Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކިމްޕެމްބޭގެ ކުރިމަގު

ކިމްޕެމްބޭއާ މެދު ވާނެ ގޮތެއް ބުނަން ގަލްޓިއޭ އަށް ނޭނގޭ

ކިމްޕެމްބޭ ހޯދުމުގެ ގޮތުން ޗެލްސީއާއި ޕީއެސްޖީއާ ދެމެދު އަންނަނީ މަޝްވަރާތައް ކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2022 | ހޮނިހިރު 08:14
ކިމްޕެމްބޭ

ކިމްޕެމްބޭ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ކިމްޕެމްބޭއާ މެދު ވާނެ ގޮތެއް ބުނަން ނޭންގޭ ކަމަށް އެ ޓީމުގެ ކޯޗު ކްރިސްޓޮފް ގަލްޓިއޭ ބުނެފިއެވެ.

ޕީއެސްްޖީގެ ކޯޗުކަމުގެ މަގާމަށް ގަލްޓިއޭ ހަމަޖެއްސުމުގެ މަޤްސަދަކީ އަންނަ ސީޒަނަށް އެ ޓީމު ވަރުގަދަ ކުރުމެވެ. ޚާއްސަކޮށް ޕީއެސްޖީގެ އެންމެ ބޮޑު ޓާގެޓަކަށް ވެފައިވާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ޕީއެސްޖީން ޕްރީ ސީޒަންގެ ފަރިތަކުރުންތައް ފަށައިގެން ކުރިއަށް ގެންދާއިރު، ހުކުރު ދުވަހުގެ ރޭ އެ ޓީމުން ވަނީ އެކުވެރިކަމުގެ މެޗެއް ވެސް ކުޅެފައެވެ. ޕްރީ ސީޒަންގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ކުއެވިލީގެ މައްޗަށް 2-0 ން ކުރި ހޯދާފައެވެ. އެ މެޗުގައި ޕީއެސްޖީގެ ލަނޑުތައް ޖެހީ ސާޖިއޯ ރާމޯސް އާއި ގަސަމާއެވެ.

ޕީއެސްޖީގެ ޑިފެންސް ލައިނުގައި މުހިންމު ރޯލެއް އަދާކުރަމުން އަންނަ ކިމްޕެމްބޭއާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ގަލްޓިއޭ ބުނީ، އޭނާއާ ގުޅިގެން ދައްކާ ހުރިހާ ވާހަކަތަކެއް އަޑު އަހައިފި ކަމަށެވެ. އަދި އެ ވާހަކަތަކާ މެދު އޭނާ އާއި ކިމްޕެމްބޭ އެކުގައި ހީ ސަމާސާ ވެސް ކުރި ކަމަށެވެ. މީގެ އިތުރުން ގަލްޓިއޭ ބުނީ ކިމްޕެމްބޭ އަކީ އޭނާ ވަރަަށް ގަޔާވާ ކުޅުންތެރިއެއް ކަމަށެވެ. ކިމްޕެމްބޭއަކީ ރަނގަޅު ޑިފެންޑަރެއްކަން ފާހަގަކޮށް ގަލްޓިއޭ ބުނީ، އޭނާއާ މެދު ކަންތައް ވޭނެ ގޮތެއް ބުނަން ނޭނގޭ ކަމަށެވެ.

ގަލްޓިއޭ މިފަދައިން ވާހަކަ ދައްކަމުން އަންނައިރު، ކިމްޕެމްބޭ ހޯދުމުގެ ގޮތުން ޗެލްސީއާއި ޕީއެސްޖީއާ ދެމެދު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލްގެ އެންމެ ބޮޑު ޓާގެޓަކީ އެ ޓީމުގެ ޑިފެންސް ވަރުގަދަ ކުރުމެވެ.

ކްރިސްޓޮފް ގަލްޓިއޭޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު