Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީބޯޅަ މުބާރާތް

ސެމީ ފައިނަލްގައި ޕޮލިހާއި ހުރާ

މުބާރާތުގެ ލީގު ބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ކުލަބު ވެމްކޯ އިން ވަނީ އެއް ވަނައިގައި ފައިނަލްގެ ޖާގަ ހޯދައިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މެއި 2025 | ހޮނިހިރު 05:43
މުބާރާތުގެ ލީގު ބުރުގައި ޕޮލިސް ކުލަބާއި ހުރާ ބައްދަލު ކުރި މެޗުގެ ތެރެއިން

މުބާރާތުގެ ލީގު ބުރުގައި ޕޮލިސް ކުލަބާއި ހުރާ ބައްދަލު ކުރި މެޗުގެ ތެރެއިން

މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ޕޮލިސް ކުލަބާއި، ހުރާ ކޮމިއުނިޓީ ކުލަބު ބައްދަލު ކުރަން ޖެހިއްޖެ އެވެ.

ހަތަރު ޓީމުގެ ދެ މެދުގައި ކުރިއަށްދާ މުބާރާތް ރޭވިފައި އޮތީ، ކޮންމެ ޓީމެއް ކޮންމެ ޓީމެއް ބައްދަލު ކުރުމަށްފަހު، އެއް ވަނަ ޓީމު ސީދާ ފައިނަލަށް ދާ ގޮތަށެވެ. ދެ ވަނަ ޓީމާއި، ތިން ވަނަ ޓީމަށް ޖެހެނީ ސެމީ ފައިނަލްގައި ވާދަކުރުމަށެވެ.

މުބާރާތުގެ ލީގު ބުރުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ، ކުލަބު ވެމްކޯ އިން ވަނީ އެއް ވަނައިގައި ފައިނަލްގެ ޖާގަ ހޯދައިފަ އެވެ. ލީގު ބުރުގެ ފަހު މެޗުގައި ވެމްކޯ އިން ވަނީ ޕޮލިސް ކުލަބުގެ މައްޗަށް ތިން ސެޓު ދެ ސެޓުން ކުރި ހޯދައިފަ އެވެ.

ތިން މެޗުގެ ތެރެއިން ޕޮލިސް ކުލަބު މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. ފުރަތަމަ މެޗުގައި ހުރާ އަތުން މޮޅުވީއިރު، ދެ ވަނަ މެޗުގައި ފްލެކްސާ ސްޕޯޓްސް ކުލަބު އަތުން ބަލިވެފައި ވަނީ ތިން ސެޓު އެއް ސެޓުންނެވެ. ފަހު މެޗުގައި ވަނީ ވެމްކޯ އަތުން ފަސް ސެޓު ކުޅެގެން ބަލިވެފަ އެވެ.

ހުރާގެ ފުރަތަމަ މެޗުގައި ޕޮލިސް އަތުން ބަލިވީއިރު، ދެ ވަނަ މެޗުގައި ވެމްކޯ އަތުން ބަލިވީ ފަސް ސެޓު ކުޅެގެންނެވެ. ފަހު މެޗުގައި ވަނީ ސީދާ ތިން ސެޓުން ފްލެކްސާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ވެމްކޯ އަކީ ޤައުމީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތް

އިތުރަށް ކިޔާލަން

05 މެއި 2025

ޕޮލިސް ބަލިކޮށް، ވެމްކޯ އިން ޤައުމީ މުބާރާތް ކާމިޔާބު ކޮށްފި

05 މެއި 2025
ޕޮލިސް ބަލިކޮށް، ވެމްކޯ އިން ޤައުމީ މުބާރާތް ކާމިޔާބު ކޮށްފި
04 މެއި 2025

ހުރާ ބަލިކޮށް ޕޮލިސް ފައިނަލަށް

04 މެއި 2025
ހުރާ ބަލިކޮށް ޕޮލިސް ފައިނަލަށް
01 މެއި 2025

ދެ ވަނަ މެޗުގައި ވެމްކޯ އިން ހުރާ ބަލި ކުރީ ފަސް ސެޓު ކުޅެގެން

01 މެއި 2025
ދެ ވަނަ މެޗުގައި ވެމްކޯ އިން ހުރާ ބަލި ކުރީ ފަސް ސެޓު ކުޅެގެން
01 މެއި 2025

ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ޕޮލިސް ބަލިވެއްޖެ

01 މެއި 2025
ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ޕޮލިސް ބަލިވެއްޖެ
10 ޖެނުއަރީ 2024

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024
ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު