Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުނައިޓެޑުން އަންނަ ސީޒަނަށް ތައްޔާރުވުން

މާޓިނޭޒް ހޯދުމަށް ޔުނައިޓެޑުން 45 މިލިއަން ޔޫރޯގެ ޑީލެއް ހަދައިފި

މާޓިނޭޒްއަކީ މި ޓްރާންސްފަރ މާކެޓުގައި ޔުނައިޓެޑަށް ބަދަލުވި ތިންވަނަ ކުޅުންތެރިޔާ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 16 ޖުލައި 2022 | ހޮނިހިރު 12:46
ލިސާންޑްރޯ މާޓިނޭޒް

ލިސާންޑްރޯ މާޓިނޭޒް

އަޔެކްސްއަށް ކުޅެމުން އަންނަ ލިސާންޑްރޯ މާޓިނޭޒް ހޯދުމަށް 45 މިލިއަން ޔޫރޯގެ ޑީލެއް މެންޗެސްޓަރ ޔުނައިޓެޑުން އަޔެކްސްއާއެކު ހަދައިފިއެވެ.

ޔުނައިޓެޑްގެ އައު ކޯޗު އެރިކް ޓެން ހާގް ޓީމާއި ހަވާލުވުމަށްފަހު އޭނާ ވަނީ މާޓިނޭޒް ހޯދުމަށް ވަރަށް ބޮދަށް މަސައްކަތް ކޮށްފައެވެ. 2019 ވަނަ އަހަރު މާޓިނޭޒް އަޔެކްސްއާއި ގުޅުނުއިރު އެޓީމުގެ ކޯޗަކަށް ހުރީ ޓެން ހާގެވެ.

މާޓިނޭޒްއަކީ ވާތްފަޅިން ފަހަތަށް ކުޅޭ ކުޅުންތެރިއެކެވެ. އެހެންކަމުން އޭނާއަށް ޔުނައިޓެޑްގައި އެ ޖާގަ ހުސްކުރުމަށް ޓެން ހާގް ވަނީ، ޓީމުގެ ކެޕްޓަން ހެރީ މެގުއާ ކުރިން އަދާކުރަމުން އައި ދައުރު ބަދަލުކޮށްފައެވެ. މީގެ ކުރިން ޑިފެންސްގެ މެދުތެރެއިން ވާތްފަޅީގައި މެގުއާ ބޮޑު ދައުރެއް އަދާކުރިނަމަވެސް މެލުބާންއާއެކު ކުޅުނު ޕްރީ ސީޒަން މެޗުގައި ޓެން ހާގް ވަނީ ޑިފެންސްލައިންގެ ކަނާތްފަޅިން މެގުއާ ލައްވާ ކުޅުވާފައެވެ.

މާޓިނޭޒް މިހާރު ވަނީ މެޑިކަލް ޓެސްޓާއި ވިސާގެ ކަންތައް ހަމަޖެއްސުމަށް މެންޗެސްޓަރއަށް ދަތުރުކޮށްފައެވެ. ނަމަވެސް އޮސްޓްރޭލިއާގައި ޕްރީ ސީޒަނަށް ތައްޔާރުވުމަށް ޔުނައިޓެޑް ކުޅެމުން އަންނަ އެއްވެސް މެޗަކުން މާޓިނޭޒް ފެނުން ދުރުކަމަށް ރިޕޯޓުތައް ބުނެއެވެ.

މާޓިނޭޒްއަކީ މިދިޔަ ސީޒަންގައި އަޔެކްސްގެ ސަޕޯޓަރުން ހޮވި، ޓީމުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.

ޔުނައިޓެޑުން އަންނަނީ މިއަންނަ ސީޒަން ފެށެންވާއިރަށް އެޓީމު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މާޓިނޭޒްއަކީ މި ޓްރާންސްފަރ މާކެޓުގައި ޔުނައިޓެޑުން ހޯދި ތިންވަނަ ކުޅުންތެރިޔާއެވެ. ޑެންމާކުގެ ކްރިސްޓެން އެރިކްސަން އިއްޔެ ޔުނައިޓެޑަށް ސޮއިކުރިއިރު، އެޓީމުން ވަނީ މި މަސް ފެށުނުކޮޅު ނެދަލެންޑްސްގެ ފުލް ބެކް ޓައިރެލް މަލާސިއާވެސް އެޓީމަށް ގެންގޮސްފައެވެ. މީގެ އިތުރުން ބާސެލޯނާގެ މެދުތެރެ ބަލަހައްޓަމުން އަންނަ ފްރެންކީ ޑިޔޯންގ ހޯދުމަށްވެސް ޔުނައިޓެޑުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

މެންޗެސްޓަރ ޔުނައިޓެޑްޕްރިމިއަރ ލީގުއަޔަކްސް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު