Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އަދީބުގެ އާއިލާގެ ރުޅި މަޑު!

ސިސްޓުތައް ޑައިގްނޯސް ކުރެވުނީ ހައްޔަރުކުރިތަނާހެން

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 26 ސެޕްޓެމްބަރު 2017 | އަންގާރަ 14:04
ޕީޕީއެމްގެ އެތެރޭގެ މައްސަލައިގައި މެންބަރު ޢަބްދުއްރަޙީމާއި ޑރ. ޚަލީލް ރުޅި މަޑުކަމަށް ނިހާން ވިދާޅުވިއިރު، ހަޤީޤީ ރުޅިމަޑުކަން ފެންނަނީ ކުރީގެ ނައިބުރައީސް އަދީބުގެ އާއިލާގެ ފަރާތުން

ޕީޕީއެމްގެ އެތެރޭގެ މައްސަލައިގައި މެންބަރު ޢަބްދުއްރަޙީމާއި ޑރ. ޚަލީލް ރުޅި މަޑުކަމަށް ނިހާން ވިދާޅުވިއިރު، ހަޤީޤީ ރުޅިމަޑުކަން ފެންނަނީ ކުރީގެ ނައިބުރައީސް އަދީބުގެ އާއިލާގެ ފަރާތުން

ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ޖަލު ގޮޅީގައި އޮންނަވާތާ 2 އަހަރު ވަނީއެވެ. "ހައި ޓްރީޒަން" ނުވަތަ ގައުމަށް ގައްދާރުވުމުގެ ތުޙުމަތުގައި ތަޙުޤީޤަށް ހައްޔަރު ކުރެވުނީއްސުރެ މި ފާއިތުވި މުއްދަތުގައި، ތަފާތު ތިން މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ޖަލު ޙުކުމް އިއްވައި، ޖުމްލަ 33 އަހަރަށް އެމަނިކުފާނު އެވަނީ އެކަހެރިކޮށްފައެވެ. އެމަނިކުފާނުގެ މައްޗަށް ތުޙުމަތުކުރާ އިތުރު މައްސަލަތައް ކްރިމިނަލް ކޯޓުގައި ފުނިޖައްސަމުންދާއިރު ބައެއް ޤާނޫނީ ތަޖުރިބާކާރުން ދެކިލައްވާ ގޮތުގައި އެ ހުރިހާ މައްސަލައެއް އަދީބްގެ މައްޗަށް ސާބިތު ކޮށްފިނަމަ، ޤާނޫނުލްއުގޫބާތުން ލިބިދޭ ލުއި ލިބިދިނުމަށްފަހުވެސް، އެމަނިކުފާނުގެ ޖަލު ޙުކުމުގެ ޖުމްލަ މުއްދަތު 150 އަހަރާ ގާތް ކުރާނެ ކަމަށް ބެލެވެއެވެ.

މީހަކު ކުށެއް ނުކުރާނެއެކޭ އަޅުގަނޑު ނުބުނާނަމެވެ. އަދި އެ ކުރި ކުށެއް، ޝައްކެއް ނެތް މިންވަރަށް އެމީހެއްގެ މައްޗަށް ސާބިތުވާވަރަށް ހެކި ހުރެއްޖެނަމަ އެމީހަކަށް އަދަބު ނުލިބޭންވީ ސަބަބެއްވެސް ނެތެވެ. ނަމަވެސް އެ އަދަބެއް އޭނާއަށް ދިނުމަކީ އޭނާގެ އިންސާނީ ޙައްޤުތަކާއި، އިންސާނީ ކަރާމާތަށް އަރައިގަތުން ކަމުގައި ވެގެން ނުވާނެއެވެ. އެއީ އިންސާފުގެ ހަމައެވެ.

އަދީބުގެ މައްސަލައިގައި ކަން ހިނގަމުން ދަނީ މި ދެންނެވުނު އިންސާފުގެ ހަމައާއި ދިމާ އިދިކޮޅަށްކަން ހަމަބުއްދިން ވިސްނި ކޮންމެ މީހަކަށް ފަހުމުވާނެއެވެ. ކުރެވުނު ދައުވާތަކުގައި އަދީބާއި ދެކޮޅަށް ހުށަހެޅި ހެއްކާއިމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ. އަދީބު ވިދާޅުވެގެން ދެފަހަރަށް ބޮން ހަދައިދިން ކަމަށް ބުނާ މީހާ މިނިވަން ވީމައެވެ. ބޭރުގެ ފަރާތްތަކުން ފިނިފެންމަލުގައި ގޮވި ގޮވުމުގެ އަސްލާމެދު ދެބަސްވީމައެވެ. އަދީބުގެ ފަރާތުން މައްސަލައިގައި ހާޒިރުކޮށްދޭން އެދުނު އެތައް ހެކިންނެއް ހާޒިރުކޮށް ނުދިނީމައެވެ. އެ ޝަރީއަތްތަކުގައި ހުރި އާންމު ރައްޔިތު މީހާއަށް ޤަބޫލުކުރާން ދަތި ކަންކަމުގެ ލިސްޓު ނިކަން ދިގެވެ.

އަދީބަށް ދެވުނު އަދަބު މިއަދު އެވަނީ އެ އަދަބުގެ އިންތައް ފަހަނައަޅައި ގޮސްފައެވެ. އެ އަދަބުގައި ނެތް އެތައް އަދަބެއް އަދީބަށް ދީ، އިންސާނަކަށް ވީތީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ، މެޖޯރިޓީ ލީޑަރު އަޙުމަދު ނިހާނާއި، މެންބަރު ޢަބްދުއްރަޙީމާއި، މެންބަރު ޑރ. ޢަބްދުﷲ ޚަލީލާއި، އަޅުގަނޑާއި، ތިޔަބޭފުޅާއަށްވެސް ލިބެންޖެހޭ އެންމެ އަސާސީ ޙައްޤު ކަމުގައިވާ ދިރިހުރުމުގެ ޙައްޤު އަދީބުގެ ކިބައިން އެ ދަނީ ފާޅުގައި ނިގުޅައިގަނެވެމުންނެވެ. އަދީބުގެ ފުރާނަފުޅަށް އަގުކިޔައި، ރައީސް ޔާމީންގެ ސަރުކާރުން އެވަނީ ފައިސާގެ ދަހިވެތިކަމުގައި ބޭސްފަރުވާގެ ހައްޤުން އަދީބު މަހުރޫމް ކޮށްފައެވެ.

އަދީބަށް ދިމާވެފައިވަ ސިއްޙީ މައްސަލަތަކުގެ ވާހަކައަކީ މިއަދު އާ ވާހަކައެއް ނޫނެވެ. ލޮލުގެ ފެނުން ގެއްލިދާފަދަ ބައްޔެއް ކަމުގައިވާ ގްލުކޯމާގެ ވާހަކައެވެ. ކިޑްނީގައި ހިލަ އުފެދިފައިވާ ވާހަކައާއި ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު ބޮޑު ސިސްޓުތަކެއްގެ ވާހަކައެވެ.

މި ބަލިތަކުގެ ތަފްޞީލަށް ދާކަށް ނެތީމެވެ. ސަރުކާރުން އަދީބުގެ ބޭސްފަރުވާއާ މެދު ކަންކުރާ ގޮތާއި ގުޅޭގޮތުން މިހާތަނަށް މާބޮޑަށް އާންމުކޮށް ނުދެކެވޭ ވާހަކައެއް ފާހަގަކޮށްލާނަމެވެ. ރާއްޖެއިން ބޭރުން އަދީބު ބޭސްފަރުވާ ހޯދުމުގެ ފުރުޞަތަށް ސަރުކާރުން ހުރަސްއަޅަމުންދާއިރު، ރާއްޖޭގައި އަދީބަށް ދެވޭ ފަރުވާއަކީވެސް ސަރުކާރުން ޖޯކެއްގެ އުސޫލުން ކުރާ ކަމެކެވެ.

އަދީބުގެ ސިއްޙީ ބޮޑެތި މައްސަލަތަކެއް ހުރިއިރު އަދީބަށް ފަރުވާދެމުންދަނީ އެކި ފަހަރު އެކި ޑޮކްޓަރުން ލައްވައެވެ. އަދީބަށް ދެމުންދާ ފަރުވާގެ ފުރިހަމަ ތަފްޞީލު އާއިލާއާއި ހިއްސާ ނުކުރާއިރު، މިހާތަނަށް ހިއްސާކޮށްފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ތަފާތު 9 ޑޮކްޓަރަކަށް އަދީބު ދައްކާފައިވެއެވެ. އެއީ ސިސްޓުތަކުގެ މައްސަލައިގައި 6 ޑޮކްޓަރުންނާއި، ލޮލުގެ ދެ ޑޮކްޓަރުންނާއި، ކިޑްނީގެ ޑޮކްޓަރެކެވެ. މީގެ ތެރޭގައި އަދީބުގެ ކެންސަރަށް ސްކްރީން ކުރުމަށް އިންޑިއާއަށް ވަޑައިގަތުމަށް ލަފާދެއްވި އައިޖީއެމްއެޗްގެ ޔޫރޮލޮޖިސްޓް ޑރ. އަހުމަދު އަޝްރަފްވެސް ހިމެނިވަޑައިގަންނަވައެވެ. ލިޔެކިޔުންތަކުން ފާހަގަވާ އަނެއް ކަމަކީ، 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ފަހުން، އެތައް ފަހަރަކު އެދުމުންވެސް، ސިސްޓުގެ މައްސަލައިގައި އަދީބު ޑޮކްޓަރަށް ނުދައްކައި ގިނަ ދުވަސްތަކެއް ފާއިތުވެގެންދިޔަ ކަމެވެ. އެ ތާރީޚުގެ ފަހުން ސިސްޓުތަކުގެ މައްސަލައިގައި އަދީބު ޑޮކްޓަރަށް ދައްކާފައިވަނީ މި އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހުއެވެ.

ފާހަގަވާ އެހެން ކަމެކެވެ. މިއިން ޑޮކްޓަރަކު ޓެސްޓެއް ހަދަން ދީފިނަމަ، އެފަހަރަކު ޖެހުނު ތާކުން، ހިތަށް އެރި ވަގުތަކު ޓެސްޓު ހަދައި، ޓެސްޓުގެ ނަތީޖާ ދެން ދައްކަނީ އެހެން ޑޮކްޓަރަކަށެވެ. ގިނަ ފަހަރު އެހެން ކްލިނިކެއް ނުވަތަ ހޮސްޕިޓަލެއްގެ ޑޮކްޓަރަކަށެވެ.

އަދީބަށް ސިއްހީ ފަރުވާދޭން ދެކޮޅު ހަދައި، ދޭ ފަރުވާއެއްނަމަ ކުޅޭ "ޖުވާއެއް"ގެ އުސޫލުން ސަރުކާރުން ކަން ކުރަމުން ދާއިރު، އަދީބަށް އެދަނީ ވަގުތު ކުޑަތަންވަމުންނެވެ. ބޭބޭފުޅު މި ދުނިޔެ ދޫކުރެއްވި ބަލީގެ ތުންފަތްމަތީގައި، އެއަށްވުރެވެސް ނުރައްކާތެރި ހާލަތެއްގައި އަދީބް ހުންނެވިއިރު ސަރުކާރަށް އަދިވެސް މުހިއްމީ ފައިސާއެވެ. އަދީބުގެ ފަރާތުން ހޯއްދަވަން ރައީސް ޔާމީން ބޭނުންފުޅުވެލައްވާ ގާތްގަނޑަކަށް 80 މިލިއަން ޑޮލަރެވެ.

ނިހާނުއެވެ. ރުޅި މަޑީ އަދުރޭ އެއް ޑރ ޚަލީލެއް ނޫނެވެ. އަދީބުގެ އާއިލާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

މަޑުއްވަރީން ރައީސް ޔާމީނަށް ދެއްކި މަންޒަރާއި މަޑުއްވަރީގެ ހަގީގީ މަންޒަރު

24 އޮކްޓޯބަރު 2017
ރައީީސް ޔާމީން މަޑުއްވަރީއަށް ވަޑައިގަންނަވާއިރު ރައްޔިތުން ބުނަނީ...

ރައީީސް ޔާމީން މަޑުއްވަރީއަށް ވަޑައިގަންނަވާއިރު ރައްޔިތުން ބުނަނީ...

23 އޮކްޓޯބަރު 2017
ކިތަންމެ ރުޅިއަޔަސް ރައީސް ޔާމީން ހަމަ މޮޅީއެވެ؟

ކިތަންމެ ރުޅިއަޔަސް ރައީސް ޔާމީން ހަމަ މޮޅީއެވެ؟

11 އޮކްޓޯބަރު 2017
އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

އާއިލާގެ ދެންތިބި ކުދިންގެ މަންމަ އަދި ބައްޕަ އަކީ ވެސް މި ކުއްޖާ!

09 އޮކްޓޯބަރު 2017
އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

16 ޖުލައި 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު