Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޤައުމީ ވޮލީބޯޅަ މުބާރާތް

ހުރާ ބަލިކޮށް ޕޮލިސް ފައިނަލަށް

މީގެ އިތުރުން މިއަހަރުގެ ވީއޭއެމް ކަޕްގެ ފައިނަލްގައި ވެމްކޯ އިން ވަނީ ޕޮލިސް ބަލިކޮށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ޤައުމީ ލީގުގައި ޕޮލިސް ކުލަބުން ވަނީ ވެމްކޯ ބަލިކޮށް ލީގު ކާމިޔާބު ކޮށްފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 4 މެއި 2025 | އާދީއްތަ 04:16
މެޗުގައި ޕޮލިސް ކުލަބުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ޕޮލިސް ކުލަބުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ހުރާ ކޮމިއުނިޓީ ކުލަބުގެ މައްޗަށް ކުރި ހޯދައި، ޕޮލިސް ކުލަބުން މުބާރާތުގެ ފައިނަލްގެ ފުރުސަތު ހޯދައިފި އެވެ.

ހަތަރު ޓީމުގެ ދެ މެދުގައި ކުރިއަށްދާ މުބާރާތް ރޭވިފައި އޮތީ، ކޮންމެ ޓީމެއް ކޮންމެ ޓީމެއް ބައްދަލު ކުރުމަށްފަހު، އެއް ވަނަ ޓީމު ސީދާ ފައިނަލަށް ދާ ގޮތަށެވެ. ދެ ވަނަ ޓީމާއި، ތިން ވަނަ ޓީމަށް ޖެހުނީ ސެމީ ފައިނަލްގައި ވާދަކުރުމަށެވެ.

ސީދާ ފައިނަލްގެ ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ އެވެ. ހުރާ އަދި ޕޮލިހަށް ޖެހުނީ ސެމީ ފައިނަލްގައި ވާދަކުރުމަށެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލް މެޗު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-20 އިންނެވެ. ނަމަވެސް، ހުރާ އިން ވަނީ ޖެހިގެން ކުޅުނު ދެ ސެޓު ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ ދެ ވަނަ ސެޓު 16-25 އަދި ތިން ވަނަ ސެޓު ވެސް 16-25 އިންނެވެ. ޕޮލިސް ކުލަބުން ވަނީ 25-11 އިން ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް، ސެޓުގެ ގޮތުން ހަމަހަމަ ކޮށްފަ އެވެ.

ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓު ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 15-13 އިންނެވެ.

މުބާރާތުގެ ފައިނަލްގެ ޖާގަ ޕޮލިސް ކުލަބުން ހޯދައި، ވެމްކޯއާ ދެކޮޅަށް ނިކުންނައިރު މުބާރާތުގައި މި ދެ ޓީމު ބައްދަލު ކުރި މެޗު ކާމިޔާބު ކުރީ ވެމްކޯ އެވެ.

މީގެ އިތުރުން މިއަހަރުގެ ވީއޭއެމް ކަޕްގެ ފައިނަލްގައި ވެމްކޯ އިން ވަނީ ޕޮލިސް ބަލިކޮށް މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ޤައުމީ ލީގުގައި ޕޮލިސް ކުލަބުން ވަނީ ވެމްކޯ ބަލިކޮށް ލީގު ކާމިޔާބު ކޮށްފަ އެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޮލިސް ބަލިކޮށް، ވެމްކޯ އިން ޤައުމީ މުބާރާތް ކާމިޔާބު ކޮށްފި

ޕޮލިސް ބަލިކޮށް، ވެމްކޯ އިން ޤައުމީ މުބާރާތް ކާމިޔާބު ކޮށްފި

05 މެއި 2025
ސެމީ ފައިނަލްގައި ޕޮލިހާއި ހުރާ

ސެމީ ފައިނަލްގައި ޕޮލިހާއި ހުރާ

03 މެއި 2025
ދެ ވަނަ މެޗުގައި ވެމްކޯ އިން ހުރާ ބަލި ކުރީ ފަސް ސެޓު ކުޅެގެން

ދެ ވަނަ މެޗުގައި ވެމްކޯ އިން ހުރާ ބަލި ކުރީ ފަސް ސެޓު ކުޅެގެން

01 މެއި 2025
ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ޕޮލިސް ބަލިވެއްޖެ

ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ޕޮލިސް ބަލިވެއްޖެ

01 މެއި 2025
ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

4 އެޕްރީލު
 ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ބޮލީވުޑްގެ މަގްބޫލުތަރި މަނޯޖް ކުމާރު އުމުރުން 87 އަހަރުގައި މަރުވެއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހު ރައީސް މުއިއްޒަށް - އެސްޑީއެފްގައި ހުންނަ ފައިސާއަކީ މޭޒުމަތީގައި ބަރިބަރިޖަހާފައި ހުންނަ އެއްޗެއް ނޫން

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ވަކި މީހަކަށް ބެލުމެއް ނެތި ވަލީދު ސޫޕް ބަހާތާ 10 އަހަރު!

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"
20224 އަހަރު ކުރިން
ރާއްޖެ

ތިމަރަފުށީ ހަރުކަށި ފިކުރު: "ހެކިތައް ސިއްރު ނުކުރަން ނިންމީ، ޤައުމީ ސަލާމަތަށް ރިއާޔަތް ކުރުމެއް ނެތި"

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!
20215 އަހަރު ކުރިން
ރާއްޖެ

ދެވަނަ ޑޯޒް ފުރިހަމަ ކުރުމުގެ ކުރިން ވެކްސިން ކާޑް ލެމިނޭޓް ނުކުރުމަށް އެދިއްޖެ!

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ލޭބަރ ޕާޓީން 10 ކެނޑިޑޭޓަކު އެންޑޯސް ކޮށްފި

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ ޔަތީމްހާނާއެއްގައި ތިބި ދިވެހި ހުރިހާ ކުދިން ރާއްޖެ ގެނެސްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު