Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސާއިން ބައެއް ކުޅުންތެރިން ދޫކޮށްލަނީ

6 ކުޅުންތެރިޔަކަށް ބާސެލޯނާގައި ފުރުސަތެއް ނެތް

4 ޖުލައި 2022 | ހޯމަ 04:37

ބާސާގެ ކޯޗު ޒަވީ ވަނީ ހަ ކުޅުންތެރިންނަށް އެކަން އަންގާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޖުލައި 2022 | ހޯމަ 04:37
ބާސާގެ ކޯޗު ޒަވީ

ބާސާގެ ކޯޗު ޒަވީ

ހަ ކުޅުންތެރިއަކަށް ބާސެލޯނާގައި ފުރުސަތެއް ނެތް ކަމަށް އެ ކުލަބުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޒަވީ މިހާރު ވަނީ އެ ކުޅުންތެރިންނަށް އެކަން އަންގައި، ކުޅޭނެ އެހެން ކުލަބެއް ހޯދުމަށް ބުނެފައެވެ. ބާސާއިން ޕްރީ-ސީޒަން ފަށާއިރު ވެސް އެ ޓީމުގެ ބައެއް ކުޅުންތެރިންގެ މުސްތަޤުބަލާމެދު އަދިވެސް އޮތީ ސުވާލު އުފެދިފައެވެ. މީގެ އިތުރުން ރިޕޯޓުތައް ބުނާ ގޮތުގައި ބާސާއިން އެ ކުޅުންތެރިންތައް ދޫކޮށްލަނީ، ކުރިއަށް އޮތް ސީޒަނަށް ފަސް ކުޅުންތެރިޔަކު ހޯދަން ބޭނުންވާތީއެވެ.

ރިޕޯޓުތަކުގައި ވާ ގޮތުން ފުރުސަތެއް ނެތް ކަމަށް ޒަވީ އެންގި ކުޅުންތެރިންނަކީ ރިކީ ޕޫޖް، ނެޓޯ، އޮސްކާ، ލެންގުލެޓް، އުމްޓިޓީ އަދި މޫސާ ވޭގްއެވެ. އަދި ޓްރާންސްފާ މާކެޓުގައި މި ކުޅުންތެރިން ވިއްކާލަން ބޭނުންވާ ކަމަށް ވެސް އަންގާފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

މީގެ ތެރެއިން ލެންގުލެޓް ވަނީ ޓޮޓެންހަމަށް ބަދަލުވާން ނިންމާފައިކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އުމްޓިޓީ އާއި ނެޓޯއަށް ކުލަބެއް ހޯދުމުގައި ދަތިތަކާ ދިމާވެދާނެ ކަމަށް ރިޕޯޓުތަކުގައިވެއެވެ. ސަަބަބަކީ މީގެ ކުރިން ވެސް މި ދެ ކުޅުންތެރިން ބާސާ ދޫކޮށް އެހެން ޓީމަކަށް ބަދަލުވުމަށް މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވެފައި ނުވާތީއެވެ. ގިނަ ދުވަސްތަކެއް ވަންދެން އަނިޔާގައި ހުރުމަށްފަހު މޫސާ ވޭގް އަނިޔާއިން ރަނގަޅުވީ ދާދި ފަހުންނެވެ. އެހެންކަމުން ކުލަބުތަކުން އޭނާ ގެންދިޔުމުގައި ރިސްކެއް ނުނަގާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ބާސާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޕޮލޭންޑުގެ ރޮބާޓް ލެވަންޑޯސްކީ ބާސާއަށް ގުޅުމަކީ ވަރަށް ގާތް ކަމެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
21 މާރިޗު 2017

ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ

21 މާރިޗު 2017
ޕޯޗުގަލްގެ މޮޅު ކުޅުންތެރިޔަކަށް އެޓީމާއެކު ޔޫރޯ ކާމިޔާބުކުރި ރޮނާލްޑޯ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
27 ފެބުރުއަރީ 2017

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

27 ފެބުރުއަރީ 2017
ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް