Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޕިއްޒާ

ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟

ޕޮމްޕޭއިން ފެނުނު ކުރެހުމުގައި ވަނީ ހަގީގީ ޕިއްޒާއެއް ނޫން ކަމަށްވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 1 ޖުލައި 2023 | ހޮނިހިރު 10:52
ޕޮމްޕޭއިން ފެނުނު ކުރެހުން

ޕޮމްޕޭއިން ފެނުނު ކުރެހުން

"ޕީޓްޒާ" ނުވަތަ ދިވެހި ދޫތަކަށް ފަރިތަ ގޮތަށް ލިޔަނީނަމަ "ޕިއްޒާ"ގެ އަސްލަކީ ކޮބައިތޯ ސުވާލުކޮށްފިނަމަ، ދެވަނަ ވިސްނުމަކަށްވެސް ނުގޮސް، ކޮންމެ މީހެއްގެ ދުލުކުރިއަށް އަންނާނެ ނަމަކަށް ވާނީ އިޓަލީވިލާތެވެ. އެކަން އޮތީވެސް އެހެންނެވެ. ތައްޔާރު ކޮށްލަން ފަސޭހަ، ޖީބަށް ލުއި، އަނގަޔަށް މީރު ކާއެއްޗެއް، ޕިއްޒާގެ ނަމުގައި އެންމެ ފުރަތަމަ ތައާރަފުކުރީ އިޓަލީވިލާތުގެ ނޭޕްލްސްގައެވެ. ހެލިފެލިވެ ބުރަކޮށް އުޅެންޖެހުނު މަސައްކަތްތެރިންގެ އާބާދީއަށް އަމާޒުކޮށްގެން ތައްޔާރުކުރި ކާއެއްޗެއްގެ ގޮތުގައި ތައާރަފުކުރި ޕިއްޒާގެ މަގުބޫލުކަން ބޮޑުވާން ފެށީ 1940ގެ އަހަރުތަކުގެ ތެރޭގައެވެ. އެއީ އިޓަލީވިލާތުން އެމެރިކާއަށް ގިނަ ބަޔަކު ހިޖުރަކުރަން ފެށި ހިސާބެވެ.

ކަން މިހެން އޮތް ނަމަވެސް، ތާރީޚުގެ ތެރެއިން އެތައް ސަތޭކަ އަހަރެއް ކުރިއަށް ޖެހިލަން މަޖުބޫރުވެއްޖެއެވެ. އެއީ މީގެ 2000އްހާ އަހަރު ކުރިން، ވެސުވިއަސް އަލިފާންފަރުބަދަ ގޮވައި، އަޅިތަކުގެ އަޑީގައި ޣަރަޤުވި ޕޮމްޕޭއިން މިދާކަށް ދުވަހު ފެނުނު ކުރެހުމަކާ ގުޅިގެންނެވެ. ތާރީޚާ ގުޅޭ ގިނަ ދިރާސާތަކަކާއި ހޯދުންތަކެއް މިހާރުވެސް އެތަނެއްގައި ކުރިއަށްދާ ޕޮމްޕޭގެ ގެއެއްގެ ފާރުގައި ކުރަހާފައި ވާތީ ފެނުނީ، މިހާރު ޕިއްޒާގެ ގޮތުގައި އެންމެން ދަންނަ އެތީގެ ތަސްވީރެކެވެ. އެއީ މިހާރު މި ކައި އުޅޭ ޕިއްޒާގެ ޤަދީމީ ބާވަތަކަށް ވުން އެކަށީގެންވާ ކަމަށް އިޓަލީވިލާތުގެ ސަގާފަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ކޮންމެ ގޮތަކަށް ކަން އޮތް ނަމަވެސް، ޕޮމްޕޭއިން ފެނުނު ކުރެހުމުގައި ވަނީ ހަގީގީ ޕިއްޒާއެއް ނޫން ކަމަށްވެއެވެ. ޕޮމްޕޭއަކީ އަސްލު ޕިއްޒާގެ އުފަން ބިން ކަމުގައި ވާ ނޭޕްލްސްއާ މާ ދުރު ނޫން ހިސާބަކަށް ވީ ނަމަވެސް، އދ.ގެ ސައެންސްއާއި ތަރިކައާއި ސަގާފަތާބެހޭ އިދާރާ (ޔުނެސްކޯ)އިން ތަރިކައިގެ ލިސްޓުގައި ހިމަނާފައިވާ ޕިއްޒާ ތައްޔާރު ކުރަން ބޭނުންކުރާ މައިގަނޑު ބާވަތްތަކުގެ ތެރޭގައި ހިމެނޭ ޓޮމާޓޯއާއި މޮޓްޒަރެއްލާ ޗީޒްއަކީ މީގެ 2000 ކުރިން މީހުން ދަންނަ ބާވަތްތަކެއް ނޫން ކަމަށް ބުނެވެއެވެ.

އާރކިއޮލޮޖިކަލް ޕާރކް އޮފް ޕޮމްޕޭގައި ދިރާސާތައް ކުރަމުންދާ ތާރީޚީ ތަރިކައިގެ ތަޖުރިބާކާރުން ނުވަތަ އާރކިއޮލޮޖިސްޓުން ލަފާކުރާގޮތުގައި، ރާ އަޅާފައިވާ ކުރައަކާއެކު ތަސްވީރުން އެ ފެންނަނީ ރޮއްޓެއްހެން ފިހެފައިވާ ޕާނެކެވެ. އެ ޕާނުގެ މަތީގައި އެ ހުރީ އެކި ކަހަލަ މޭވާއެވެ. އަދި ފަތްޕިލާވެލީގެ ހަވާދުގެ ބާވަތްތަކާއި ޕެސްޓޯ ސޯސް ކަމަށް އިޓަލީވިލާތުގެ ވުޒާރާއިން އާންމުކުރި ބަޔާނެއްގައި ބުނެފައި ވެއެވެ.

މިފަދަ ކުރެހުންތައް ކުރެހުމުގެ ޚިޔާލު އުފެދިގެން އަންނަނީ މެހެމާނުންނަށް މަރުހަބާކިއުމަށް ހަދިޔާކުރާ އެކި ކަހަލަ ހަދިޔާތަކުން ހިތްވަރު ލިބިގެންނެވެ. ޕޮމްޕޭއިން އެންމެ ފަހުން މި ފެނުނު ކުރެހުން ފެނުނު ގެއަކީ، އެ ގެއާ ގުޅިފައިވާ ބޭކަރީއެއްވެސް ހުރި ގެއެކެވެ.

އިޓަލީގެ ގަދީމީ ރަށެއްކަމުގައިވާ ޕޮމްޕޭގެ ރައްޔިތުންނަކީ، އިހުގެ ރޯމަނުންގެ ތެރޭގައި އުޅުނު އެންމެ ބޮޑެތި މުއްސަދިން އުޅެމުންދިޔަ ރަށްކަމަށް ބެލެވެއެވެ. ބުނެވޭ ގޮތުގައި އެ މީހުންނަކީ ޖިންސީ އުފާ ހޯދުމާއި، އެއް ޖިންސުގެ ގުޅުން ހިނގުމާއި، ރާބުއިމާއި، ޖުވާ ކުޅުމާއި، އަޅުންނަށް އިހާނެތި ގޮތްތައް ހަދައި މެރުމާއި، ދުނިޔަވީ އެންމެހާ މަޖަލުުގައި ހައްދު ފަހަނަޅާފައިތިބި ބައެކެވެ. މި އާބާދީއަށް ނިމުން އައީ، ވެސޫވިއަސް އަލިފާންފަރުބަދައިގެ ވަރުގަދަ ގޮވުމާއެކުގައެވެ. އެންމެ ދުވަހެއްގެ ތެރޭގައެވެ. ނޭޕްލްސްގެ 14 މޭލު އިރުދެކުނުން އޮންނަ ޕޮމްޕޭގެ އާބާދީއަކީ އޭރު 13000އްހާ މީހުންނެވެ.

ފަރުބަދަތަކުން ފައިބަމުންދިޔަ ވިހަ ގޭހާއި އަޅިތައް ރަށުތެރެއަށް ފައިބައި، ރަށުތެރޭގައި ވައި ބަންދުވިއެވެ. ނަތީޖާއެއްގެ ގޮތުން އެމީހުންތިބި ގޮތަށް އެހަރަކާތުގައި ތިބެ ފަނާވެދިޔައީއެވެ. ހަށިތައް މިއަދާ ހަމައަށްވެސް ފެންނަންހުރީ އެމީހުންގެ އެންމެ ފަހު ސިކުންތުގައި ތިބި ގޮތަކަށެވެ.

ޕޮމްޕޭރޮއިޓަރސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
ޕޮމްޕޭގެ ޖަލު-ބޭކަރީ ކިޔައި ދެނީ ކޮން ވާހަކައެއް ކަން އެނގޭތަ؟

ޕޮމްޕޭގެ ޖަލު-ބޭކަރީ ކިޔައި ދެނީ ކޮން ވާހަކައެއް ކަން އެނގޭތަ؟

09 ޑިސެމްބަރު 2023
ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

ރޯވި މާލަމުގައި ހުރި ގޮނޑިއެއްގައި މަރުވެފައި އިން މަރްޔަމް ފެނުނީ، އޭނާގެ ކައިވެންޏަށް ތައްޔާރުވެފައިވާ ނަބީލަށް!

04 އޮކްޓޯބަރު 2023
ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް

ފަލަސްޠީނުގެ ކުނީގެ މައްސަލައަށް ޙައްލު ހޯދުމުގެ އެންމެ ކުރީގައި ކަނބަލުންގެ ހީވާގި ފައުޖެއް

13 ސެޕްޓެމްބަރު 2023
ނަދާގެ ދަނޑުގައި މިލިއަނުން ކިލާ ފަނި... ކީއްވެކަން އެނގޭތަ؟

ނަދާގެ ދަނޑުގައި މިލިއަނުން ކިލާ ފަނި... ކީއްވެކަން އެނގޭތަ؟

01 ޖުލައި 2023

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު