Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒިންޗެންކޯގެ ކުރިމަގު

އާސެނަލުން ޒިންޗެންކޯ ހޯދުމަށް މަސައްކަތް ކުރަނީ

ޒިންޗެންކޯ ހޯދުމަށް އާސެނަލުން އަންނަނީ ސިޓީއާ މަޝްވަރާކުރަމުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2022 | ހޮނިހިރު 04:47
ޒިންޗެންކޯ

ޒިންޗެންކޯ

މެންޗެސްޓަރ ސިޓީގެ ޑިފެންޑަރު ޒިންޗެންކޯ ހޯދުމުގެ މަސައްކަތް އާސެނަލްއިން ފަށައިފިއެވެ.

ކުރިއަށް އޮތް ސީޒަންއަށް ޓީމު ވަރުގަދަ ކުރުމަށް އާސެނަލްއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ޒިންޗެންކޯ ހޯދުމަށް އެ ޓީމުން އަންނަނީ ސިޓީއާ މަޝްވަރާތައް ކުރަމުންނެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އާސެނަލްއިން ޒިންޗެންކޯ ހޯދުމުގެ މަސައްކަތް ކުރަނީ ސިޓީން އޭނާ ވިއްކާލަން ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އަދި ޒިންޗެންކޯ އަކީ އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ގަޔާވާ ކުޅުންތެރިއެއް ކަމަށް ވެސް ރިޕޯޓުތަކުގައި ވެއެވެ.

ޒިންޗެންކޯ އޭނާގެ ސީނިއަރ ކެރިއަރު ފަށާފައިވަނީ 2015 ވަނަ އަހަރު އެފްސީ އުފާ އިންނެވެ. އެ ޓީމަށް އެއް އަހަރު ދުވަހު ކުޅެދިނުމަށްފަހު، އޭނާ ސިޓީއަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އޭގެ ފަހުން ޒިންޗެންކޯ ވަނީ ސިޓީއަށް 128 މެޗު ކުޅެދީ، ދެ ލަނޑު ޖަހާފައެވެ. މީގެ އިތުރުން އޭނާ ވަނީ ސިޓީއާއިއެކު އިނގިރޭސި ޕްރިމިއަރ ލީގު، އެފްއޭ ކަަޕް، ކަރަބޯ ކަޕް އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. ސިޓީއަށް ބަދަލުވި ފަހުން އޭނާ ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ދެ ޓީމަކަށް ކުޅެފައެވެ.

އުމުރުން 25 އަހަރުގެ ޒިންޗެންކޯ އަންނަނީ 2015 ވަނަ އަހަރުން ފެށިގެން ޔުކްރެއިންގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 52 މެޗުގައި އަށް ލަނޑު ޖަހާފައެވެ.

ދާދި ފަހުން އާސެނަލް އިން ވަނީ ސިޓީގެ ފޯވާާޑް ގެބްރިއަލް ޖެސުސްގެ ސޮއި ހޯދާފައެވެ. އެހެންކަމުން ޒިންޗެންކޯގެ ޑީލް ކާމިޔާބުކުރެވިއްޖެނަމަ، އެއީ އާސެނަލުން ހޯދާ ސިޓީގެ ދެ ވަނަ ކުޅުންތެރިޔާއެވެ.

އާސެނަލްޒިންޗެންކޯމެންޗެސްޓަރ ސިޓީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު