Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކިޓީކޭ ޕީއެސްޖީއަށް ބަދަލުވުން

ލޯނު އެއްބަސްވުމެއްގެ ދަށުން ހޫގޯ އެކިޓީކޭ ޕީއެސްޖީއަށް ބަދަލުވެއްޖެ

ޕީއެސްޖީއަށް އޭނާ ބަދަލުވީ، އެ ޓީމުން ބޭނުންވާނަމަ ދާއިމީކޮށް އޭނާ އެ ޓީމަށް ގަނެވޭ ގޮތަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖުލައި 2022 | އާދީއްތަ 04:57
އެކިޓީކޭ

އެކިޓީކޭ

ރެއިމްސް އަށް ކުޅެމުން އައި ފްރާންސްގެ ޒުވާން ފޯވާޑް ހޫގޯ އެކިޓީކޭ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ބަދަލުވެއްޖެއެވެ.

މިއީ ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕީއެސްޖީން ހޯދި ތިންވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އެ ޓީމުން ވަނީ ނޫނޯ މެންޑޭސް އައި ވިޓީނިއާގެ ސޮއި ހޯދާފައެވެ.

އުމުރުން 21 އަހަރުގެ އެކިޓީކޭ ޕީއެސްޖީއަށް ގުޅުނީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ޕީއެސްޖީއަށް އޭނާ ބަދަލުވީ، އެ ޓީމުން ބޭނުންވާނަމަ ދާއިމީކޮށް އޭނާ އެ ޓީމަށް ގަނެވޭ ގޮތަށެވެ. އޭނާ ވަނީ ނިމުނު ސީޒަނުގެ ފްރާންސް ލީގުގައި ރެއިމްސް އަށް ކުޅެދިން 26 މެޗުގައި 11 ލަނޑު ޖަހާފައެވެ.

ޕީއެސްޖީއަށް ބަދަލުވުމަށްފަހު އޭނާ ބުނީ، އެ ޓީމަށް ބަދަލުވުމަކީ އެތަކެއް އިހްސާސް ކުރެވޭ ކަމެއް ކަމަށެވެ. އެކިޓީކޭ ވަނީ ޕީއެސްޖީއަށް ކުޅުމުގެ ފުރުސަތު ލިބުމަކީ ފަޚުރުވެރިކަމެއް ކަމަށް ބުނެފައެވެ. މީގެ އިތުރުން އޭނާ ބުނީ ޕީއެސްޖީއާއެކު ކުރިއަށް ދާން ނިންމީ އެތަކެއް ސަބަބުތަކެއް ހުރުމުން ކަމަށެވެ. އެގޮތުން އޭނާ އަކީ ފްރާންސްގެ ކުޅުންތެރިއެއްކަން ފާހަގަކޮށް، އެކިޓީކޭ ބުނީ ޕީއެސްޖީއަކީ އޭނާގެ އަމިއްލަ ވަޒަނުގައި އޮތް ޓީމެއް ކަމަށެވެ.

އެކިޓީކޭ ޤަބޫލުކުރާ ގޮތުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ މޮޅެތި ކުޅުންތެރިން ޕީއެސްޖީގައި އެބަ ތިއްބެވެ. މީގެ އިތުރުން ޕީއެސްޖީގައި ތިބީ ތަޖުރިބާކާރު ކޯޗިން ސްޓާފުންކަން ފާހަގަކޮށް އޭނާ ބުނީ އެ ޓީމަކީ ހުރިހާ މުބާރާތެއްގެ ތަށި ކާމިޔާބުކުރަން އެދޭ ޓީމެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ޕީއެސްޖީއަކީ އެންމެ ރަނގަޅު ޗޮއިސް ކަމަށާއި، ކުރިމަގުގައި ކުރިއަށް ދާން ބޭނުންވާ ހުރިހާ ކަމެއް އެ ޓީމުން ލިބޭނެ ކަމަށެވެ.

އެކިޓީކޭ ޕީއެސްޖީއަށް ބަދަލުވީ އޭނާ ހޯދުމުގެ މަސައްކަތް ނިއުކާސަލް އިން ކުރަމުން ދަނިކޮށެވެ. އޭނާ ނިއުކާސަލަށް ބަދަލު ނުވީ، ޕީއެސްޖީއަކީ އަބަދު ވެސް އޭނާ ކުޅެން ބޭނުންވާ ޓީމަކަށް ވެފަައި. ޕީއެސްޖީގެ ހުށަހެޅުން ރަނގަޅުވުމުންނެވެ.

ޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު