Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑަގްބާ ޕީއެސްޖީގައި މަޑުކުރުން

ކޮލިން ޑަގްބާ ޕީއެސްޖީގެ ކޮންޓްރެކްޓު އައުކޮށްފި

އައުކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ޖުލައި 2022 | އަންގާރަ 06:15
ޑަގްބާ

ޑަގްބާ

ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ފްރާންސްގެ ކޮލިން ޑަގްބާ ކުލަބުގައި މަޑުކުރަން ނިންމައި ކޮންޓްރެކްޓު އައުކޮށްފިއެވެ.

ޑަގްބާ ޕީއެސްޖީއަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ޕީއެސްޖީއަށް ބަދަލުވިއިރު، ނިމުނު ސީޒަނުގެ ނިޔަލަށް އޭނާގެ އެއްބަސްވުމުގެ މުއްދަތު ވަނީ ހަމަވެފައެވެ.

ޑަގްބާ ވަނީ ޕީއެސްޖީއާއެކު އިތުރު ތިން އަހަރު ދުވަހަށް އެއްބަސްވުން އައުކޮށްފައެވެ. މިހާރު އޭނާ އައުކުރި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޑޮގްބާ ވަނީ އޭނާ ޕީއެސްޖީއަށް މިހާތަނަށް ކުޅެދިން 55 މެޗުގައި އެއް ލަނޑު ޖަހާފައެވެ. 2018 ވަނަ އަހަރު އޭނާ ޕީއެސްޖީއާ ގުޅުނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ޑަގްބާ ވަނީ ލޯނު އެއްބަސްވުމެއްްގެ ދަށުން ސްޓްރަސްބާގްއަށް ކުޅެން ނިންމާފައެވެ. ޕީއެސްޖީއާއެކު އޭނާ ވަނީ ފްރާންސް ލީގާއި، ފްރާންސް ކަޕާއި، ފްރާންސް ލީގު ކަޕާއި، ޓްރޮފީ ޑީ ޗެމްޕިއަންސް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ ޕީއެސްޖީއާއެކު 20-2019 ވަނަ އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ރަނަރަޕް ކަން ވެސް ހޯދާފައެވެ.

ޕީއެސްޖީ

އިތުރަށް ކިޔާލަން

23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު