Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ބްރިޖުގެ މަސައްކަތް

ބްރިޖުގެ މަސައްކަތަކީ އަދީބުގެ މަސައްކަތްޕުޅެއްތަ؟ ނޫނީ ރައީސް ޔާމީނުގެ މަސައްކަތްޕުޅެއްތަ؟

ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ސަރުކާރުން ކުރި މަސައްކަތުގެ ސަބަބުން ނެގޯޝިއޭޝަންތަކަށް ފަސޭހަވި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2018 | ހޯމަ 17:26
ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު

ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު

މި ސަރުކާރުގެ ގިނަ ވައުދުތަކެއް ނުފުއްދި ދައުރު ނިމޭއިރު ރައީސް އަބްދުﷲ ޔާމީން "ނަގާ ކިޔާފައި" ފަޚުރުވެރިކަމާ އެކު އަބަދު ދައްކަވަނީ ބްރިޖުގެ ވާހަކައެވެ. އެހެންކަމުން ކޮންމެހެން ވެސް މި ބްރިޖުގެ ތާރީޚާއި މަސައްކަތަށް ބަލާލަން ޖެހެއެވެ.

މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖަކުން ގުޅާލުމުގެ ވިސްނުމަކީ ރައީސް އިބްރާހިމް ނާސިރު ވެސް ދެކެވަޑައިގެންނެވި ހުވަފެންފުޅެކެވެ. އެ އަށް ފަހު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު "މޫންބޭ މެރީނާ" ގެ ނަމުގައި ބްރިޖު ޕްރޮޖެކްޓެއް ތައާރަފް ކުރެއްވިއެވެ. އެ މަސައްކަތުގައި އުޅުއްވީ ފާރިސް މައުމޫން ކަމަށް އެއިރު އަޑުފެތުރިފައިވެއެވެ. ތަފާތު ހަފުލާތައް ބާއްވައި ކެމްޕެއިންތަކުގައި ކުރެހުންތައް ވެސް ދެއްކިއެވެ. އެ އަށް ފަހު، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބްރިޖު އެޅުމުގެ އޮޕްޝަންތައް ދިރާސާ ކުރެއްވިއެވެ.

މި ސަރުކާރުގައި، ބްރިޖުގެ މަސައްކަތް ކުރައްވައި، އިގްތިސާދީ މެނިފެސްޓޯ ހައްދަވައި، ހުށަހެޅުއްވި، އިގްތިސާދީ ކައުންސިލުގެ ކޯޗެއަރ އަދި މިހާރު ޖަލުގައި އޮންނެވި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވިދާޅުވީ، ރައީސް ނަޝީދާއި ރައީސް މައުމޫނުގެ ވެރިކަމުގައި ކުރައްވާފައިވާ މަސައްކަތުގެ ސަބަބުން ބްރިޖުގެ ނެގޯޝިއޭޝަންސްތައް ވަރަށް ފަސޭހަވެގެންދިޔަ ކަމަށެވެ.

ރައީސް ނަޝީދުގެ ގްރޭޓަރ މާލޭ ރީޖަންގެ ޕްލޭންގައި، ތިލަފުށީގައި ޓްރާންޝިޕްމަންޓް ޕޯރޓެއް އަޅައި ތިލަފުއްޓާއި ގުޅީފަޅާއި ވިލިނގިއްޔާއި މާލެ އާއި ހުޅުލެ އަދި ހުޅުމާލެ ބްރިޖުތަކަކުން ގުޅުވާލުމަށް އޮތީ ޕްލޭން ކުރެވިފައެވެ. މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖެއް އެޅުމަކީ މި ޕްލޭނުގެ ތެރޭގައި ހިމެނޭ އެއް ބައެވެ.

އެހެންކަމުން، މިކަމުން އެނގޭ ގޮތުގައި ބްރިޖަކީ ރައީސް ޔާމީންގެ އަމިއްލަފުޅު ޚިޔާލުފުޅެއް ނޫނެވެ.

ރައީސް ޔާމީނުގެ ސަރުކާރުގެ އައުމުގެ ކުރިން، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި 2012 އަދި 2013 ގައި ރާއްޖޭގެ ފަތުރުވެރިކަން ޗައިނާގައި ޕްރޮމޯޓްކޮށް، ގިނަ ޕްރޮޖެކްޓުތައް ރާއްޖެ ގެނެއުމަށް އެއިރުގެ ޓުއަރިޒަމް މިނިސްޓަރު އަދީބު ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. ޗައިނާ އާއި އަދީބާ ދެމެދު އުފެދިފައި އޮތް ގާތްގުޅުމުގެ ތެރެއިން ގިނަ ކުރިއެރުންތަކެއް ހޯއްދެވިއެވެ. 2015 ވަނަ އަހަރުގެ އޮކްޓޯބަރުގައި އަދީބު ހައްޔަރުކުރެވުމާއި ހަމައަށް ގައުމު ހިންގެވީ އެމަނިކުފާނު ކަމަށް ރައީސް ޔާމީން ވެސް އިއުތިރާފުވެވަޑައިގަންނަވައެވެ. އެއިރު އިގްތިސާދީ ކައުންސިލް ހިންގަވައި، ހުރިހާ ބޮޑެތި ޕްރޮޖެކްޓުތަކުގެ މަޝްވަރާގައި ބައިވެރިވެވަޑައިގެން ގޮތް ނިންމެވީ އަދީބެވެ. ރައީސް ޔާމީން ގިނައިން އުޅުއްވީ ސިންގަޕޫރުގައެވެ. ރައީސް ޔާމީނަކީ "ސިންގަޕޫރުގެ ރައީސް ތޯ" އިދިކޮޅު ފަރާތްތަކުން ސުވާލުކުރަމުން ދިޔައެވެ. މަޝްވަރާތައް ކުރައްވައި، ފައިސާ ހޯއްދަވައި، އެއްބައި ހިލޭ އަދި ބާކީ ބައި ދިގު މުއްދަތުގެ ލޯނުގެ ގޮތުގައި ހޯއްދެވީ އަދީބެވެ.

އަދީބު ބަންދުކުރުމުގެ ކުރިން އެންމެ ފަހު ދަތުރަކަށް ވެސް ޗައިނާއަށް ވަޑައިގެން، ބްރިޖާއި އެއަރޕޯޓާ ބެހޭ ހުރިހާ ކަމެއް ނިންމަވާފައެވެ. އެހެންކަމުން ރައީސް ޔާމީނަށް މި މަސައްކަތުގެ ހުރިހާ ކްރެޑިޓެއް ނެންގެވިދާނެތޯއެވެ؟

އަދީބު ހައްޔަރުކުރި ފަހުން ފެނުނީ އަދި ފެންނަމުންދަނީ ސަރުކާރަށް އެއްވެސް ބޮޑު ޕްރޮޖެކްޓެއް ނުގެނެވި، ފާސްކުރި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން އެއްވެސް ފިޔަވަޅެއް ކުރިއަށް ނޭޅި "ލޮޑުވެފައިވާ" ތަނެވެ. "އައިހެވަން"، ފ. އަތޮޅުގެ ބިޔަ ޕްރޮޖެކްޓް، ސައުދީއާ އެކު ހަދަން އުޅުނު ތެލުގެ ޑީލް، އަދީބާ ނުލައި ރައީސް ޔާމީނަށް ކާމިޔާބު ކުރެއްވެވޭ ގޮތް ނުވެ އެކަންތައްތައް ދިޔައީ "ތޮޅިއަށެވެ."

އަދީބު ހޯއްދަވައި ދެއްވި 60 މެންބަރުންގެ ސުޕަރ މެޖޯރިޓީ ގެއްލި، ރައީސް މައުމޫންގެ އަތްޕުޅުން "އަތުލެއްވި" ޕީޕީއެމްގެ ތޮށިގަނޑާއެކުގައި ރައީސް ޔާމީން ސަރުކާރު މިވަނީ ކުޑަ ރަށެއްގެ ބައި އިލެކްޝަނެއް ވެސް ކާމިޔާބު ނުކުރެވޭ ހިސާބުގައެވެ. އިންތިހާބުތައް ދެކެ ގަންނާ ކުރައްވާ ބިރެއްގެ ސަބަބުން، ސިޔާސީ ވެރިންނަށް ހުކުމްކުރަމުންދަނީ ރައީސް ޔާމީނަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަން އެނގޭތީއެވެ.

މި ހުރިހާ ކަމަކުން އުފެދޭ ސުވާލަކީ ބްރިޖަކީ ހަމަ ހަގީގަތުގައި ވެސް ރައީސް ޔާމީނަށް "ގިރުވާން ކޮޅަށް ޖަހާލައިގެން ފޮނިކަނޑައި"، "އަމިއްލައަށް ކްރެޑިޓް" ނެންގެވިދާނެ މަސައްކަތެއްތޯއެވެ؟ ރައީސް ޔާމީން އެވަނީ އެމަނިކުފާނު ވެރިކަމަށް ގެނެސްދެއްވި، ރައީސް މައުމޫނާއި، ގާސިމް އިބްރާހިމާއި، ޝެއިޚް އިމްރާން އަބްދުﷲ އަދި އެހެނިހެން ފަރާތްތަކުގެ "ގައިގައި ވެސް ކޮޅުފައިން ޖައްސަވައި"، އެ ބޭބޭފުޅުންގެ މަސައްކަތްޕުޅަކީ އެމނަިކުފާނުގެ އަމިއްލަ މިލްކެއް ކަމަށް ހައްދަވާފައެވެ.

ބްރިޖުގެ ހުރިހާ މަސައްކަތެއް އަދީބު ކުރެއްވިއިރު، ސުވާލަކީ މިއީ "ބްރޯ" ބްރިޖުތޯ" ނުވަތަ "ޔާން" ބްރިޖުތޯ އެވެ؟ ގޮތް ނިންމާނީ ރައްޔިތުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރި ޤަރާރު: ޤާނޫނީ ގޮތުން ޞައްޙަ ނޫން ޤަރާރެއް

10 ފެބުރުއަރީ 2018
ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

18 ނޮވެމްބަރު 2017
އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

އިންތިގާލީ ސަރުކާރެއްތަ؟ ނޫނީ ވެރިކަމަށް މަގު ކޮށުންތަ؟

24 އޮކްޓޯބަރު 2017
އަދީބުގެ އާއިލާގެ ރުޅި މަޑު!

އަދީބުގެ އާއިލާގެ ރުޅި މަޑު!

26 ސެޕްޓެމްބަރު 2017
ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން

ގާނޫނީ ވަކީލުންގެ "ދުސްތޫރީ ފަސާނާ": ޕެޓިޝަން

30 އޯގަސްޓު 2017

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު