޯދި ފުރަތަމަ ކުޅުންތެރިޔާއެވެ.

ސިޓީ ދޫކޮށް ޗެލްސީއަށް ބަދަލުވަމުން ސްޓާލިން ވަނީ ވަދާއީ މެސެޖެއް ހިއްސާކޮށްފައެވެ. އެ މެސުޖުގައި އޭނާ ބުނީ ސިޓީގައި ހޭދަކުރި ހަތް އަހަރާއި، އެ ޓީމާއެކު ކާމިޔާބުކުރެވުނު 11 ތައްޓަކީ އޭނާގެ އުމުރު ދުވަހުގެ ހަނދާނެއް ކަމަށާއި، ސިޓީއާ ގުޅުނީ އުމުރުން 20 އަހަރުގައި ނަމަވެސް، އެ ޓީމު ދޫކޮށް އޭނާ ދަނީ މީހެއްގެ ގޮތުގައި ހުރެކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި ސްޓާލިން އަންނަނީ ޗެލްސީގެ ސްޕޯޓަރުންނާއެކު ވަގުތުކޮޅެއް ހޭދަކުރަމުންނެވެ. އެވަގުތުގެ ތެރޭގައި ސްޕޯޓަރުންގެ އަތުގައި އޮތް ޗެލްސީގެ ޖަރޒީގައި ސްޓާލިން އައީ އޭނާގެ ސޮއިކުރަމުންނެވެ. ސޮއިކުރަމުން ދިޔަ ވަގުތުގައި އެތަނުގައި ހުރި ސަޕޯޓަރަކު ސްޓާލިންގެ އަތަށް މެންޗެސްޓަރ ސިޓީގެ ޖަރޒީއެއް ދިއްކުރާ މަންޒަރު ފެނެއެވެ. ނަމަވެސް ސްޓާލިން ވަނީ އެ ޖަރޒީގައި ސޮއިކުރުމަށް ދެކޮޅު ހަދައި، ޖެހިގެން ހުރި ސްޕޯޓަރުގެ އަތުގައި އޮތް ޗެލްސީގެ ޖަރޒީގައި ސޮއިކޮށްފައެވެ.

ސިޓީ ދޫކޮށް ސްޓާލިން ޗެލްސީއަށް ބަދަލުވެފައިވާއިރު، އެ ޓީމުން މިހާރު އަންނަނީ ޕްރީ ސީޒަަންގެ ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. ޗެލްސީއަސް ބަދަލުވުމާއެކު އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ސްޓާލިންއަށް ވަރަށް ބޮޑަށް ތައުރީފު ވެސް ކޮށްފައެވެ. ޓުޗެލް ބުނެފައިވަނީ ސްޓާލިން އަކީ ޗެލްސީއަށް ބޭނުންވާ ފެންވަރުގެ ކުޅުންތެރިއެއްކަމަށާއި، ޗެލްސީ ޗެލްސީގެ ގޮތުގައި ބާއްވަން އޭނާއަށް އެހީވެވޭނެކަމަށެވެ. މީގެ އިތުރުން ޓުޗެލް ބުނެފައިވަނީ މެންޗެސްޓަރ ސިޓީއާއި ލިވަޕޫލާ ގާތުގައި ޗެލްސީ އޮތުމަށް ސްޓާލިންއަށް އެހީވެވޭނެކަމަށާއި، އެއީ ޗެލްސީއަށް ލިބުނު ބޮޑު "އެސެޓެއް" ކަމަށެވެ.

އިތުރަށް ކިޔާލަން

11 އޯގަސްޓު 2017

އާސެނަލް އަދި ލެސްޓާ ސިޓީގެ ކުރިމަތި ލުމުން އިނގިރޭސި ޕްރިމިއާރ ލީގު މިރޭ ފަށަނީ!

11 އޯގަސްޓު 2017
އާސެނަލް އަދި ލެސްޓާ ސިޓީގެ ކުރިމަތި ލުމުން އިނގިރޭސި ޕްރިމިއާރ ލީގު މިރޭ ފަށަނީ!
21 ޖުލައި 2017

އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

21 ޖުލައި 2017
އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕް: ލުކާކޫގެ ލަނޑުން ސިޓީގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
27 މެއި 2017

ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!

27 މެއި 2017
ސިލްވާ 43 މިލިއަން ޕައުންޑަށް މެންޗެސްޓަރ ސިޓީއަށް!
23 މެއި 2017

މެންޗެސްޓަރ ޔުނައިޓުން ފެނުމަކީ އެކަށީގެންވާ ކަމެއް: ގްރީޒްމަން

23 މެއި 2017
މެންޗެސްޓަރ ޔުނައިޓުން ފެނުމަކީ އެކަށީގެންވާ ކަމެއް: ގްރީޒްމަން
15 އެޕްރީލު 2017

އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި

15 އެޕްރީލު 2017
އައްޑޫ ސިޓީގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން އައްޑޫ ހައި ސްކޫލުން ހޯދައިފި
03 އެޕްރީލު 2017

އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް

03 އެޕްރީލު 2017
އާސެނަލް އާއި ސިޓީގެ މެޗް އެއްވަރުވެ އިތުރު ހުރަސްތަކެއް
09 މާރިޗު 2017

ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް

09 މާރިޗު 2017
ސްޓޯކްއާ އެއްވަރުވުމުން ސިޓީގެ އުއްމީދުތަކަށް ފަޑުކަމެއް
18 ފެބުރުއަރީ 2017

އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ

18 ފެބުރުއަރީ 2017
އަނިޔާގެ ސަބަބުން ސިޓީގެ ޖީސަސް އަށް މި ސީޒަނުގައި ކުޅެވޭނެކަމެއް ނޭނގޭ: ގާޑިއޯލާ
18 ފެބުރުއަރީ 2017

ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި

18 ފެބުރުއަރީ 2017
ގައުމީ ޔުނިވާސިޓީގެ އިންޓަ ފެކަލްޓީ ވޮލީ މުބާރާތް ފަށައިފި
18 ޖެނުއަރީ 2017

އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި

18 ޖެނުއަރީ 2017
އިންސްޓަގްރާމްގައި ކުރި ޕޯސްޓަކުން ސިޓީގެ ސަގްނާ ޖޫރިމައިނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް