Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޮލީބޯޅަ އެސޯސިއޭޝަން ކަޕް

އެސޯސިއޭޝަން ކަޕް އަންހެންގެ ޑިވިޝަންގެ ޗެމްޕިއަންކަން މިފަހަރުވެސް ވެމްކޯ އަށް!

ފައިނަލް މެޗު ވެމްކޯ ކާމިޔާބުކުރީ ސީދާ ތިން ސެޓުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2023 | އަންގާރަ 03:38
އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ވެމްކޯ

އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ވެމްކޯ

ތިން ފަހަރުވެސް ޕޮލިސް ކްލަބް ބަލިކޮށް, ވިދިވިދިގެން ތިންވަނަ ފަހަރަށް ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދައިފިއެވެ.

ވެމްކޯ އިން ތިންވަނަ ފަހަރަށް ތަށި ހޯދީ ފައިނަލްގައި ސީދާ ތިން ސެޓުން ޕޮލިސް ކްލަބް ބަލިކޮށްގެންނެވެ. ފުރަތަމަ ދެ ސެޓުން 18 އާ ހަމައަށް ވާދަވެރިކޮށް ދިޔަޔަސް ޖުމްލަކޮށް މުޅި މެޗުގައިވެސް ވެމްކޯއިން ވަނީ ހަމަޖެހިގެން ޔަޤީންކަމާއެކު ކުޅެ ތިން ސެޓްވެސް ނިންމާލާފައެވެ. ތިންވަނަ ސެޓް ވަރަށް ފަސޭހައިން ގެންގޮސް ތަށި ޔަޤީންކުރިއެވެ. ވެމްކޯއިން ސެޓްތައް ގެންދިޔައީ 25-21, 25-23 އަދި 25-17 ނެވެ. ޕޮލިހަށް ރަނގަޅު ހިތްވަރެއް ލެވުނީ ފުރަތަމަ ސެޓްގެ ކުރީކޮޅު އެވެ. ޕޮލިސް ކްލަބަށް ދިމާވި މައިގަނޑު މައްސަލައަކީ ރަނގަޅަށް ރިސީވް ނުކުރެވުމެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ އައިޝަތު މާޖިދާ އެވެ. މުބާރާތުގެ އެންމެ މޮޅު ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީވެސް އޭނާ އެވެ. އެންމެ މޮޅު އެޓޭކަރަކީ ފައިނަލް މެޗުގައިވެސް ރަނގަޅަށް ކުޅުނު ޕޮލިހުގެ ހައްވާ ރާޝިދާ އެވެ. ޑްރީމް ޓީމްގައި ހިމެނުނު އެހެން ކުޅުންތެރިންނަކީ ބެސްޓް އޮޕޮސިޓް ޕްލޭޔަރ ވެމްކޯގެ އައިމިނަތު އަރީޝާ, ސެކަންޑް ބެސްޓް އޮޕޮސިޓް ޕްލޭޔަރ ތިންވަނަ ހޯދި އަލްމާ ސްޕޯރޓްސްގެ ހައްވާ ސަހާ, ބެސްޓް ބްލޮކަރ ވެމްކޯގެ ހައްވާ ނާޒިމާ, އެންމެ މޮޅު ސެޓަރު ވެމްކޯގެ ޖޫޒާން ޒަރީރު, އެންމެ މޮޅު ލިބަރޯ އަލްމާގެ ނުހާ ވަހީދު އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ވެމްކޯގެ މާޔާ ހުސައިން އެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ ހާލިދު މުހައްމަދެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކީ ވެމްކޯގެ ޖެސިކާ ސޮއާރޭސް އެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލްގައި ވެމްކޯ އާއި ސިޓީ ވާދަކުރާނީ އަންގާރަ ދުވަހުގެރެ އެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ކުލަބް ވެމްކޯޕޮލިސް ކުލަބް

ކޮމެންޓް

އިތުރަށް ކިޔާލަން

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު