Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕޮމްޕޭ

ޕޮމްޕޭގެ ޖަލު-ބޭކަރީ ކިޔައި ދެނީ ކޮން ވާހަކައެއް ކަން އެނގޭތަ؟

9 ޑިސެމްބަރު 2023 | ހޮނިހިރު 10:48

ޕޮމްޕޭއަކީ އިހުގެ ރޯމަނުންގެ އެންމެ ވަރުގަދަ މުއްސަދިން ދިރިއުޅުނު ރަށެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 9 ޑިސެމްބަރު 2023 | ހޮނިހިރު 10:48
ޕޮމްޕޭގެ ޖަލު

ޕޮމްޕޭގެ ޖަލު

އިޓަލީވިލާތުގެ ޤަދީމީ ރަށެއްކަމަށް ޕޮމްޕޭއަކީ އިހުގެ ރޯމަނުންގެ އެންމެ ވަރުގަދަ މުއްސަދިން ދިރިއުޅުނު ރަށެކެވެ. އެ މީހުންނަކީ ޖިންސީ އުފާ ހޯދުމާއި، އެއް ޖިންސުގެ ގުޅުން ހިންގުމާއި، ރާބުއިމާއި، ޖުވާ ކުޅުމާއި، އަޅުންނަށް އިހާނެތި ގޮތް ހަދައި މެރުމާއި، ދުނިޔަވީ އެންމެހާ މަޖަލުގައި ހައްދު ފަހަނަޅައިފައިތިބި ބައެކެވެ.

ޕޮމްޕޭގެ އާބާދަށް ނިމުން އައީ، ވެސޫވިއަސް އަލިފާންފަރުބަދައިގެ ވަރުގަދަ ގޮވުމާއެކުގައެވެ. ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ފަރުބަދަތަކުން ފައިބަމުންދިޔަ ވިހަ ގޭހާއި އަޅިތައް ރަށުތެރެއަށް ފައިބައި، ރަށުތެރޭގައި ވައި ބަންދުވިއެވެ. އެމީހުން ތިބި ގޮތަށް އެހަރަކާތުގައި ތިއްބާ، ހަށިގަނޑާއި ފުރާނަ ވަކިވެ ދިޔައީއެވެ. ހަށިތައް މިއަދާ ހަމައަށް ވެސް ފެންނަންހުރީ އެމީހުންގެ އެންމެ ފަހު ސިކުންތުގެ ހަރަކާތުގައިވާތީއެވެ. އާޘާރީ ތަރިކައިގެ ހޯދުންތަކަށް ޝަޢުޤުވެރިވާ ތަޖުރިބާކާރުން މިހާރުވެސް ދަނީ ޕޮމްޕޭގައި އެކި ކަހަލަ ދިރާސާތައްކޮށް، ތަފާތު އެކި ކަހަލަ ހޯދުންތައް ހޯދަމުންނެވެ. ދޭތެރެދޭތެރެއިން، އެ މަންޒަރުތައް، ބައިނަލްއަޤުވާމީ މުޖުތަމަޢާވެސް ހިއްސާ ކުރެއެވެ.

މި ފަހަރުވެސް ޕޮމްޕޭއިން ފެނުނީ އާދައިގެ ތަނެއް ނޫނެވެ. ޕޮމްޕޭއިން މި ފަހަރު ފެނުނީ ޖަލު-ބޭކަރީއެކެވެ. އެ ބޭކަރީގައި މަސައްކަތް ކުރަމުން ދިޔަ މީހުން އެ މަސައްކަތް ކުރަމުން ދިޔައީ އަޅުންގެ ގޮތުގައެވެ. ގޮވާން ހިމުން ކުރުމުގެ މަސައްކަތުގައި އެމީހުން ބޭކަރީގައި އުޅުނީ ޤައިދީންގެ ގޮތުގައެވެ. އެ މަސައްކަތުގައި ހިމާރުތަކެއްވެސް ބައިވެރިކޮށްފައި ވާ އިރު، އެ ހިމާރުތައްވެސް ގެންގުޅެފައި ހުރީ އެފަދަ ގޮތަކަށެވެ.

ޕޮމްޕޭގެ އާޘާރުތައް ބަލައި ހޯދަމުން ދަނިކޮށް މި ފެނުނު ޖަލު-ބޭކަރީއަކީ ކުޑަކުޑަ ކޮޓަރިގަނޑެއް ކަހަލަ ތަނެކެވެ. ބޭރުތެރޭގެ އެއްވެސް މަންޒަރެއް އެ ކޮޓަރީގެ އެތެރެއަކަށް ނުފެނެއެވެ. އިންތިހާ އުސްކޮށް ރާނާފައިވާ ފާރުގެ ވަރަށް މަތީގައި ދަގަނޑު ތޭރި ޖެހި، ސައިޒުގެ ގޮތުން މާ ބޮޑު ނޫން ކުޑަދޮރުތަކެއް ހުއްޓެވެ. އެއީ ހަމަ އެކަނި އަލި ކުރުމުގެ ބޭނުމަށް ހުރި ކުޑަދޮރުތަކެކެވެ. ޕާން ފިހުމަށް ބޭނުންވާ ގޮވާން މުގުރާ ތައްޔާރު ކުރުމަށްޓަކައި އެ ކޮޓަރީގެ ތެރޭގައި އަޅުންނާއި ހިމާރުތައް ވަށް ބުރު ބައްޓަމަށް ހިނގަހިނގާ އުޅުނެވެ.

އަލިފާން ފަރުބަދައިން ފައިބައިގެން އަންނަ ދިޔާ ހިލަ އަލިފާން ވައިގެ ސަތަހައަށް ހުޅުވި ގަނޑުވެފައިވާ ހިލަ ތަޅުމުގައި ވަށް ބުރެއްގެ ފަޅި ބައްޓަމަށް ކަނޑާފައިވާ ކެނޑުންތަކެއް ހުއްޓެވެ. އެއީ ޖަނަވާރުތައް ކަހަލައިގެން ވެއްޓުނަ ނުދިނުމަށް ކޮށްފައިވާ ކަމެކެވެ. ހަމަ އެއާއެކު އެ ފަޅި ބުރުތަކުން، ރާސްތާވެސް ފާހަގަ ކޮށްދެއެވެ.

ވެސުވިއަސް އަލިފާންފަދަރުބަދަ ގޮވި ވަރުގަދަ ހާދިޘާ ހިނގި އިރު ޕޮމްޕޭގައި ގާތްގަނޑަކަށް 13000 އެއްހާ މީހުން ދިރިއުޅެމުން ދިޔައެވެ. އެތައް އެޓަމް ބޮމެއް ގޮވުމާ ދާދި އެއް ފަދަ ވަރުގަދަ ގޮވުމަކުން ވެސުވިއަސް އަލިފާންފަރުބަދަ ގޮވާ، ދުމާއި އަޅިއާއި ހިލަތައް ބޭރުވަމުން ދިޔައެވެ. ޕޮމްޕޭގެ އޭރުގެ މަންޒަރުތައް މިއަދުވެސް ހަމަ އެގޮތުގައި ފެންނަން ހުރި އިރު، އެ މަންޒަރުތަކާއި، އެ ވާހަކަތައް އަޑުއެހުމަށް އެތައް ބަޔަކު ސަމާލުކަން ދެއެވެ.

ޕޮމްޕޭ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

01 ޖުލައި 2023

ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟

01 ޖުލައި 2023
ޕިއްޒާގެ އަސްލަކީ ޕޮމްޕޭތަ؟
26 ޖޫން 2022

ފާހިޝް އަމަލުތަކުގައި ހައްދު ފަހަނައަޅާދިޔަ ޕޮމްޕޭއިން ޝައުގުކުރަނިވި ކަންޒުކަހަނބެއް ފެނިއްޖެ

26 ޖޫން 2022
ފާހިޝް އަމަލުތަކުގައި ހައްދު ފަހަނައަޅާދިޔަ ޕޮމްޕޭއިން ޝައުގުކުރަނިވި ކަންޒުކަހަނބެއް ފެނިއްޖެ
23 މެއި 2017

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!
21 މެއި 2017

ޗައިނާގެ ފެމިނިސްޓުން "ޑަންގަލް" އަށް ފާޑުކިޔައިފި

21 މެއި 2017
ޗައިނާގެ ފެމިނިސްޓުން "ޑަންގަލް" އަށް ފާޑުކިޔައިފި
29 އެޕްރީލު 2017

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި
19 އެޕްރީލު 2017

ސޯނޫ ނިގަމް ކަމަށް ހީކޮށް ސޯނޫ ސޫދަށް އެއްޗެހި ކިޔައިފި

19 އެޕްރީލު 2017
ސޯނޫ ނިގަމް ކަމަށް ހީކޮށް ސޯނޫ ސޫދަށް އެއްޗެހި ކިޔައިފި
29 މާރިޗު 2017

ކަޕިލްގެ ޝޯ އިން ދެން ފެނިގެންދާނީ ކޮން ބައެއް؟

29 މާރިޗު 2017
ކަޕިލްގެ ޝޯ އިން ދެން ފެނިގެންދާނީ ކޮން ބައެއް؟
21 މާރިޗު 2017

އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ

21 މާރިޗު 2017
އިންޖީނުލީ އެއްޗެހި ނުދުއްވަން އެއްބަސްވާ ޖަޕާނުގެ މުސްކުޅިންނަށް އެމީހުންގެ ޖަނާޒާއިން 15 ޕަސެންޓް ޑިސްކައުންޓް ދެނީ
10 މާރިޗު 2017

އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ

10 މާރިޗު 2017
އައިޝްވަރިޔާގެ ބައްޕަގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދެނީ
10 ފެބުރުއަރީ 2017

ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟

10 ފެބުރުއަރީ 2017
ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް