Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހައްދުގެ އޯޑިއޯ ރިލީޒްކުރުން

"ހައްދު": ފުރަތަމަ ވީޑިއޯ ލަވަ ހަމަ ހަބޭސް

ހައްދުގެ ޓިކެޓް ވިއްކަން ފަށާނީ 8 އޮގަސްްޓްގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 6 އޯގަސްޓު 2017 | އާދީއްތަ 19:15
ހައްދުގެ ލީޑް ރޯލުން ފެނިގެންދާ ތިން ފަންނާނުން

ހައްދުގެ ލީޑް ރޯލުން ފެނިގެންދާ ތިން ފަންނާނުން

މަޝްހޫރު ޑައިރެކްޓަރ އަބްދުލް ފައްތާހުގެ "ހައްދު"ގެ ފުރަތަމަ ވީޑިއޯ ލަވަ "ބީހިލާ" ދައްކާލައިފިއެވެ.

ސޯލްޓް ކެފޭގައި ބޭއްވި އިވެންޓްގައި ރިލީޒްކުރި މި ލަވަ ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އާއި އޭނާގެ އަންހެނުން އަޝްފާއެވެ.

ޔޫޓިއުބްއިން ފެނިގެންދާ މިލަވައިގެ ލިރިކްސް ހަދާފައިވަނީ ތޭރަވާއެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ އަބްދުﷲ އަބްދުލް ފައްތާހް (ފަތޯ) އެވެ.

އަޝްފާގެ ރީތި އަޑުން ކިޔާފައިވާ މިލަވައިގެ ފުރިހަމަ އިތުރުވެގެންދިޔައީ ލަވަ ހުށަހަޅާދީފައިވާ ފުރިހަމަ ކަމުންނެވެ.

މި ލަވައިން ފެނިގެންދަނީ މި ފިލްމުގެ ރީޑް ރޯލުން ފެނިގެންދާ އައިމިނަތު ރިޝްފާއާއި މިދާއިރާއަށް އަލަށް ތައާފަރްވާ އަހުމަދު ޝިބާންއެވެ.

ރެކޯޑް ބްރޭކީން މޫވީއެއްގެ ގޮތުގައި ޑައިރެކްޓަރު އަބްދުލް ފައްތާހު ޕްރޮމޯޓް ކުރާ އޭނާގެ އާ ފިލްމް ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ ހައެއްގައެވެ.

"ބީހިލާށޭ" އަކީ "ހައްދު"ގެ ލަވައިގެ ތެރެއިން މިރޭ މަންޒަރާ އެކު ދައްކައިލި ފުރަތަމަ ލަވަ އެވެ. މި ލަވަ ހާއްސަކޮށްފައި ވަނީ "ހައްދު" އިން އަލަށް ތައާރަފުވާ އެކްޓަރު އަހުމަދު ޝިބާން އާއި އައިމިނަތު ރިޝްފާއަށެވެ. އަދި ލަވަ ކިޔާފައިވާ އަޝްފާއާއި ތޭރަވާ ވެސް މިލަވައިން ފެނިގެންދެއެވެ.

މިއީ އަމިއްލަ ރާގެއްގެ ލަވައަކަށްވާއިރު މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހަދާ މިފިލްމުގެ ލީޑް ރޮލުނަ ފެންނާނީ ޝިބާން އާއި ރިޝްފާގެ އަދި އައްޒަ އެވެ.

ފިލްމުގެ ޕްރޮމޯޝަން މިހާރު ކުރިއަށް ގެންދާ އިރު އަންގާރަ ދުވަހު "ހައްދު" ގެ ޓިކެޓް ވިއްކަން ފަށާނެ އެވެ.

ސޯލްޓްގައި ބޭއްވި އިވެންޓުގައި ވަނީ މި ފިލްމުގައި ހިމެނޭ 6 ލަވައިގެ އޯޑިއޯ ރިލީޒް ކޮށްފައެވެ. މި ލަވަތައް ސައުޑް ކްލައުޑް އަދި ދިރާގު މައިޓޯންސްއިންވެސް އަޑު އިވިގެންދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

09 ފެބުރުއަރީ 2017
"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

08 ފެބުރުއަރީ 2017
ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ

ބިޔޯންސޭ ގްރެމީ އެވޯޑް ހަފްލާގައި ލަވަކިޔަނީ

07 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

ޑެންޒެލް ވޮޝިންގޓަންގެ ފުރަތަމަ ސެގް އެވޯޑް ކާމިޔާބުކޮށްފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު