Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޤައުމީ ވޮލީބޯޅަ މުބާރާތް

ދެ ވަނަ މެޗުގައި ވެމްކޯ އިން ހުރާ ބަލި ކުރީ ފަސް ސެޓު ކުޅެގެން

ވެމްކޯ އިން އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ފަސް ޕޮއިންޓާ އެކު ތާވަލްގެ އެއް ވަނައިގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 މެއި 2025 | ބުރާސްފަތި 05:54
ދެ ވަނަ މެޗުގައި ހުރާ އަތުން މޮޅުވުމުން ވެމްކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ދެ ވަނަ މެޗުގައި ހުރާ އަތުން މޮޅުވުމުން ވެމްކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މިހާރު ކުރިއަށްދާ ޤައުމީ ވޮލީ ބޯޅަ މުބާރާތުގައި ކުލަބު ވެމްކޯ އިން ކުޅުނު ދެ ވަނަ މެޗުގައި، ހުރާ ކޮމިއުނިޓީ ކުލަބުގެ މައްޗަށް ވެސް ކުރި ހޯދައިފަ އެވެ.

މުބާރާތުގައި ވެމްކޯގެ ފުރަތަމަ މެޗުގައި ވަނީ ފްލެކްސާ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ބުދަ ދުވަހުގެ ރޭ ހުރާއާ ދެކޮޅަށް ކުޅުނު މެޗު ވެމްކޯ އިން ކާމިޔާބު ކުރީ ތިން ސެޓު ދެ ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު 25-15 އިން ކާމިޔާބު ކުރީ ހުރާ އިންނެވެ. ނަމަވެސް ވެމްކޯ އިން ވަނީ 20-25 އިން ދެ ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ. ޖެހިގެން ކުޅުނު ތިން ވަނަ ސެޓުގައި ހުރާ އިން ވަނީ 25-22 އިން ކުރި ހޯދައިފަ އެވެ. ނަމަވެސް، ހަތަރު ވަނަ ސެޓު ވެމްކޯ އިން ކާމިޔާބު ކުރީ 22-25 އިންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު ފަސް ވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނުއިރު، މި ސެޓު ވެމްކޯ އިން ކާމިޔާބު ކޮށްފައި ވަނީ 14-16 އިންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަަކަށް ހޮވުނީ ވެމްކޯގެ ބިދޭސީ ކުޅުންތެރިޔާ ނޮކްޔޫން އެވެ.

މި މޮޅާ އެކު ވެމްކޯ އިން އޮތީ މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ފަސް ޕޮއިންޓާ އެކު ތާވަލްގެ އެއް ވަނައިގަ އެވެ. މުބާރާތުގެ ލީގު ބުރުގައި ވެމްކޯގެ ފަހު މެޗުގައި ނިކުންނާނީ ޕޮލިސް ކުލަބާ ދެކޮޅަށެވެ.

ޤައުމީ ވޮލީބޯޅަ މުބާރާތް

އިތުރަށް ކިޔާލަން

05 މެއި 2025

ޕޮލިސް ބަލިކޮށް، ވެމްކޯ އިން ޤައުމީ މުބާރާތް ކާމިޔާބު ކޮށްފި

05 މެއި 2025
ޕޮލިސް ބަލިކޮށް، ވެމްކޯ އިން ޤައުމީ މުބާރާތް ކާމިޔާބު ކޮށްފި
04 މެއި 2025

ހުރާ ބަލިކޮށް ޕޮލިސް ފައިނަލަށް

04 މެއި 2025
ހުރާ ބަލިކޮށް ޕޮލިސް ފައިނަލަށް
03 މެއި 2025

ސެމީ ފައިނަލްގައި ޕޮލިހާއި ހުރާ

03 މެއި 2025
ސެމީ ފައިނަލްގައި ޕޮލިހާއި ހުރާ
01 މެއި 2025

ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ޕޮލިސް ބަލިވެއްޖެ

01 މެއި 2025
ދެ ވަނަ މެޗުގައި ފްލެކްސާ އަތުން ޕޮލިސް ބަލިވެއްޖެ
10 ޖެނުއަރީ 2024

ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި

10 ޖެނުއަރީ 2024
ޤައުމީ މުބާރާތްވެސް ސިފައިން ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު