Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސީޒަނަށް ސިޓީން ތައްޔާރުވުން

ސިޓީގެ ތިން ކުޅުންތެރިއަކަށް ޕްރީ ސީޒަން ޓުއަރގައި ބައިވެރިނުވެވުނު!

އަލަށް ގުޅުނު ކުޅުންތެރިން ބައިވެރިވޭ

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 17 ޖުލައި 2022 | އާދީއްތަ 02:42
ސިޓީއާ އަލަށް ގުޅުނު ހާލާންޑް އެމެރިކާ ދަތުރުގައި ބައިވެރިވޭ: ފޮޓޯ-މެންޗެސްޓަރ ސިޓީ

ސިޓީއާ އަލަށް ގުޅުނު ހާލާންޑް އެމެރިކާ ދަތުރުގައި ބައިވެރިވޭ: ފޮޓޯ-މެންޗެސްޓަރ ސިޓީ

އާސީޒަނަށް ތައްޔާރުވުމަށް މެންޗެސްޓަރ ސިޓީން އެމެރިކާއަށް ކުރާ ދަތުރުގައި މުހިއްމު ތިން ކުޅުންތެރިއަކަށް ބައިވެރި ނުވެވުނެވެ.

ބައިވެރިނުވެވުނު ތިން ކުޅުންތެރިންނަކީ ފިލް ފޮޑެންއާއި, ޑިފެންޑަރ ޖޯން ސްޓޯންސް އަދި މިޑްފީލްޑަރ ގުންޑޮގާންއެވެ. ތިން ކުޅުންތެރިންނަށްވެސް ބައިވެރި ނުވެވެނީ އެމެރިކާއަށް އެތެރެވުމަށް ފުރިހަމަކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކުރެވިގެންނެވެ. ނަމަވެސް އެއީ ކޮންކަމެއްކަން ކްލަބުންވެސް ނުބުނެއެވެ. އެހެންކަމުން އެތިން ކުޅުންތެރިން ތަމްރީނުތައް ކުރިއަށްގެންދާނީ ކްލަބްގެ އެލީޑް ޑިވެލޮޕްމަންޓް ސްކޮޑާއެކު ކްރޮއޭޝިޔާގައެވެ. ޕްރީ ސީޒަން ޓުއަރގައި ބައިވެރިނުވެވޭ ސިޓީގެ މުހިއްމު އަނެއް ކުޅުންތެރިއަކީ ލަޕޯޓްއެވެ. އޭނާ ބައިވެރިނުވަނީ ފިޓް ނުވާތީއެވެ. ޓީމާ އަލަށް ގުޅުނު ކުޅުންތެރިންކަމަށްވާ ފޯވާޑް ހާލާންޑް, އަލްވަރޭޒް އަދި މިޑްފީލްޑަރ ކަލްވިން ފިލިޕްސް ދަތުރުގައި ބައިވެރިވެއެވެ. އަދި ޗެލްސީން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ޑިފެންޑަރ ނަތަން އަކޭއާއި, އާސެނަލްއިން ހޯދަން މަސައްކަތްކުރަމުން އަންނަ ޒިންޗެންކޯވެސް ބައިވެރިވެއެވެ.

ޔޫއެސް ޓުއަރގައި މެންޗެސްޓަރ ސިޓީން ކްލަބް އެމެރިކާގެ އިތުރުން ބަޔާން މިއުނިކާ ވާދަކުރާނެއެވެ. އާސީޒަންގައި ސިޓީގެ ފުރަތަމަ މެޗަކަށް ވާނީ މިމަހުގެ 30 ވަނަ ދުވަހު ކޮމިއުނިޓީ ޝީލްޑް މެޗުގައި ލިވަޕޫލާ ވާދަކުރާ މެޗެވެ.

މެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
03 ނޮވެމްބަރު 2025

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު