Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކެސިއޭ ބާސާއަށް ބަދަލުވުން

"އެފްރިކާގައި ޕާން ކޮޅެއް ހޯދަން ކޮންމެ ދުވަހެއްގެ ހެނދުނު 30 ކިލޯމީޓަރު ހިނގަންޖެހޭ"

ދުވަން ޖެހިދާނެތީ ބިރެއް ނުގަނޭ، އެއީ ގުދުރަތީ ހުނަރެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2022 | އަންގާރަ 06:51
ކެސިއޭ

ކެސިއޭ

ދުވުމަށް ބިރު ނުގަންނަކަމަށާއި، އެފްރިކާގައި ޕާން ކޮޅެއް ހޯދަން ކޮންމެ ދުވަހަކު ހެނދުނު 30 ކިލޯމީޓަރު ހިނގަންޖެހޭ ކަމަށް ބާސެލޯނާއަށް ބަދަލުވި އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ފްރޭންކް ކެސިއޭ ބުނެފިއެވެ.

ބާސާއަށް ބަދަލުވުމަށްފަހު އޭނާ ބުނީ އާމްދަނީގެ ގޮތުގައި ފައިސާ ހޯދުމަށް އެތައް ދަލެއް އޮހޮރުވަން ޖެހޭ ކަމަށެވެ. ކެސިއޭ އަކީ ދުވެލި ބާރު ހުނަރުވެރި ކުޅުންތެރިއެކެވެ. އޭނާ އުންމީދު ކުރަނީ ބާސާގެ މިޑްފީލްޑުގައި އޭނާއަށް މުހިންމު ދައުރެއް އަދާ ކުރެވުން ކަމަށް ކެސިއޭ ބުނެފައިވެއެވެ.

އިތުރަށް ކެސިއޭ ބުނީ ދުވަން ޖެހިދާނެތީ އޭނާ ބިރު ނުގަންނަކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ދުވުމަކީ އޭނާގެ ގައިގަ ހުންނަ ގުދުރަތީ ކަމެކެވެ. އޭނާ ބުނީ އެފްރިކާގައި ޕާން ކޮޅެއް ހޯދަން، ކޮންމެ ދުވަހަކު ހެނދުނު 30 ކިލޯމީޓަރު ހިނގަންޖެހޭ ކަމަށާއި، އެގޮތަށް ހިނގާ މީހުން އުޅޭނެކަމަށެވެ. އިތުރަށް އޭނާ ބުނީ އޭނާ މަސައްކަތް ކުރާނީ ބާސާގެ ސަޕޯޓަރުންގެ މެދުގައި މަގުބޫލު މީހަކަށްވެވޭ ވަރަށް ކުޅެން ކަމަށެވެ.

އޭސީ މިލާން ދޫކޮށް ބާސާއަށް ބަދަލުވި ކެސިއޭ އަކީ އެޓޭކިންގައި ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ނިމުނު ސީޒަނުގައި އޭސީ މިލާނަށް ކުޅެދިން މެޗުތަކުގައި ހަތް ލަނޑު ޖަހާފައެވެ. އޭސީ މިލާނާއެކު އޭނާ ވަނީ ނިމުނު ސީޒަނުގައި 39 މެޗު ކުޅެފައެވެ. އޭގެ ތެރެއިން އޭނާ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެން އަރާފައިވަނީ 32 މެޗުގައެވެ. ސީޒަންގެ މެދު ތެރެއިން އޭނާ އަށް ވަނީ އަނިޔާ ވެފައެވެ.

ބާސެލޯނާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު