Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖިނާއީ އިޖުރާއަތުގެ ގާނޫނު

މަސީހް އިސްތިއުފާ ދެއްވަން ނިންމެވި: ޕީޕީއެމްގެ މަޖިލިސް މެމްބަރެއް

13 ޖޫން 2017 | އަންގާރަ 20:20

މަސީހުގެ އިސްތިއުފާ އަށް ގޮވި

ހުސެން ފިޔާޒް
ހުސެން ފިޔާޒް | 13 ޖޫން 2017 | އަންގާރަ 20:20
މަޖިލީހުގެ ރައީސް އަބުﷲ މަސީހް

މަޖިލީހުގެ ރައީސް އަބުﷲ މަސީހް

ޖިނާއީ އިޖުރާއަތުގެ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް އަންގާރަ ދުވަހު ކަންކުރެއްވި ގޮތާ ގުޅިގެން ޕީޕީއެމްގެ މެމްބަރުން ހިތްހަމަޖެހިވަޑައިނުގެން އަޑު އުފުލެއްވުމުން، އިސްތިއުފާ ދެއްވަން ނިންމި ކަމަށް މަސީހް ވިދާޅުވި ކަމުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ މެމްބަރުން ހިތްހަމަ ޖެހިވަޑައިނުގެން މަސީހުގެ އިސްތިއުފާ އަށް ގޮވީ، ކުރިން ހިމަނާފައި ނެތް ބައެއް އިސްލާހުތައް، މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބިލްގައި ހުކުރުމުންނެވެ. މިކަން ފަޅައިއެރީ ބިލް ހުށަހެޅުއްވި ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު މުބީން އެ ވާހަކަ މެމްބަރުންގެ ގާތު ވިދާޅުވުމުން ކަމަށް، ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

Advertisement - newsAdvertisement

"ބިލްގައި ވެސް އެތައް މައްސަލައެއް އެބަ ހުރި. އަދި މެމްބަރުން ހުށަނާޅުއްވާ ބިލެއް ހުށަހަޅުއްވާފައި އޮތުމުން މެމްބަރުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނު. އަބްދުއްރަހީމް ވެސް ވިދާޅުވި ބިލް ފާސް ނުކުރެވޭނެ ކަމަށް. ހަގީގަތު ވެސް ބިލް އޮތީ ހިލާލާފައި،" އޭނާ ވިދާޅުވި އެވެ.

މި ބިލް މަޖިލީހަށް ހުށަހެޅުއްވި މެމްބަރު މުބީނާ ހަވާލާ ދެއްވައި، ބައެއް މެމްބަރުން ވިދާޅުވީ މުބީން ސޮއި ކުރެއްވި ބިލްގައި އޮތީ ސަތާރަ ވަރަކަށް ގަނޑު ކަމަށެވެ. ނަމަވެސް، އަންގާރަ ދުވަހު މަޖިލީހުގެ ތަޅުމަށް ގެނައި ބިލްގައި ގާތްގަނޑަކަށް ތިރީހަކަށް ގަނޑު އޮތް ކަމަށް ބުނެ އެވެ.

މި ބިލާމެދު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރުންގެ ހިތްހަމަ ނުޖެހުން ބޮޑުވެ، ބިލަށް ވޯޓް ނުދެއްވާނެ ކަމަށް ގިނަ މެމްބަރުންތަކެއް ވިދާޅުވި އެވެ. އެހެންވެ، މެމްބަރުން ހަމައަކަށް އެޅުވުމަށްޓަކައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލާއި، ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މަޖިލީހުގެ އިދާރާއަށް ވަޑައިގެން، މެމްބަރުންނާ ބައްދަލު ކުރެއްވި އެވެ.

އެ ބައްދަލުވުމަށް މަސީހް ވަޑައިނުގަންވާ ކަމަށް، ރާއްޖެއެމްވީއާ ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

"ބައްދަލުވުމަށް މެމްބަރުން ވަޑައިގެންނެވިއިރު ވެސް ހުތުރުކޮށްނާއި ރީތިކޮށް މަސީހުގެ އިސްތިއުފާ އަށް ބައެއް މެމްބަރުން ދިޔައީ ގޮވަމުން. މެމްބަރު ފަލާހު ވެސް އެތަނުގައި ހުންނަވައި މަސީހަށް ގުޅުއްވި، ގުޅުއްވީމަ ވިދާޅުވި އިސްތިއުފާ ދެއްވަން ނިންމައިފީމޭ،" އެ މެމްބަރު ވިދާޅުވި އެވެ.

ޖިނާއީ އިޖުރާއަތުގެ ބިލް މަޖިލީހަށް ހުށަހަޅުއްވައި ބަހުސް ކުރައްވަން ވެސް މެމްބަރުންނަށް ފުރުސަތެއް ނުދެއްވަ އެވެ.

އެ ބިލް މިހާރު ވަނީ އަނބުރާ ގެންދަވާފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް