Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
"ހައްދު"

"ހައްދު": ޕްރިމިއާ ކުރުން ތަފާތުވާނެ

ޕްރިމިއާ ކުރުމުގެ ގޮތުން މިއަދު ހަވީރު 4 ޖަހާއިރު ރެޑްކާޕެޓް އިވެންޓެއް އޮންނާނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2017 | ބުދަ 03:50
"ހައްދު" ގެ ޓްރެއިލާ

"ހައްދު" ގެ ޓްރެއިލާ

ޑައިރެކްޓަރ އަބްދުލް ފައްތާހުގެ އެންމެ ފަހުގެ ފިލްމު "ހައްދު" ގެ ޕްރިމިއާ ކުރުން ތަފާތުވާނެކަމަށް އޭނާ ބުނެފިއެވެ.

މިއަދު ހަވީރު 4 ޖަހާއިރު "ހައްދު" ޕްރިމިއާ ކުރުން މާލޭ ޝްވެކްސިނަމާގައި އޮންނާނީ ރެޑްކާޕެޓް އިވެންޓަކާއި އެކީގައެވެ.

ފައްތާހު ބުނީ މި ފިލްމު ދިވެހި ސިނަމާގެ ރެކޯޑް މުގުރާލާނެކަމަށެވެ.

ފައްތާހު ބުނީ މާލޭ ޝްވެކް ސިނަމާއާއި ހުޅުމާލޭ ޝްވެކް ސިނަމާގައި އަދި މިރޭ 8:30 އިން ފެށިގެން ފިލްމު އަޅުވަން ފަށާނެކަމަށެވެ. އަދި މިރޭ 9 ޖަހާއިރު އޮލިމްޕަހުގައި އަޅުވާނެކަމަށެވެ.

ތަރިންގެ ރޯލުން ފެނިގެން ދަނީ މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، އާރިފާ އިބްރާހީމް، ފައުޒިއްޔާ އަދި މަރިޔަމް ހަލީމް، މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ ޝިބާން އަހުމަދު، އަލީ އާޒިމް (ދޮންއައްޔަ) އާއި އަހުމަދު ނަޖާހް އެވެ. މީގެ އިތުރުން ނޫސްވެރިޔާ އަހުމަދު ފައިރޫޒު ފެނިގެންދާނެއެވެ.

"ހައްދު" މިއަދު ސިނަމާތަކަށް އަންނައިރު މާދަމާ އައްޑޫ ހިތަދޫއާއި މަރަދޫފޭދޫގައި ފިލްމު ޕްރިމިއާ ކުރާނެއެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ހދ.ކުޅުދުއްފުށީގައި ޕްރިމިއާ ކުރާނެއެވެ. މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ބައެއް ރިސޯޓުތަކުގައި ތަރުހީބު ލިބެމުންދާވަރަކަށް ފިލްމު ދައްކަން ހަމަޖެހިފައިވާކަމަށް ފައްތާހު ވަނީ ބުނެފައެވެ.

މިއީ ވާހަކަ ލިޔުންތެރިޔާ މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވާހަކައެކެވެ.

މި ފިލްގެ މަންޒަރުތައް ނަގާފައި ވަނީ ހއ. ކެލާ، ރ. ވާދޫ، މާލެ އަދި މާލެ ކައިރި ރިސޯޓްތަކުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ހައްދު" ގެ ޓްރެއިލާ ނެރެފި

"ހައްދު" ގެ ޓްރެއިލާ ނެރެފި

16 ޖުލައި 2017
"ޑެޑީ" ރިލީޒް ކުރުން ފަސްކޮށްފައި ވަނީ ސެޕްޓެމްބަރު 8 އަށް

"ޑެޑީ" ރިލީޒް ކުރުން ފަސްކޮށްފައި ވަނީ ސެޕްޓެމްބަރު 8 އަށް

05 ޖުލައި 2017
ރޯދަމަހު ވަރިކުރުން ފަލަސްތީނުގައި މަނާ ކޮށްފި

ރޯދަމަހު ވަރިކުރުން ފަލަސްތީނުގައި މަނާ ކޮށްފި

28 މެއި 2017
"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

"ބޭވޮޗް" އިންޑިއާގައި ޕްރިމިއާ ކުރާނެކަމެއް ނޭނގޭ: ޕްރިޔަންކާ

01 މެއި 2017
ވިނޯދް ކަންނާ މަރުވުމާ ގުޅިގެން "ބާހްބަލީ2" ޕްރިމިއާ ކުރުން ކެންސަލްކޮށްފި

ވިނޯދް ކަންނާ މަރުވުމާ ގުޅިގެން "ބާހްބަލީ2" ޕްރިމިއާ ކުރުން ކެންސަލްކޮށްފި

27 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު