Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޑިއާރުޕީގެ ހަރަކާތްތައް މުޅި ރާއްޖެއަށް

ޑީއާރުޕީގެ ހަރަކާތްތައް ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ފަށައިފި

ޑީއާރުޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 14 ޖުލައި 2022 | ބުރާސްފަތި 14:27
ޑީއާރުޕީ

ޑީއާރުޕީ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން ބުދަ ދުވަހުގެ ރޭ ޅ. ނައިފަރުގައި ވަނީ އެ ޕާޓީގެ އޮފީހެއް ހުޅުވާފައެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި އެ ޕާޓީގެ އޮފީސްތައް ހުޅުވުމުގެ ފެށުންކަމަށް ޑީއާރުޕީން ބުނެއެވެ. އެގޮތުން، ކުރިއަށް އޮތް ދުވަސްތަކުގައި ކ. ކާށިދޫއާއި ކުޅުދުއްފުށި ސިޓީއާއި ހއ. ދިއްދޫގައިވެސް އެ ޕާޓީގެ އޮފީސްތައް ހުޅުވާނެކަމަށް ޑީއާރުޕީން ބުނެއެވެ.

Advertisement - newsAdvertisement

ޑީއާރުޕީގެ ވަގުތީ ލީޑަރު، އަބްދުﷲ ޖާބިރު "ރާއްޖެ އެމްވީ"އަށް ވިދާޅުވީ އޭނާ ލީޑަރުކަމާ ވަގުތީގޮތުން ހަވާލުވެވަޑައިގެން އެންމެ ފުރަތަމަ ކުރެއްވީ ޕާޓީއަށް މެމްބަރުން ހަމަކުރުމުގެ މަސައްކަތްކަމަށެވެ. އެ މަސައްކަތް މިހާރު ނިމިފައިވާކަމަށާއި ދެން އޮތީ މުޅި ރާއްޖެއަށް ހަރަކާތްތައް ފުޅާކުރުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑީއާރުޕީއަކީ ވަރަށް ރަނގަޅަށް މަސައްކަތްކުރަމުން އައި ޕާޓީއެއްކަމަށާއި ނަމަވެސް އޭނާ ޕާޓީއާ ހަވާލުވެވަޑައިގެންނެވިއިރު އެކަންކަން އޮތީ މަޑުޖެހިފައިކަމަށެވެ. އެއީ ބަދަލުވާންޖެހޭކަމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ޑީއާރުޕީގެ އޮފީހެއް ހުޅުވާނެކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވިގޮތުގައި، ނައިފަރުގައި އެ ޕާޓީގެ އޮފީހެއް ހުޅުވީ އެރަށުގައި ޑީއާރުޕީއަށް އޮތް ތާއީދު ބޮޑުކަމުންނެވެ. އެހެން ރަށްރަށުގައިވެސް ޑީއާރުޕީއަށް އޮތް ތާއީދު އިތުރުވާކަން ފެންނަކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޕާޓީން ޓިކެޓް ދޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑީއާރުޕީގެ މެމްބަރުން ހަމަވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާއިރު، މިހާރު އެ ޕާޓީން އަންނަނީ ޕާޓީގެ ކޮންގްރެސް ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ. މި ކޮންގްރެސްގައި ޕާޓީގެ ލީޑަރާއި ނައިބު ލީޑަރު ހޮވާނެއެވެ.

ޖާބިރު ވިދާޅުވީ މިހާރުވެސް ރިޔާސީ އިންތިޚާބުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށާއި ކޯލިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާއެކު ނުކުންނަވާނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެ ކޯލިޝަނެއްގައި ނުހިމެނޭނަމަކަމަށެވެ.

މީގެ އިތުރުން ޑީއާރުޕީގެ ރިޔާސީ ކެންޑިޑޭޓުގެ ޕްރައިމަރީގައި އަމިއްލަފުޅަށް ވާދަކުރައްވާނެކަމަށާއި، ޑީއާރުޕީން ރަނިންގމޭޓެއްގެ ގޮތުގައި ނުކުންނާނީ އަންހެނެއް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

DRPއަބްދުﷲ ޖާބިރު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި

މަޖިލިސް ޓިކެޓް އަތުލައި ޖާބިރު އެމްޑީޕީން ވަކިކޮށްފި

05 ފެބުރުއަރީ 2024
މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް

މައިކަށް ގެއްލުން ދިނުމުން ޖާބިރު ޖޫރިމަނާ ކުރުމާއެކު، މައްސަލަ ބަލަން ސުލޫކީ ކޮމިޓީއަށް

05 ޑިސެމްބަރު 2023
ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު

ދަރަނީގެ ވާހަކަ ދައްކާއިރު، ނިމިދިޔަ ސަރުކާރުން ޤާއިމުކޮށްދިން ފަސޭހަތަކުގެ ވާހަކަވެސް ދައްކަންޖެހޭ: ޖާބިރު

21 ނޮވެމްބަރު 2023
މުއިއްޒު އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ބުނަނީ ވޯޓު ހޯދަން، އެކަމެއް ނުކުރައްވާނެ - ޖާބިރު

މުއިއްޒު އިންޑިއާ ސިފައިން ފޮނުވާލާނެ ކަމަށް ބުނަނީ ވޯޓު ހޯދަން، އެކަމެއް ނުކުރައްވާނެ - ޖާބިރު

15 ސެޕްޓެމްބަރު 2023
"އެއްބުރުން ރައީސް ޞާލިހު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނީ ޒަމާނަށް ފެތޭ ގޮތަށް ކެމްޕެއިން ނުކުރެއްވުމުން، ދެން ރަނގަޅުވާނެ"

"އެއްބުރުން ރައީސް ޞާލިހު އަށް ރިޔާސީ އިންތިޚާބު ކާމިޔާބު ނުކުރެއްވުނީ ޒަމާނަށް ފެތޭ ގޮތަށް ކެމްޕެއިން ނުކުރެއްވުމުން، ދެން ރަނގަޅުވާނެ"

15 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު