Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް 2018

ވާރލްޑް ކަޕު ބެލުމަށް އަނބިމީހާ ހުއްދަ ނުދިނުމުން މެކްސިކޯގެ ރައްޔިތަކު މެޗް ބެލިގޮތް ވަރަށް ތަފާތު!

ރަހުމަތްތެރިޔާގެ ބަދަލުގައި ގެންދިޔައީ ކާޑުބޯޑު ފޮޓޯއެއް

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 19 ޖޫން 2018 | އަންގާރަ 06:00
އިންގުއެ ސޫ މަތްރުޝްކާ ޓީމް

އިންގުއެ ސޫ މަތްރުޝްކާ ޓީމް

ދުނިޔޭގައި އެންމެ ގިނަ ބަޔަކު ފޯރި ނަގާ އެއް ކުޅިވަރަކީ ފުޓްބޯޅައެވެ. އެހެންވެ، މި ދުވަސްވަރު ވާރލްޑް ކަޕް ހުން ގިނަ ބަޔަކަށް ވަނީ ޖެހިފަ އެވެ. ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތް ރަޝިއާގައި ކުރިއަށްދާއިރު، މުބާރާތުގެ މެޗްތައް ބެލުމަށް އެތައް ގައުމުން ގިނަ އަދަދެއްގެ ބަޔަކު ރަޝިއާއަށް ވަނީ ޖަމާވެފަ އެވެ. އަދި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ވާރލްޑް ކަޕްގެ މެޗްތައް ބޮޑު ސްކްރީން ތަކުން ބެލުމުގައި ވެސް ނަގާ ފޯރި ކުޑައެއް ނޫނެވެ. އަދި އެހެން ގޮތްގޮތުން ވެސް ވޯލްޑް

ކާޑް ބޯޑުން ހަދާފައިވާ ޖަވީ

މެކްސިކޯއަށް ނިސްބަތްވާ ހަތް އެކުވެރިންވެސް ވާރލްޑް ކަޕް ފެށުމުގެ އެތަށް ދުވަހެއް ފެށުމުގެ ކުރިން ސްކޫލް ބަހެއް ގަނެ މެކްސިކޯ އިން ރަޝިއާ އަށް ދަތުރު ފެށީ ވާރލްޑް ކަޕްގެމެޗުތައް ބެލުމަށެވެ. އެހެން ނަމަވެސް އަމިއްލަ މައްސަލަތަކެއް ދިމާވެގެން އެ ހަތް އެކުވެރިންގެ ތެރެއިން އެކަކަށް މި ދަތުރުގައި ބައިވެރިވެވޭ ގޮތް ނުވި އެވެ. ނާދެވުނީ ޖަވީ ނަމަކަށް ކިޔާ އެކުވެރިއާ އަށެވެ. އެހެން ނަމަވެސް ބާކީ ތިބި އެހެން އެކުވެރިން ރަހުމަތްތެރިޔާ ޖަވީ ވަރލްޑް ކަޕްގެ މެޗުތައް ބެލުމަށް ގެންދިޔައީ ތަފާތު ގޮތަކަށެވެ. އަނބިމީހާގެ ހުއްދަ ހޯދަން ނުޖެހޭ އުކުޅެއް ބޭނުން ކުރީ އެވެ.

ކާޑް ބޯޑުން ހަދާފައިވާ ޖަވީ

މި އެކުވެރިންތައް ބަހުގައި ދަތުރުކޮށް ވަރލްޑް ކަމު ބަލާލުމަށް ނިންމީ މީގެ ހަތަރު އަހަރު ކުރިން ބްރެޒިލްގެ މުންޑިއާލްގައި ތިބެ އެވެ. ޑުރެންގޯ ސިޓީ އިން ސްކޫލު ބަހެއް ގަނެ މެކްސިކޯގެ ގައުމީ ކުލަތައް ބޭނުންގޮތެއްގައި ތަފާތުގޮތަކަށް ބަހުގައި ކުލަލިއެވެ. ބަސް އެންމެ ފުރަތަމަ ކަނޑުމަގުން ޕޯޗުގަލްއަށް ފޮނުވާލި އެވެ. އަދި އެއަށްފަހު މުޅި ޔޫރަޕް ޓޫއާއެއް ފެށި އެވެ.

ކާޑް ބޯޑުން ހަދާފައިވާ ޖަވީ

މި ދަތުރުގެ ހުރިހާ ކަމެއް ފައިނަލް ކުރެވުނު ފަހުން ހަތް މީހުންގެ ޓީމުގައި ހިމެނޭ ޖާވީއަށް ނުދެވޭނެކަން ބުންޏެވެ.

" ޖަވީ ބުނީ އޭނާގެ އަންހެނުން އޭނާ މި ދަތުރުދާކަށް އެއްބަހެއްނުވިއޭ. އެހެންވެ އަހަރެމެން ނިންމީ އޭނާގެ އަންހެނުންގެ ހުއްދައާ ނުލާ އޭނާ ގެންނަން. ހަގީގަތަކީ އޭނާ އުފާވެރި މަޖާ ވަގުތުތަކެއް މިދަތުރުގައި ހޭދަކުރާން." އެކުވެރިން ބުންޏެވެ.

މި ގްރޫޕުން އިންސްޓާގްރާމަށް ފޮޓޯތައް އަޕްލޯޑް ކުރަމުންދާ އިރު އެމީހުންގެ ޔޫސާ އައިޑީއަކަށް އިންނަނީ އިންގުއެ ސޫ މަތްރުޝްކާ އެވެ. މި އެކައުންޓް މެދުވެރިކޮށް ގިނަ ފޮޓޯތަކެއް ދަނީ ސޯޝަލް މީޑިއާގައި ޝެއަރ ކުރަމުންނެވެ.

ކާޑް ބޯޑުން ހަދާފައިވާ ޖަވީ

ކާޑް ބޯޑަކުން ހަދާފައިވާ ޖާވީ ތަފާތު އެކި ގޮތްގޮތަށް އެކި ތަންތަނުގައި މިގްރޫޕުގެ އެކި މެންބަރުންނާ އެކު ފޮޓޯ ނަގާ އިންސްޓަގްރާމަށް ވަނީ އަޅާފައެވެ. އިންސްޓަރގްރާމުގައި ހުރި ފޮޓޯތަކުން ކާޑްބޯޑް ޖާވީ އެނދުގައި ނިދާތަނާއި ބަސް ދުއްވާތަނާއި މަގުމަތީގައި ވެއްޓިފައި އޮތްތަނާއި ޓީމާ އެކީގައި މަޖާ ކުރާތަނުގެއިތުރަށް އާންމުންނާ އެކީ ނަގާފައިވާ ފޮޓޯތައްވެސް ހިމެނެ އެވެ. ކާޑު ބޯޑުން ހަދާފައިވާ ޖާވީގެ ޓީޝާޓޫގައި ލިޔެފައިވަނީ "އަހަރެންގެ އަންބިމީހާ ހުއްދައެއް ނުދިން" މިހެންނެވެ. މި ފޮޓޯތަކަށް ސޯޝަލް މީޑިއާގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިގެން ގޮސްފަ އެވެ. އަދި ގިނަ ބަޔަކަށް މިކަންވީ ވަރަށް މަޖާ ކަމަކަށެވެ. އެހެން ކަމުން މި ފޮޓޯތަކަށް އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެކި ފަރާތްތަކުން ދަނީ ޝެއަރ ކުރަމުންނެވެ.

ކާޑް ބޯޑުން ހަދާފައިވާ ޖަވީ

މި ގްރޫޕް ސޯޝަލް މީޑިއާގައި ހޯދި ސަމާލުކަމުގެ ސަބަބުން މޮސްކޯއަށް އާދެވުމުން އެމީހުންނަށް ގްރޫޕަކުންވަނީ ހޫނު މަރުހަބާވެސްކިޔާފައެވެ.

ބަހެއްގައި ވަރަށް ފޮނި އުންމީދުތަކާ އެކު ކުރި ދަތުރުގައި މި އެކުވެރިންނަށް އަދި މިހާތަނަށް މެކްސިކޯ އިން ކުޅުނު އެއްވެސް މެޗަކަށް ވަނުމަށް ޓިކެޓް ލިބޭ ގޮތް ވަނީނުވެފަ އެވެ. އެހެން ނަމަވެސް އެ ގްރޫޕުން ދަނީ އެކުވެރިންނާ އެކު މަޖާ ވަގުތުތަކެއް ހޭދަކުރަމުންނެވެ. އަދި އެމީހުން ވަނީ އާންމުންނާއި ސޯޝަލް މީޑިއާގެ ސަމާލުކަން ހޯދާ ލޯބި ހޯދަމުންނެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!

ޔޫޓީއެފް މައްސަލައިގައި އާންމުކޮށްފައިވާ އެއްބަސްވުމަކީ ދޮގުކަމަށްވާނަމަ، ޖިނާއީ ދަޢުވާކުރުމަށް ޤާނޫނު ހުއްދަކުރޭ!

20 މާރިޗު 2021
ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

11 މާރިޗު 2021
މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

22 ފެބުރުއަރީ 2021
''ހުއްދަ އަށް އެދުނީ އުއްމީދު ކަނޑާލުމުން، ހުއްދަ ދިނީ ނިޔާވި ފަހުން''

''ހުއްދަ އަށް އެދުނީ އުއްމީދު ކަނޑާލުމުން، ހުއްދަ ދިނީ ނިޔާވި ފަހުން''

06 ޖޫން 2020
އަބްދުﷲ ރިޔާޒް ހެއްދެވީ ދޮގު! މާލެ ވަޑައިގަތީކީ އެޗްޕީއޭގެ ހުއްދައާއި ނުލައި!

އަބްދުﷲ ރިޔާޒް ހެއްދެވީ ދޮގު! މާލެ ވަޑައިގަތީކީ އެޗްޕީއޭގެ ހުއްދައާއި ނުލައި!

29 އެޕްރީލު 2020

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު