Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕޮމްޕޭއިން ފެނުނު ޝައުގުކުރަނިވި ކަންޒުކަހަނބު

ފާހިޝް އަމަލުތަކުގައި ހައްދު ފަހަނައަޅާދިޔަ ޕޮމްޕޭއިން ޝައުގުކުރަނިވި ކަންޒުކަހަނބެއް ފެނިއްޖެ

ބެލެވޭ ގޮތުގައި އެ ކަންޒުކަހަނބު މަރުވެފައި ވަނީ ވެސޫވިއަސް އަލިފާންފަރުބަދަ ގޮވުމުގެ ކުރިން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 ޖޫން 2022 | އާދީއްތަ 05:39
ދިރާސާގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނީ، ބިސް އެޅުމަށްޓަކާ އެ ކަންޒުކަހަނބު ވަޅުގަނޑެއް ތައްޔާރު ކުރި ކަމަށް

ދިރާސާގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނީ، ބިސް އެޅުމަށްޓަކާ އެ ކަންޒުކަހަނބު ވަޅުގަނޑެއް ތައްޔާރު ކުރި ކަމަށް

މާތް ﷲ ނަހީ ކުރައްވާ، ހަރާމް ކުރައްވާފައިވާ އަމަލުތަކުގައި ފާފަ ކުރުން މަތީ ދެމި ތިބޭ މީހުންނަށް މި ދުނިޔެ މަތީގައިވެސް އެކަލާންގެ އަޒާބު ދެއްވާ, ކޯފާ ފޮނުއްވަވައެވެ. އެފަދަ އެއް މިސާލަކީ ފާހިޝް އަމަލުތަކުގައި ހައްދު ފަހަނައަޅާދިޔަ ޕޮމްޕޭގެ މިސާލެވެ. ޕޮމްޕޭގެ އަހުލުވެރިންގެ ނިމުން އައި ގޮތެވެ.

އިޓަލީގެ ގަދީމީ ރަށެއްކަމުގައިވާ ޕޮމްޕޭގެ އަހުލުވެރިންނަކީ އިހުގެ ރޯމަނުންގެ އެންމެ ވަރުގަދަ މުއްސަދިން ދިރިއުޅުނު ރަށެކެވެ. އެ މީހުންނަކީ ޖިންސީ އުފާ ހޯދުމާއި، އެއް ޖިންސުގެ ގުޅުން ހިންގުމާއި، ރާބުއިމާއި، ޖުވާ ކުޅުމާއި، އަޅުންނަށް އިހާނެތި ގޮތް ހަދައި މެރުމާއި، ދުނިޔަވީ އެންމެހާ މަޖަލުގައި ހައްދު ފަހަނަޅައިފައިތިބި ބައެކެވެ.

އެ އާބާދަށް ނިމުން އައީ، ވެސޫވިއަސް އަލިފާންފަރުބަދައިގެ ވަރުގަދަ ގޮވުމާއެކުގައެވެ. އެންމެ ދުވަހެއްގެ ތެރޭގައެވެ. ފަރުބަދަތަކުން ފައިބަމުންދިޔަ ވިހަ ގޭހާއި އަޅިތައް ރަށުތެރެއަށް ފައިބައި ރަށުތެރޭގައި ވައި ބަންދުވިއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންތިބި ގޮތަށް އެހަރަކާތުގައި ތިބެ ފަނާވެދިޔައީއެވެ. ހަށިތައް މިއަދާ ހަމައަށް ވެސް ފެންނަންހުރީ އެމީހުންގެ އެންމެ ފަހު ސިކުންތުގެ ހަރަކާތުގައިވާތީއެވެ.

ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ތާ އަބަދުމެހެން ޕޮމްޕޭގައި ހަރަކާތްތެރިވެއެވެ. އެކި ދިރާސާތަކުގެ ތެރެއިން އަބަދުމެހެން ކޮންމެވެސް ދިރުމެއް ފަނާވެގޮސްފައިވާތީ ހޯދައެވެ. މި ފަހަރުވެސް ފެނިފައި މިވަނީ އެފަދަ އެއްޗެކެވެ. މިފަހަރު ފެނުނީ ބިސް އަޅަން ތައްޔާރުވެފައި ވަނިކޮށް މަރުވި ކަންޒުކަހަނބެކެވެ.

މާބަނޑު ކަންޒުކަހަނބު ފެނިފައި ވަނީ ގުދަނެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ތަނެއްގެ މަށި ތަޅުންގަނޑުގެ އަޑިންނެވެ. ބެލެވޭ ގޮތުގައި އެ ކަންޒުކަހަނބު މަރުވެފައި ވަނީ ވެސޫވިއަސް އަލިފާންފަރުބަދަ ގޮވުމުގެ ކުރިންނެވެ. ދިރާސާގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނީ، ބިސް އެޅުމަށްޓަކާ އެ ކަންޒުކަހަނބު ވަޅުގަނޑެއް ތައްޔާރު ކުރި ކަމަށެވެ. ނަމަވެސް ބިސް އެޅޭ ގޮތް ނުވި ކަމަށާ، އެ ކަންޒުކަހަނބު މަރުވެފައި ވަނީ އެހެންވެ ކަމަށް ބެލެވޭ ކަމަށެވެ.

ބިސްއަޅަން ވަޅުކޮނެ، ކޮންމެވެސް ސަބަބަކާ ހެދި ބިސް ނޭޅި މަރުވި ކަންޒުކަހަނބު ފެނުނު ސަރަހައްދަކީ، އެއް ޒަމާނެއްގައި ވަރަށް ތަނަވަސް ގެއެއް އިމާރާތް ކޮށްފައި ހުރި ސަރަހައްދެކެވެ. ފާރުތަކުގައި ފަރުމާގެ މުށިތައް ޖަހާފައި ހުރިއިރު ކުރެހުންތައްވެސް ހުއްޓެވެ.

ޕޮމްޕޭ ސިޓީއިން އަދިވެސް ނުފެންނަ އެތައް ސަރަހައްދެއް އެބަ އޮތެވެ. ހޯދަމުން ދާ ވަރަކަށް، ތަފާތު އެކި ގޮތް ގޮތުން އާޝޯހް ކުރަނިވި މަންޒަރުތައް ފެނެއެވެ. ކޮންމެ މަންޒަރަކީވެސް ތިރިތިބީންނަށް ޢިބުރަތުން ފުރިގެންވި މަންޒަރެކެވެ.

ޕޮމްޕޭކަންޒުކަހަނބް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޮމްޕޭގެ ޖަލު-ބޭކަރީ ކިޔައި ދެނީ ކޮން ވާހަކައެއް ކަން އެނގޭތަ؟

ޕޮމްޕޭގެ ޖަލު-ބޭކަރީ ކިޔައި ދެނީ ކޮން ވާހަކައެއް ކަން އެނގޭތަ؟

09 ޑިސެމްބަރު 2023
ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟

ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟

01 ޖުލައި 2023
"ހައްދު": ޕްރިމިއާ ކުރުން ތަފާތުވާނެ

"ހައްދު": ޕްރިމިއާ ކުރުން ތަފާތުވާނެ

06 ސެޕްޓެމްބަރު 2017
"ހައްދު" މާދަމާ ދިވެހި ސިނަމާތަކަށް

"ހައްދު" މާދަމާ ދިވެހި ސިނަމާތަކަށް

05 ސެޕްޓެމްބަރު 2017
"ހައްދު" ގެ ދެވަނަ ޓްރެއިލާ ދައްކާލައިފި

"ހައްދު" ގެ ދެވަނަ ޓްރެއިލާ ދައްކާލައިފި

13 އޯގަސްޓު 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު