Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނިއުރޭޑިއަންޓް އެނބުރި އައުން

ނިއުރޭޑިއަންޓް އަނބުރާ ގެނައުމުގައި ދިވެހި ކުޅުންތެރިންގެ ފަރާތުން ލިބުނު ހިތްވަރު ބޮޑު- ޗެއަރމަން ވާސިފް

5 ޖުލައި 2022 | އަންގާރަ 06:18

މަސައްކަތްކުރީ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި މަގުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 5 ޖުލައި 2022 | އަންގާރަ 06:18
ސަސްޕެންޝަން އުވާލުމުން ނިއުރޭޑިއަންޓްގެ ބޯޑް މެންބަރުން އުފާފާޅުކުރަނީ

ސަސްޕެންޝަން އުވާލުމުން ނިއުރޭޑިއަންޓްގެ ބޯޑް މެންބަރުން އުފާފާޅުކުރަނީ

ނިއުރޭޑިއަންޓް އަނބުރާ ގެނެވުނީ ދިވެހި ކުޅުންތެރިންގެ ފަރާތުން ލިބުނު ވަރަށްބޮޑު ހިތްވަރެއްގެ ސަބަބުންކަމަށް ޗެއަރމަން އަހުމަދު ވާސިފް ވިދާޅުވެއްޖެއެވެ.

ނިއުރޭޑިއަންޓް އެނބުރި އައުމާ ގުޅިގެން ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވާސިފް ވިދާޅުވީ ކްލަބް އަނބުރާ ގެނައުމަށް ކުރި މަސައްކަތުގައި މުސާރަ ނުދީ ތިބި ދިވެހި ކުޅުންތެރިން ދިން އެއްބާރުލުމަކީ ކުރިއަށްދާން ލިބުނު ވަރަށްބޮޑު ހިތްވަރެއްކަމަށެވެ. ގިނަ ކުޅުންތެރިންނަށް ދޭން އޮތް ފައިސާގެ ތެރެއިން ބޮޑު އަދަދެއް ކުޅުންތެރިން އުނިކޮށްދިންކަން ވާސިފް ފާހަގަކުރެއްވިއެވެ.

ވާސިފް ވިދާޅުވީ ނިއުރޭޑިއަންޓް އެނބުރި އައުމަށް އެންމެ ބޮޑު ޗެލެނެޖަކަށްވީ ދައްކަން އޮތް ބޮޑު އެމައުންޓުކަމަށެވެ. ފައިސާ އަތުގައިނެތި ކްލަބު ގެންނަން އުޅުންވީ ބޮޑު ޗެލެންޖެއްކަމަށް ވާސިފް ވިދާޅުވިއެވެ. އެކަމަކު އަބަދުވެސް ނިއުރޭޑިއަންޓް އަނބުރާ ގެނައުމުގެ ވިސްނުން އޮތް ކަމަށާއި, އެކަން ކުރެވޭނެ ގޮތްތައް ހޯދަން ކުރި މަސައްކަތްތަކުގައި ވަރުގަދަ ހަރުދަނާ ބޭބޭފުޅުންނާވެސް ވާހަކަދެއްކެވިކަމަށް ވިދާޅުވިއެވެ.

ވާސިފް ވިދާޅުވީ ދެވަނަ ފަހަރަށް ނުކުންނަން އެންމެ ބޮޑު ހިތްވަރެއް ލިބިގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުންކަމަށެވެ. ނިއުރޭޑިއަންޓް އަނބުރާ ގެނައުމުގެ މަސައްކަތަށް ނުކުތުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރެއްވި ކަމަށާއި, ފުރަތަމަ ބައްދަލުވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވި ހިތްވަރުން ނިއުރޭޑިއަންޓް އަނބުރާ ގެނެވޭނެކަން ޔަޤީންވެގެންދިޔަކަމަށް ވާސިފް ވިދާޅުވިއެވެ.

މުސާރަ ނުލިބިގެން ދިވެހި 10 ކުޅުންތެރިއަކު އޮތީ އެފްއޭއެމްއަށް މައްސަލަ ހުށަހަޅާފައެވެ. އާބޯޑް ހަވާލުވިއިރު ދިވެހި ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާގެ އަދަދުވެސް ދެ މިލިއަނަށް އަރައެވެ. ކްލަބުން މިހާރުވަނީ އެކުޅުންތެރިންނަށް ފައިސާދޭނެ ގޮތުގެ އެއްބަސްވުންތަކެއް ހަދާފައެވެ. ނިއުރޭޑިއަންޓްގެ އިތުރުން ވިކްޓްރީވެސް ސަސްޕެންޝަނުން އެނބުރި އައިސް ފުރަތަމަ ވާދަކުރާނީ މިމަހުގެ 13 ވަނަ ދުވަހު ފަށާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައެވެ. އެމުބާރާތަށް ދެ ކްލަބުންވެސް ތައްޔާރުވަނީ ބިދޭސީ ކުޅުންތެރިންނާއެކުއެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި

24 ނޮވެމްބަރު 2025
ނިއު ބަލިކޮށް އޮޑި ދެ ވަނަ އަށް ޖެހިލައިފި
09 ނޮވެމްބަރު 2025

ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި

09 ނޮވެމްބަރު 2025
ފުލުގައި އޮތް ގްރީން ސްޓްރީޓްސް އިން ނިއު ހިފަހައްޓައިފި
01 ސެޕްޓެމްބަރު 2025

ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި

01 ސެޕްޓެމްބަރު 2025
ނިއު ރޭޑިއަންޓަށް ފުރަތަމަ ޑިވިޝަން އިން ޖާގަ ދޭން އެފްއޭއެމް އިން ނިންމައިފި
28 ޖޫން 2025

ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި

28 ޖޫން 2025
ނިއު އާއި ވިކްޓްރީ އަށް އަލުން އެފްއޭއެމްގެ މެމްބަރުކަން ދޭން ހިމަނައި، އަސާސީ ޤަވާއިދު ފާސް ކޮށްފި
14 މެއި 2025

ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި

14 މެއި 2025
ނިއު ރޭޑިއަންޓުން ޓީސީ ބަލިކޮށްފި
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
23 ނޮވެމްބަރު 2024

ނިއު އޮތީ ދަރަނީގައިކަން އިނގޭ، އެ ދަރަނިން ސަލާމަތް ކުރާނަން: މުބީން

23 ނޮވެމްބަރު 2024
ނިއު އޮތީ ދަރަނީގައިކަން އިނގޭ، އެ ދަރަނިން ސަލާމަތް ކުރާނަން: މުބީން
23 ނޮވެމްބަރު 2024

މުބީން ވިދާޅުވީ ނިކުންނެވީ ދިވެހި ފުޓުބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށް!

23 ނޮވެމްބަރު 2024
މުބީން ވިދާޅުވީ ނިކުންނެވީ ދިވެހި ފުޓުބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށް!
21 ނޮވެމްބަރު 2024

ނިއު ރޭޑިއަންޓުގެ އައު ޗެއާމަނަކީ މުބީން

21 ނޮވެމްބަރު 2024
ނިއު ރޭޑިއަންޓުގެ އައު ޗެއާމަނަކީ މުބީން
12 އޮކްޓޯބަރު 2024

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް މުބީން ގެންނަން އުޅޭ ކަމުގެ އަޑުތަކެއް!

12 އޮކްޓޯބަރު 2024
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް މުބީން ގެންނަން އުޅޭ ކަމުގެ އަޑުތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް