Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް

ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ވެލެންސިޔާއަށް

މުބާރާތުގެ ޑްރީމް ޓީމުގައި ވެލެންސިޔާގެ ފަސް ކުޅުންތެރިން ހިމެނުނު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 3 ޖުލައި 2022 | އާދީއްތަ 21:08
މުބާރާތުގެ ޗެމްޕިއަން ކްލަބް ވެލެންސިޔާ

މުބާރާތުގެ ޗެމްޕިއަން ކްލަބް ވެލެންސިޔާ

އެފްއޭއެމް 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކްލަބް ވެލެންސިޔާއިން ހޯދައިފިއެވެ.

މުބާރާތުގެ ތަށި ވެލެންސިޔާއިން އުފުލާލީ ފައިނަލް މެޗުގައި 2-1ން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ހާފުގައި ވެލެންސިޔާއިން ލީޑު ނެގީ ލިބުނު ޕެނަލްޓީއެއްގެ ބޭނުން ހިފައިގެންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި ވެލެންސިޔާގެ އަގްސަން އަހުމަދު ނަސީމް ފޮނުވާލި ޕެނަލްޓީ ޔޫވީގެ ކީޕަރުގެ އަތުގައި ޖެހިފައި ނިކުތުމުން ގޯލުގެ ތެރެއަށް ފޮނުވާލީ އަގްސަންއެވެ.

ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން ވެލެންސިޔާއަށް ފުރުސަތު ލިބުނެވެ. ނަމަވެސް އޭގެ ބޭނުން ހިފޭގޮތް ނުވިއެވެ. ނަތީޖާ ހަމަހަމަ ކުރަން ޔޫވީއަށް ލިބުނު ފުރުސަތުގެ ބޭނުންވެސް ނުހިފުނެވެ.

ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ވެލެންސިޔާއަށް ލީޑު ނަގައިދިން އަގްސަންއަށް ވަނީ ދެ ރީންދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ. އެހެންކަމުން ދެވަނަ ހާފުގެ ބޮޑު ބައެއް ވެލެންސިޔާއިން ކުޅުނީ 10 ކުޅުންތެރިންނާއެކުއެވެ.

ފުރުސަތުގެ ބޭނުންހިފާ ޔޫވީން މަސައްކަތްކުރީ ނަތީޖާ ހަމަހަމަ ކުރުމަށެވެ. ނަމަވެސް ކައުންޓަރ އެޓޭކެއްގައި ލިބުނު ހުސް ފުރުސަތެއްގައި ވެލެންސިޔާއިން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ފުޅާކޮށްފައެވެ. ޔޫވީގެ އޭރިއާ ތެރެއަށް ބޯލަ ހިފައިގެން ވަދެ ގޯލުގެ ދުރުކަނަށް ބޯޅަ ފޮނުވާލައިގެން ވެލެންސިޔާއަށް ލީޑު ފުޅާކޮށްދިނީ އައިހަމްއެވެ.

މިއާއެކު ޔޫވީން އިތުރަށް ކުރިއަށް ޖެހިގެން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރިއެވެ. މެޗުގެ 70 ވަނަ މިނެޓުގައި ޔޫވީގެ ހަމައެކަނި ލަނޑު ކާމިޔާބކޮށްދިނީ މުހައްމަދު ރަޒާންއެވެ. މިއީ ކޯނަރަކުން އައި ބޯޅައެއް ގޯލުގެ ދުރު ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެވެ.

ނަތީޖާ ހަމަހަމަ ކުރުމަށް ޔޫވީއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުހިފުނެވެ. އެޓީމުގެ އަރުޝަދު ވެލެންސިޔާގެ އޭރިއާތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް ވަނަނުދީ މަތަކުރީ ވެލެންސިޔާގެ ކީޕަރެވެ. އޭރިއާ ބޭރުން ރަޒާން ފޮނުވާލި ބާރު ހަމަލާ ގޯލާއި ދިމާނުވިއެވެ.

ފޯރިގަދަ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެލެންސިޔާގެ އައިހަމްއެވެ. ހަ ލަނޑު ޖަހައިގެން މުބާރާތުގެ ރަން ބޫޓު ހާސިލްކުރީ ވެލެންސިޔާގެ އަގްސަންއެވެ. އެންމެ މޮޅު ކޯޗަކަށް ހޮވުނީ ވެލެންސިޔާގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) އެވެ. ފެއަރ ޕްލޭ ޓީމަކީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްއެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ވެލެންސިޔާގެ ފަސް ކުޅުންތެރިން ހިމެނުނެވެ. އެއީ ޔޫސުފް ނަމިިކް، ކެޕްޓަން މުހައްމަދު ޖޫދު، އަހްމަދު ހަމްދާންގެ އިތުރުން ރަޒީން އަދި އަގްސަންއެވެ. ޑްރީމް ޓީމުގައި ދެން ހިމެނުނީ ޔޫވީގެ އަޒުލާން، މުހައްމަދު އުނައިޝް، ރަޒާން އަދި އަހުމަދު އަލްތަފް އަޒީމް އަދި ޓީސީގެ ޔޫސުފް އާއިޝް އާއި އީގަލްސްގެ އަޝްހަމް އިބްރާހިމްއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

ސާދަ އަހަރުންދަށާއި ނަވާރަ އަހަރުންދަށުގެ ޗެމްޕިއަންކަން އަހުމަދިއްޔާ އަދި ތާޖުއްދީނަށް

13 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި

28 ފެބުރުއަރީ 2017
ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

ސްޓްރީޓް ސޮކާ 2017: ޕެނަލްޓީ ޖަހައިގެން ފެލްކަން ބަލިކޮށް ޑީސީ ޗެމްޕިއަންކަން ހޯދައިފި

25 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

ތިންވަނަ އެމްބީއޭ ކަޕް: އަންހެން ބައިގެ ޗެމްޕިއަންކަން ސައިކްލޯން އިން ހޯދައިފި

25 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު