Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު"ހައްދު"

"ހައްދު" މާދަމާ ދިވެހި ސިނަމާތަކަށް

މި ފިލްމުގެ ހުރިހާ ޝޯއެއްގެ ޓިކެޓް ވެސް ވިއްކާނީ 100ރ. އަށް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 5 ސެޕްޓެމްބަރު 2017 | އަންގާރަ 05:28
"ހައްދު"ގެ ޕޯސްޓަރެއް

"ހައްދު"ގެ ޕޯސްޓަރެއް

ޑައިރެކްޓަރ އަބްދުލް ފައްތާހުގެ "ހައްދު" ސިނަމާތަކަށް މާދަމާ އަންނާނެއެވެ.

ފައްތާހު ބުނީ މާދަމާ ހަވީރު 4 ޖަހާއިރު މާލޭ ޝްވެކް ސިނަމާގައި ފިލްމު އެޅުވުމުގެ ގޮތުން ޚާއްސަ ރެޑް ކާޕެޓް އިވެންޓެއް ބާއްވާނެކަމަށެވެ.

މާލޭގެ ޝްވެކް ސިނަމާގައި ބާއްވާ އިވެންޓަކީ ޚާއްސަ ފަރާތްތަކާއި މީޑިއާގައި ހަރަކާތްތެރިވާ މީޙުންނަށް ޚާއްސަކޮށްގެން ބާއްވާ އިވެންޓެކެވެ.

ފައްތާހު ބުނީ މާލޭ ޝްވެކް ސިނަމާއާއި ހުޅުމާލޭ ޝްވެކް ސިނަމާގައި މާދަމާ ރޭ 8:30 އިން ފެށިގެން ފިލްމު އަޅުވަން ފަށާނެކަމަށެވެ. އަދި މާދަމާ ރޭ 9 ޖަހާއިރު އޮލިމްޕަހުގައި އަޅުވާނެކަމަށެވެ.

މި ފިލްމުގެ ހުރިހާ ޝޯއެއްގެ ޓިކެޓް ވެސް ވިއްކަނީ 100ރ. އަށް ކަމަށް ފައްތާހު ބުންޏެވެ.

ތަރިންގެ ރޯލުން ފެނިގެން ދަނީ މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، އާރިފާ އިބްރާހީމް، ފައުޒިއްޔާ އަދި މަރިޔަމް ހަލީމް، މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ ޝިބާން އަހުމަދު، އަލީ އާޒިމް (ދޮންއައްޔަ) އާއި އަހުމަދު ނަޖާހް އެވެ.

މިއީ ވާހަކަ ލިޔުންތެރިޔާ މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވާހަކައެކެވެ.

މި ފިލްގެ މަންޒަރުތައް ނަގާފައި ވަނީ ހއ. ކެލާ، ރ. ވާދޫ، މާލެ އަދި މާލެ ކައިރި ރިސޯޓްތަކުގައެވެ.

އިތުރަށް ކިޔާލަން

16 ޖުލައި 2017

"ހައްދު" ގެ ޓްރެއިލާ ނެރެފި

16 ޖުލައި 2017
"ހައްދު" ގެ ޓްރެއިލާ ނެރެފި
29 ޖޫން 2017

ސައިމާ އެވޯޑް2017  މާދަމާ!

29 ޖޫން 2017
ސައިމާ އެވޯޑް2017  މާދަމާ!
23 ޖޫން 2017

"ޓިއުބްލައިޓް" އެންމެ ފަހުން ސިނަމާތަކަށް އައިސްފި

23 ޖޫން 2017
"ޓިއުބްލައިޓް" އެންމެ ފަހުން ސިނަމާތަކަށް އައިސްފި
24 މެއި 2017

ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ނެރެނީ މާދަމާ

24 މެއި 2017
ސަލްމާން ޚާންގެ "ޓިއުބްލައިޓް" ގެ ޓްރެއިލާ ނެރެނީ މާދަމާ
17 އެޕްރީލު 2017

"ރާބްތާ" ސިނަމާތަކަށް އަންނާނީ ޖޫން 9 ގައި

17 އެޕްރީލު 2017
"ރާބްތާ" ސިނަމާތަކަށް އަންނާނީ ޖޫން 9 ގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު