Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޮލީބޯޅަ އެސޯސިއޭޝަން ކަޕް

ވެމްކޯ ބަލިކޮށް، ޗެމްޕިއަންކަން ހޯދީ އަލަށް ވާދަކުރި ސިޓީ ސްޕޯރޓްސް ކްލަބް

27 ޑިސެމްބަރު 2023 | ބުދަ 00:48

ފައިނަލް މެޗު ސިޓީން ކާމިޔާބުކުރީ ސީދާ ތިން ސެޓުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 27 ޑިސެމްބަރު 2023 | ބުދަ 00:48
އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ސިޓީ ސްޕޯރޓްސް ކްލަބް

އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަން ސިޓީ ސްޕޯރޓްސް ކްލަބް

ކްލަބް ވެމްކޯ ބަލިކޮށް, ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ސިޓީ ސްޕޯރޓްސް ކްލަބުން ހޯދައިފިއެވެ.

ޤައުމީ ޓީމްގެ ކުރީގެ ދެ ކޯޗުން ކަމަށްވާ މުޙައްމަދު ޝަރަފް އާއި ނިޒާރު އިބްރާހީމްގެ އިރުޝާދުގެ ދަށުން ކުޅުނު ދެޓީމްގެ ފައިނަލް މެޗު ސިޓީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގައި ވާދަވެރިކޮށް ދިޔައީ ހަމައެކަނި ފުރަތަމަ ސެޓެވެ. ފުރަތަމަ ސެޓް 25-25 ން ވެސް އެއްވަރުވިއެވެ. ނަމަވެސް 28-26 ން ސިޓީން ސެޓް ކާމިޔާބުކުރިއެވެ. ދެވަނަ ސެޓް ސިޓީން ގެންދިޔައީ ފަސޭހަ ކަމާއެކުއެވެ. އެއީ 25-17 ނެވެ. މުޙައްމަދު ޝަރަފްގެ އިރުޝާދުގެ ދަށުން ކުޅުނު ސިޓީން ތިންވަނަ ސެޓް ގެންދިޔައީ 25-22 ނެވެ. މުބާރާތުގައި ވާދަކުރި ސިޓީގެ ފުރަތަމަ ހައެއްގައި ތ.ހިރިލަންދޫ ގައި ދިރިއުޅޭ އެރަށުގެ ތިން ކުޅުންތެރިން ކުޅުނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ސިޓީ ސްޕޯރޓްސް ކްލަބްގެ އޮމުރްބެކް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސިޓީގެ އަހުމަދު ފާޒިލް އެވެ. ބެސްޓް އޮޕޮސިޓް ކުޅުންތެރިއަކީ ވެސް އޭނާއެވެ. ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ވެމްކޯގެ އަލީ ހުޒާމެވެ. ސެކަންޑް ބެސްޓް އައުޓްސައިޑް އެޓޭކަރަކީ ކްލަބް އާބަންކޯގެ އިސްމާއީލް ސާޖިދު އެވެ. ބެސްޓް މިޑްލް ބްލޮކަރަކީ ވެމްކޯގެ ހުސެއިން ޔޫސުފް އެވެ. ސެކަންޑް ބެސްޓް މިޑްލް ބްލޮކަރަކީ އާބަންކޯގެ އާދަމް ފައިރޫޒް އެވެ. އެންމެ މޮޅު ސެޓަރަކީ ސިޓީގެ ހިރިލަންދޫ ސެޓަރު އަލީ ނިމާލް އެވެ. އެންމެ މޮޅު ލިބަރޯއަކީ ވެމްކޯގެ އަހުމަދު ނަބީލް އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ޕޮލިސް ކްލަބްގެ މުޙައްމަދު ލަތްފާން އަލީ އެވެ. މުބާރާތުގައި ކުޅުނު އެންމެ މޮޅު ބޭރު ކުޅުންތެރިއަކީ ސިޓީ ސްޕޯރޓްސް ކްލަބްގެ ޓޮކްޓޮއޭވް އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ސިޓީއަށް ތަށި ހޯދައިދިން ކޯޗު މުޙައްމަދު ޝަރަފް އެވެ.

މުބާރާތުގައި އަލަށް ވާދަކުރި ސްޕޯރޓްސް ކްލަބް ސިޓީ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ސެމީފައިނަލްގައި އާބަންކޯ ބަލިކޮށްގެންނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އެސޯސިއޭޝަން ކަޕްކުލަބް ވެމްކޯސިޓީ ސްޕޯޓްސް ކުލަބް

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް