Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތުގެ ބޮޑުވަޒީރަކު ހޮވުން

ވޯޓުގެ 2 ވަނަ ބުރުގައިވެސް ކުރީގައި ސުނާކް

ރޭހުގެ އެންމެ ކުރީގައި ސުނާކް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ޖުލައި 2022 | ބުރާސްފަތި 18:05
ރިޝީ ސުނާކް

ރިޝީ ސުނާކް

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ހޮވުމަށް ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރުންގެ މެދުގައި ނަގަމުން އަންނަ ވޯޓުގެ 2 ވަނަ ބުރުވެސް ރިޝީ ސުނާކް ކާމިޔާބު ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ މި ވޯޓުގައި އެއް ކެންޑިޑޭޓަކު ވަނީ ރޭހުން ބޭރުވެވަޑައިގެންފައެވެ. އެއީ އެޓަރނީ ޖެނެރަލްގެ މަގާމުގައި ހުންނެވި ސުއެލާ ބްރެވަމަންއެވެ.

ދެވަނަ ބުރުގެ ވޯޓުގައި ރިޝީ ސުނާކަށް ވަނީ 101 ވޯޓު ލިބިވަޑައިގެންފައެވެ. ދެވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބުކުރެއްވީ ޕެނީ މޯރޑޮންޓެވެ. އޭނާއަށް ލިބިވަޑައިގަތީ 83 ވޯޓެވެ. ތިން ވަނައިގައި ލިޒް ޓްރޫސް އޮތީ 64 ވޯޓާއެކުއެވެ.

ބްރެވަމަން ރޭހުން ބޭރުވެވަޑައިގަތުމާއެކު މިހާރު ބޮޑުވަޒީރުގެ ރޭހުގައި ބާކީ ތިއްބެވީ 5 ކެންޑިޑޭޓުންނެވެ. އެއީ ސުނާކާއި މޯރޑޮންޓާއި ޓްރޫސްގެ އިތުރުން ޓޮމް ޓަގެންދަޓާއި ކެމީ ބެޑެނޮކްއެވެ.

ސުނާކަކީ މިފަހަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ވާދަކުރައްވާނެ 2 ބޭފުޅުންގެ ތެރޭގައި ހިމެނޭނެ އެއްބޭފުޅަކުކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ މަޖިލީހުގައި އޭނާއަށް އޮތް ތާއީދަށް ބަލާފައެވެ. ބޮޑުވަޒީރުކަމަށް ނަން ހުށަހެޅުއްވި ބައެއް މެމްބަރުންވެސް ވަނީ ސުނާކަށް ތާއީދުކުރައްވައި، އަނބުރާ ނަން ނަންގަވާފައެވެ.

ބޮޑުވަޒީރުކަމަށް ވާދަކުރައްވާނެ 2 ބޭފުޅުން ލިބެންދެން ނޮކްއައުޓް އުސޫލުން ވޯޓުލުން ކުރިއަށްދާނެއެވެ. މި ވޯޓުލުން ކުރިއަށްދާނީ ކޮންޒަވޭޓިވް ޕާޓީގެ މަޖިލިސް މެމްބަރުންގެ މެދުގައެވެ. އެއަށްފަހު ހޮވޭ 2 ބޭފުޅުންގެ ތެރެއިން ބޮޑުވަޒީރާއި ޕާޓީގެ ލީޑަރު ހޮވަން ޕާޓީގެ ހުރިހާ މެމްބަރުން ވޯޓުލާނެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އިއުލާންކުރުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

އިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި

13 ޑިސެމްބަރު 2025
ވެރިކަން ކުރާ ލޭބާ ޕާޓީ އަށްވުރެ، ރިފޯމް ޔޫކޭގެ މެމްބަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް ބުނެފި
13 ޑިސެމްބަރު 2025

ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި

13 ޑިސެމްބަރު 2025
ޑޮކްޓަރުންގެ ހަޅުތާލުގައި ބައިވެރި ނުވުމަށް ބޮޑު ވަޒީރު ސްޓާމާ ގޮވާލައްވައިފި
13 ޑިސެމްބަރު 2025

ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ

13 ޑިސެމްބަރު 2025
ކެންސަރުގެ ފަރުވާ އަންނަ އަހަރު ނިންމާލެވޭނެ ކަމަށް އިނގިރޭސި ރަސްގެފާނު ވިދާޅުވެއްޖެ
10 ޑިސެމްބަރު 2025

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ
24 ނޮވެމްބަރު 2025

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ

24 ނޮވެމްބަރު 2025
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ޕްރޮސްޓްރޭޓް ކެންސަރަށް ފަރުވާ ހޯއްދަވަނީ
31 އޮކްޓޯބަރު 2025

ޓެކްސް އިތުރު ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވަން ސްޓާމާ ފަސް ޖެހިއްޖެ

31 އޮކްޓޯބަރު 2025
ޓެކްސް އިތުރު ނުކުރާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުރާރު ކުރައްވަން ސްޓާމާ ފަސް ޖެހިއްޖެ
30 އޮކްޓޯބަރު 2025

ސްޓާމާގެ ލޭބާ ޕާޓީ އަށް އޮތް ތާއީދު ރެކޯޑު މިންވަރަކަށް ދަށަށް ވެއްޓިއްޖެ

30 އޮކްޓޯބަރު 2025
ސްޓާމާގެ ލޭބާ ޕާޓީ އަށް އޮތް ތާއީދު ރެކޯޑު މިންވަރަކަށް ދަށަށް ވެއްޓިއްޖެ
28 އޮކްޓޯބަރު 2025

ކުރީގެ ބޮޑު ވަޒީރު ސުނާކް، ސަންޑޭ ޓައިމްސްގައި ކޮލަމް ލިޔުއްވަނީ

28 އޮކްޓޯބަރު 2025
ކުރީގެ ބޮޑު ވަޒީރު ސުނާކް، ސަންޑޭ ޓައިމްސްގައި ކޮލަމް ލިޔުއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު