Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީބޯޅަ މުބާރާތް 2022

ލިބުނު ނަތީޖާއަކީ ވެމްކޯއަށް ހައްގު މިންވަރު: ނިޒާރު

ޤައުމީ މުބާރާތައި ވެމްކޯއަށް ލިބުނީ ހަތަރު ވަނަ މަގާމު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 5 ޖުލައި 2022 | އަންގާރަ 03:54
ވެމްކޯގެ ކޯޗު ނިޒާރު

ވެމްކޯގެ ކޯޗު ނިޒާރު

ޤައުމީ ވޮލީބޯޅަ މުބާރާތުގައި ކުލަބް ވެމްކޯއަށް ލިބުނު ނަތީޖާއަކީ ހައްގު މިންވަރުކަމަށް އެ ޓީމުގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) ބުނެފިއެވެ.

ޤައުމީ މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލްގައި ޕޮލިސް ކުލަބް އަތުން ސީދާ ތިން ސެޓުން ބަލިވެ، ވެމްކޯ ވަނީ މުބާރާތުން ކަޓައިފައެވެ. ވެމްކޯއަށް މުބާރާތުގައި ލިބޭނީ ހަތަރު ވަނަ މަގާމެވެ. މީގެ ކުރިން އެސޯސިއޭޝަން ކަޕް އެ ޓީމުން ނިންމާލީ ދެ ވަނަ ޓީމުގެ ގޮތުގައެވެ. އެއަށްފަހު ޤައުމީ ވޮލީބޯޅަ ލީގު ނިންމާލީ ތިން ވަނަ ޓީމުގެ ގޮތުގައެވެ.

ސެމީ މެޗަށްފަހު ނިޒާރު ބުނީ ވެމްކޯއަށް ލިބުނު ނަތީޖާއަކީ ހައްގު ނަތީޖާކަމަށެވެ. ނިޒާރު ބުނީ ކުޅުންތެރިން ސެމީ މެޗު ކުޅުނީ ވަރަށް ބޮޑަށް އަނިޔާގައި ތިބެ ކަމަށެވެ. އެގޮތުން އެ ޓީމުގެ ގިނަ ކުޅުންތެރިން ތިބީ ހުން، ރޯގާ ވެފައި ކަމަށް ނިޒާރު ފާހަގަކުރިއެވެ. ނިޒާރު ބުނީ މެޗުގައި ވެސް ފެނުނީ އެކަން ކަމަށާއި، ކުޅުންތެރިންގެ މަސައްކަތާއި ހިތްވަރަށް ސާބަސް ދޭ ކަމަށެވެ. މީގެ އިތުރުން ނިޒާރު ބުނީ މެޗަށް ކުރިމަތިލާއިރު، މީހާ މުޅިން ފިޓު ނުވާނަމަ އެކަމުގެ އަސަރު ފެންނާނެކަމަށެވެ.

އިތުރަށް ނިޒާރު ބުނީ ސީޒަންގެ ކުރީ ކޮޅު އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަމިތުއަށް މުބާރާތް ނުކުޅެވޭ ގޮތްވުމުން އެކަމުގެ އުނދަގޫ ޓީމަށް ކުރި ކަމަށެވެ. ނިޒާރު ބުނީ އެކަން ފޫބައްދާނެ ގޮތް ހޯދަން އޭނާއަށް ވެސް އުނދަގޫވި ކަމަށެވެ.

މީގެ އިތުރުން ނިޒާރު ބުނީ ވެމްކޯގެ މެނޭޖްމަންޓާއި، ޓީމުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ބަލާއިރު، ވެމްކޯއަށް ސާބަސް ދެވޭ ވަރުވާ ކަމަށެވެ. ނިޒާރު ބުނީ ވެމްކޯގެ ފަރާތުން ވޮލީބޯޅަ އެސޯސިއޭޝަނަށް ދޭން ޖެހޭ އެއްބާރުލުމެއް ވެސް ދީފައިވާނެ ކަމަށެވެ.

މިއަހަރުގެ އެސޯސިއޭޝަން ކަޕަށް ވެމްކޯ ކޮލިފައިވީ ޕްރެލިމިނަރީ ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ވެމްކޯ ބަލިވެފައިވަނީ ސްޕޯޓްސް ކުލަބް ސިޓީ އަތުންނެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތްކުލަބް ވެމްކޯ

އިތުރަށް ކިޔާލަން

05 މެއި 2025

ޕޮލިސް ބަލިކޮށް، ވެމްކޯ އިން ޤައުމީ މުބާރާތް ކާމިޔާބު ކޮށްފި

05 މެއި 2025
ޕޮލިސް ބަލިކޮށް، ވެމްކޯ އިން ޤައުމީ މުބާރާތް ކާމިޔާބު ކޮށްފި
04 މެއި 2025

ހުރާ ބަލިކޮށް ޕޮލިސް ފައިނަލަށް

04 މެއި 2025
ހުރާ ބަލިކޮށް ޕޮލިސް ފައިނަލަށް
03 މެއި 2025

ސެމީ ފައިނަލްގައި ޕޮލިހާއި ހުރާ

03 މެއި 2025
ސެމީ ފައިނަލްގައި ޕޮލިހާއި ހުރާ
01 މެއި 2025

ދެ ވަނަ މެޗުގައި ވެމްކޯ އިން ހުރާ ބަލި ކުރީ ފަސް ސެޓު ކުޅެގެން

01 މެއި 2025
ދެ ވަނަ މެޗުގައި ވެމްކޯ އިން ހުރާ ބަލި ކުރީ ފަސް ސެޓު ކުޅެގެން
01 މެއި 2025

ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ޕޮލިސް ބަލިވެއްޖެ

01 މެއި 2025
ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ޕޮލިސް ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު