Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މާރޭޒް ސިޓީގައި މަޑުކުރުން

ސިޓީގެ ކޮންޓްރެކްޓު މާރޭޒް އައުކޮށްފި

ސިޓީއާއެކު ހަދާފައިވާ އެއްބަސްވުން އޭނާ ވަނީ އިތުރު ތިން އަހަރަށް އިތުރުކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖުލައި 2022 | ހޮނިހިރު 04:02
ރިޔާދް މާރޭޒް

ރިޔާދް މާރޭޒް

މެންޗެސްޓަރ ސިޓީއަށް ކުޅެމުން އަންނަ އަލްޖީރިއާގެ ރިޔާދް މާރޭޒް އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ސިޓީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ޖޫން މަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ. މާރޭޒް ވަނީ އިތުރު ތިން އަހަރު ސިޓީގައި މަޑުކުރުމަށް ނިންމައި، އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ސިޓީއާއެކު އޭނާ ހެދި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ސިޓީއާއެކު އައު އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މާރޭޒް ބުނީ، އެކަމާ މެދު އޭނާ ވަރަށް އުފާވާކަމަށެވެ. މާރޭޒް ބުނީ ސިޓީގައި އޭނާ ހޭދަކުރާ ކޮންމެ ވަގުތަކީ ވެސް ނުހަނު އުފަލާއެކު ހޭދަކުރާ ވަގުތެއް ކަމަށެވެ. އަދި ސިޓީ ކަހަލަ ބޮޑު ޓީމެއްގައި ހިމެނުމަކީ ފަޚުރެއްކަމަށް އޭނާ ބުންޏެވެ. އިތުރަށް މާރޭޒް ބުނީ ނިމުނު ހަތަރު ސީޒަން އަކީ ވެސް އެންމެން އެކުގައި ގިނަ ކާމިޔާބީތަކެއް ހޯދަން މަސައްކަތް ކުރެވުނު ސީޒަންތަކެއް ކަމަށާއި، އެއީ ހަނދާނުން ފޮހެލަން އުނދަގޫ ދުވަސްތަކެއް ކަމަށެވެ.

މީގެ އިތުރުން މާރޭޒް ވަނީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ތައުރީފުކޮށްފައެވެ. އޭނާ ބުނީ ކަންކަން ރަނގަޅުކޮށް، އިތުރަށް ކުރިއަށްދާން ގާޑިއޯލާ އާއި ކޯޗިން ސްޓާފުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށެވެ. މާރޭޒް ބުނީ މިހާރު އޭނާ އެންމެ ބޭނުންވަނީ ކުރިއަށް އޮތް ސީޒަނުގައި ކާމިޔާބީތަކެއް ހޯދަން ކަމަށެވެ.

ލެއިސްޓަރ ސިޓީ ދޫކޮށް މާރޭޒް ސިޓީއަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ އެ ޓީމަށް ކުޅެދިން 189 މެޗުގައި 63 ލަނޑު ޖަހާފައެވެ. މާރޭޒް ވަނީ ސިޓީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއަރ ލީގު ތިން ފަހަރު، އެފްއޭ ކަޕް އެއް ފަހަރު، ކަރަބޯ ކަޕް ތިން ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބުކުރުން ހިމެނެއެވެ. މީގެ އިތުރުން އޭނާ ވަނީ ސިޓީއާއެކު 21- 2020 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅެފައެެވެ.

އުމުރުން 31 އަހަރުގެ މާރޭޒް އަންނަނީ 2014 ވަނަ އަހަރުން ފެށިގެން އަލްޖީރިއާގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އޭނާ ވަނީ ޤައުމީ ޓީމަށް މިހާތަނަށް ކުޅެދިން 75 މެޗުގައި 26 ލަނޑު ޖަހާފައެވެ.

މާރޭޒްގެ އިތުރުން ސިޓީއަށް ކުޅެމުން އަންނަ ރޮޑްރީ ވެސް ވަނީ އެއްބަސްވުމުގެ މުއްދަތު އިތުރުކޮށްފައެވެ. މިހާރު އެ ޓީމުން ކުރަމުން އަންނަނީ ފިލް ފޮޑެންގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ މަސައްކަތެެވެ.

ރިޔާދް މާރޭޒްމެންޗެސްޓަރ ސިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

ބޯންމައުތު ބަލިކޮށް، ސިޓީ ދެ ވަނަ އަށް

03 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު