Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްއާރުޑީސީ އުވާލުން

ކުރީ ސަރުކާރުން އެމްއާރުޑީސީ އުވާލީ ވައްކަމާއި ޖަރީމާތައް ފޮރުވަން: މޫކޭ

މި ސަރުކާރުން ކުންފުންޏެއް ބަނގުރޫޓުވާން ދޫކޮށެއް ނުލާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ޖުލައި 2022 | ހޮނިހިރު 04:23
އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު

އާރުޑީސީގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު

އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި މޯލްޑިވްސް ރޯޑްސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އުވާލީ ވައްކަމާއި ޖަރީމާތައް ފޮރުވަން ކަމަށް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މޫކޭ ވިދާޅުވީ މިއަދުގެ ސަރުކާރުން ކުންފުނިތައް ބަނގުރޫޓުވާކަށް ދުލެއް ނުކޮށްލާނެ ކަމަށެވެ. ވައްކަމާއި، ޖަރީމާ ފޮރުވަން ކުރީ ސަރުކާރުން އެމްއާރުޑީސީ އުވާލި ގޮތަށް މި ސަރުކާރުން ކުންފުނިތައް އުވައެއް ނުލާނެ ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ އެމްއާރުޑީސީ އިން ގެއްލިފައިވާ އެތައް ވެހިކަލެއް އެބަހުރި ކަމަށާއި، އެއިން އެއްވެސް އެއްޗަކަށް ވީނުވީއެއް ނޭނގޭ ކަމަށެވެ. ކުރީ ސަރުކާރުން އެމްއާރުޑީސީ އުވާލުމާއެކު މި ސަރުކާރުން ވަނީ އާރުޑީސީގެ ނަމުގައި ކުންފުންޏެއް އުފައްދާފައެވެ. އެއީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މޫކޭ ވިދާޅުވީ ކުންފުނި އުފެދި އެ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ދެ ޕްރޮޖެކްޓްއަކާއި ހަވާލުވި ކަމަށާއި، 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ތެރޭގައިވެސް ދެ ޕްރޮޖެކްޓް އަކާއި ހަވާލުވި ކަމަށެވެ. އެ މަސައްކަތްތަކަށް މުވައްޒަފުން ނަގައި، ވާންޖެހޭ ތައްޔާރީތައް ވެފައި ވަނިކޮށް ކުރިމަރިލާންޖެހުނީ ކޮވިޑާ ކަމަށް މޫކޭ ވިދާޅުވިއެވެ. އެހެންނަމަވެސް މުވައްޒަފުން ވަޒީފާއިން ވަކިނުކޮށް، ދޭންޖެހޭ މުސާރަ ދީފައިވާނެ ކަމަށް މޫކޭ ވިދާޅުވިއެވެ. އެއީވެސް ކާމިޔާބީއެއްގެ ގޮތުގައި ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

އާރުޑީސީއަކީ ގެއްލުމުގައި ހިންގާ ކުންފުންޏެއް ކަމަށްބުނެ ޕީޕީއެމް ކައުންސިލް މެމްބަރ އިބްރާހިމް ޝުޖާއު ވިދާޅުވި ބަހަށް ރައްދުދެއްވައި މޫކޭ ވިދާޅުވީ 2020 އަދި 2021 ވަނަ އަހަރު ދިމާވި ކަންކަމާހުރެ ކުންފުންޏަށް އެއްވެސް ފައިދާއެއް ލިބިފައިނުވާކަމަށެވެ. އެހެންނަމަވެސް 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ނިމުނީ ފައިދާ އާއިއެކުގައި ކަމަށް އޭނާ ވިދާޅުވިއެވެ. މި ކުއާޓަރގައި އެ ފައިދާ ތިން ގުނަ ކުރެވިފައިވާކަމަށާއި، ކުރިއަށް އޮތް ތަނުގައި ދާނީ ރަނގަޅުވަމުން ކަމަށް ބެލެވޭ ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ އިތުރަށް ވިދާޅުވީ މީގެ ކުރިން ކުންފުނިތަކަށް ވާނުވާ ނުވެސް އެނގޭ ކަމަށެވެ. އެއީ ކިހިނެއްވެގެން ކަމެއް ނުވަތަ ކޮންމެ ކުއާޓަރއެއްގައި ކަން ހިނގާފައިވާ ގޮތް އެނގެން ނޯންނަ ކަމަށް މޫކޭ ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެކަންކަން ބަލައި ރައްޔިތުންނަށް ހާމަކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. މިއަދުގެ ސަރުކާރަކީ ރައްޔިތުންނަށް ވެރިކަން ކޮށްދޭ ސަރުކާރެއް ކަމަށް މޫކޭ ވަނީ ވިދާޅުވެފައެވެ.

އާރްޑީސީއެމްއާރްޑީސީމޫކޭ

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!

23 ނޮވެމްބަރު 2025
ތުރާކުނުން ފެށިގެން އައްޑު އަށް އާރްޑީސީގެ މަޝްރޫއު ނުހިންގާ އެންމެ ދާއިރާއެއް ވެސް ނެތް ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ހެއްދެވީ ބޮޑު ދޮގެއް!
19 އޮކްޓޯބަރު 2025

އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ

19 އޮކްޓޯބަރު 2025
އާރުޑީސީގެ މުވައްޒަފުންނަށް ފެބްރުއަރީ މަހުން ފެށިގެން ޕެންޝަން ފައިސާ ޖަމާ ނުވޭ
14 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި

14 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި ދެބެއިން އާރުޑީސީގެ ވަޒީފާ އިން ވަކިކޮށްފި
08 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި

08 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާގައި ބައިވެރިވި އާރުޑީސީގެ މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފި
04 އޮކްޓޯބަރު 2025

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް
13 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ

13 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު މ.އަތޮޅަށް ކުރައްވާ ދަތުރުފުޅާ ގުޅިގެން މުލަކުގެ މަގުތަކުގައި ޖަހާފައިވާ ގައުތައް ޕެކްކޮށް އެއަތޮޅު އެހެން ދެރަށަކަށް ގެންދަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
21 އޯގަސްޓު 2025

މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި

21 އޯގަސްޓު 2025
މީގެ 4 މަސްކުރިން އާރުޑީސީގެ ޗެއަރމަން ކަމުން ވަކިކުރި ޝާމީ، އަނެއްކާވެސް ހަމަ އެ މަގާމަށް އައްޔަނުކޮށްފި
07 އޯގަސްޓު 2025

ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި

07 އޯގަސްޓު 2025
ހއ. ތުރާކުނު ހިމެނޭހެން އިތުރު 10 ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަކަށް ހަދަން އާރުޑީސީ އާ ހަވާލު ކޮށްފި
17 މާރިޗު 2025

ރައީސް މުޢިއްޒުގެ ވެރިކަމުގައި ޕާޓީތައް އުވާލަން މަސައްކަތްކުރައްވާތަން ފެނޭ: މޫކޭ

17 މާރިޗު 2025
ރައީސް މުޢިއްޒުގެ ވެރިކަމުގައި ޕާޓީތައް އުވާލަން މަސައްކަތްކުރައްވާތަން ފެނޭ: މޫކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު