Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީބޯޅަ މުބާރާތް

ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ޕޮލިސް ބަލިވެއްޖެ

މި ނަތީޖާ އާއެކު ޕޮލިސް ކުލަބު އޮތީ ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ ދެ މެޗުން ތިން ޕޮއިންޓާ އެކު އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މެއި 2025 | ބުރާސްފަތި 05:53
ޤައުމީ މުބާރާތުގައި ޕޮލިސް ކުލަބާއި ފްލެކްސާ ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން

ޤައުމީ މުބާރާތުގައި ޕޮލިސް ކުލަބާއި ފްލެކްސާ ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން | ވީއޭއެމް

މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ މުބާރާތުގައި ޕޮލިސް ކުލަބުން ކުޅުނު ދެ ވަނަ މެޗުގައި، ފްލެކްސާ ސްޕޯޓްސް ކުލަބު އަތުން ބަލިވެއްޖެ އެވެ.

މުބާރާތުގައި ޕޮލިސް ކުލަބުގެ ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ހުރާ ކޮމިއުނިޓީ ކުލަބުގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިފަ އެވެ.

ޕޮލިސް ކުލަބުގެ ދެ ވަނަ މެޗުގައި ބުދަ ދުވަހުގެ ހަވީރު ނިކުތީ ފްލެކްސާއާ ދެކޮޅަށެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު އެ މެޗު ފްލެކްސާ އިން ކާމިޔާބު ކުރީ ތިން ސެޓު އެއް ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފްލެކްސާ އިން ވަނީ 25-20 އިން ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ޖެހިގެން ކުޅުނު ދެ ވަނަ ސެޓު 21-25 އިން ކާމިޔާބުކޮށް ޕޮލިސް ކުލަބުން ވަނީ ސެޓުގެ ގޮތުން އެއްވަރު ކޮށްފަ އެވެ.

މެޗުގެ ތިން ވަނަ ސެޓުގައި ފްލެކްސާ އިން ވަނީ 25-20 އިން ކުރި ހޯދައިފަ އެވެ. އަދި ވާދަވެރި ކުޅުމެއް ފެނުނު ހަތަރު ވަނަ ސެޓު ފްލެކްސާ އިން ކާމިޔާބު ކުރީ 25-23 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފްލެކްސާގެ ބިދޭސީ ކުޅުންތެރިޔާ ސަބެންގްބަން ޗަނޮކްނަން އެވެ.

މި ނަތީޖާ އާއެކު ޕޮލިސް ކުލަބު އޮތީ ތާވަލްގެ ދެ ވަނައިގަ އެވެ. އެއީ މިހާތަނަށް ކުޅެފައިވާ ދެ މެޗުން ތިން ޕޮއިންޓާ އެކު އެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތް

އިތުރަށް ކިޔާލަން

05 މެއި 2025

ޕޮލިސް ބަލިކޮށް، ވެމްކޯ އިން ޤައުމީ މުބާރާތް ކާމިޔާބު ކޮށްފި

05 މެއި 2025
ޕޮލިސް ބަލިކޮށް، ވެމްކޯ އިން ޤައުމީ މުބާރާތް ކާމިޔާބު ކޮށްފި
04 މެއި 2025

ހުރާ ބަލިކޮށް ޕޮލިސް ފައިނަލަށް

04 މެއި 2025
ހުރާ ބަލިކޮށް ޕޮލިސް ފައިނަލަށް
03 މެއި 2025

ސެމީ ފައިނަލްގައި ޕޮލިހާއި ހުރާ

03 މެއި 2025
ސެމީ ފައިނަލްގައި ޕޮލިހާއި ހުރާ
01 މެއި 2025

ދެ ވަނަ މެޗުގައި ވެމްކޯ އިން ހުރާ ބަލި ކުރީ ފަސް ސެޓު ކުޅެގެން

01 މެއި 2025
ދެ ވަނަ މެޗުގައި ވެމްކޯ އިން ހުރާ ބަލި ކުރީ ފަސް ސެޓު ކުޅެގެން
10 ޖެނުއަރީ 2024

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024
ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު