Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ކުލަބު ވެމްކޯ

ނިޒާރު އޮތީ ވެމްކޯ ޓީމު ވަރަށް ބޮޑަށް ތައްޔާރު ކޮށްފައި: ހާލީ

ހާލީ ފާހަގަ ކުރި ގޮތުގައި އޭނާ ޓީމާ ހަވާލުވީ ވެސް މުބާރާތް ފެށެން ގާތް ގަނޑަކަށް ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2023 | އަންގާރަ 05:56
ކުލަބު ވެމްކޯގެ ކޯޗު ޚާލިދު މުޙައްމަދު (ހާލީ)

ކުލަބު ވެމްކޯގެ ކޯޗު ޚާލިދު މުޙައްމަދު (ހާލީ)

މިއަހަރުގެ އެސޯސިއޭޝަން ކަޕް ވޮލީ ބޯޅަ މުބާރާތާ ކުލަބު ވެމްކޯގެ އަންހެން ޓީމު ކުރިމަތިލީއިރު، އިބްރާހީމް ނިޒާރު (ބޮޑޭ) އޮތީ އެ ޓީމު ވަރަށް ބޮޑަށް ތައްޔާރުކޮށްފައި ކަމަށް، ވެމްކޯގެ ކޯޗަކަށް މަސައްކަތް ކުރި ޚާލިދު މުޙައްމަދު (ހާލީ) ބުނެފިއެވެ.

ހާލީ މިހެން ބުނީ އެސޯސިއޭޝަން ކަޕްގެ ފައިނަލްގައި ޕޮލިސް ކުލަބުގެ މައްޗަށް ވެމްކޯ އިން ކުރި ހޯދި މެޗަށްފަހު ވާހަކަ ދައްކަމުންނެވެ. ހޯމަ ދުވަހުގެ ރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ވެމްކޯ އިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މިއީ ވެމްކޯ އިން ޖެހިޖެހިގެން އެސޯސިއޭޝަން ކަޕް ކާާމިޔާބު ކުރި ތިން ވަނަ ފަހަރެވެ.

ހާލީ ބުނީ، ނިޒާރުގެ އެހީތެރިކަމާއެކު ވެމްކޯ އޮތީ ޓީމެއްގެ ގޮތުގައި ދަމަހައްޓައިފަ ކަމަށެވެ. ހާލީ ފާހަގަ ކުރި ގޮތުގައި އޭނާ ޓީމާ ހަވާލުވީ ވެސް މުބާރާތް ފެށެން ގާތް ގަނޑަކަށް ހަފުތާއެއްހާ ދުވަހަށް ވެފައި ވަނިކޮށެވެ. އެ ލިބުނު ފުރުސަތުގައި ވެމްކޯއާ ހަވާލުވީއިރު، ވަރަށް ބޮޑަށް ފަސޭހަވި ކަމަށް އޭނާ ބުންޏެވެ. އެގޮތުން ޓީމުގެ ފިޓްނަސް އަދި މެންޓަލިޓީ ވަރަށް ބޮޑަށް ރަނގަޅުވެފައި އޮތްކަން ފާހަގަކޮށް އޭނާ ބުނީ، ވެމްކޯ އޮތީ ތައްޓަށް ތައްޔާރުވެފައި ކަމަށެވެ. އިތުރަށް އޭނާ ބުނީ، މިއަހަރަކީ ވެމްކޯ އިން ތަށި މިލްކު ކުރާ އަހަރަށްވުމުން، ނިޒާރު އޮތީ މުޅި ޓީމު ވަރަށް ބޮޑަށް ރާވައި، ތައްޔާރުކޮށްފައި ކަމަށެވެ.

މީގެ އިތުރުން ހާލީ ބުނީ ވެމްކޯ އިން ފައިނަލަށް ނިކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެން ކަމަށެވެ. ޚާއްސަކޮށް ފައިނަލްގައި އިދިކޮޅަށް ކުޅެން އޮތް ޓީމުގެ ކުޅުން ރަނގަޅަށް ދެނެގަނެގެން މެޗަށް ނިކުތްކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އެއާއެކު ކޯޓު މަތީގައި ވެމްކޯގެ ހުރިހާ ކުޅުންތެރިން ވެސް ދެއްކީ ވަރަށް ތަފާތު ކުޅުމެއް ކަމަށާއި، ކޯޗަށް އުނދަގޫ ވެގެން އުޅެން ޖެހުނު އެއްވެސް ވަގުތެއް ނުދާ ކަމަށް އޭނާ ބުންޏެވެ. މެޗުގެ ދެ ވަނަ ސެޓުގައި ކޮންމެ ވެސް ވަރަކަށް ޕްރެޝަރު ކުރިމަތިވި ނަމަވެސް، ވަކި ހިސާބަކުން މުޅި ގޭމު އަމިއްލަ އަތް މައްޗަށް ގެނެވުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ހާލީ ފާހަގަ ކުރި ގޮތުގައި ފައިނަލް މެޗު ވެމްކޯ އަށް ވަރަށް ފަސޭހަ ވިއެވެ.

އިތުރަށް ވާހަކަ ދައްކަމުން ހާލީ ބުނީ ކުރިއަށް ހުރި މުބާރާތްތަކަށް ވެސް ވެމްކޯ ނިކުންނާނީ ޓީމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ މުބާާރާތްތަކުގައި ކޯޗެއްގެ ގޮތުގައި އޭނާ ހުންނާނެކަަން އަދި ޔަގީން ނުވާ ކަމަށް ވެސް ބުންޏެވެ. އެކަން ނިންމާނީ ޓީމުގެ މެނޭޖުމަންޓުން ކަމަށް ވެސް ހާލީ ވަނީ ބުނެފަ އެވެ.

އެސޯސިއޭޝަން ކަޕްކުލަބް ވެމްކޯނިޒާރު އިބްރާހީމް (ބޮޑޭ)

ކޮމެންޓް

އިތުރަށް ކިޔާލަން

ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!

ހުނަރު އޮތީ އަތޮޅު ތެރޭގައި، ސިޓީގެ ކާމިޔާބުން ފެނުނީ އެކަން!

27 ޑިސެމްބަރު 2023
ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

ބަލިވީ އެއްވެސް ކަމެއް ރަނގަޅަށް ނުކުރެވުމުން: ނިޒާރު

27 ޑިސެމްބަރު 2023
ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

27 ޑިސެމްބަރު 2023
ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

ފައްލޯ ފާހަގަ ކުރި ގޮތުގައި ޕޮލިހަށް، ކުރަން ޖެހޭ ބައެއް ކަންކަން ނުކުރެވުނީ!

26 ޑިސެމްބަރު 2023
އެސޯސިއޭޝަން ކަޕް އަންހެންގެ ޑިވިޝަންގެ ޗެމްޕިއަންކަން މިފަހަރުވެސް ވެމްކޯ އަށް!

އެސޯސިއޭޝަން ކަޕް އަންހެންގެ ޑިވިޝަންގެ ޗެމްޕިއަންކަން މިފަހަރުވެސް ވެމްކޯ އަށް!

26 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު