Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުން

ރަށްތައް ގުޅާލުމުގެ ފުރަތަމަ ފިޔަވަޅު، އުންމީދު ބޮޑު!

12 ޖޫން 2022 | އާދީއްތަ 12:16

ޓިކެޓްގެ ބުކިންގ ހެއްދުމަށްވެސް ފަސޭހަ ގޮތްތަކެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ޖޫން 2022 | އާދީއްތަ 12:16
ހައި ސްޕީޑް ފެރީ

ހައި ސްޕީޑް ފެރީ

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަކީ މި ސަރުކާރުގެ ވައުދެކެވެ. މި ވައުދު ފުއްދުމުގެ ފުރަތަމަ ފިޔަވަޅު ސަރުކާރުން ވަނީ އަޅާފައެވެ. އެގޮތުން ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް"ގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ހދ އަތޮޅަށް މިވަނީ ރަސްމީކޮށް ފަށާފައެވެ. ފުރަތަމަ ފޭސްގައި ހއ، ހދ، އަދި ށ އަތޮޅު ގުޅާލެވޭނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ. އަދި 41 ރަށަށް ޚިދުމަތް ލިބޭނެކަމަށާއި ހަފުތާއަކު 7 ދުވަހު ދަތުރުތައް ކުރާނެކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ.

މި ޚިދުމަތް އެއްކޮށް ތައާރަފުކުރެވުމާއެކު ހަމަ ގައިމުވެސް ވަރަށް ގިނަ ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. މިހާރު އޮންނަ ގޮތުންނަމަ ފަތުރުވެރިޔާ އައިސް ގެސްޓްހައުސްއެއްގައި ނުވަތަ ރިސޯޓެއްގައި ހުުރުމަށްފަހު، ރާއްޖޭގެ ރަށްތަކުގެ ރީތިކަން ބަލާނުލައި މިޖެހެނީ ފުރައިގެންދާށެވެ. އެއީ ރަށްތަކަށް ދަތުރުކުރާނަމަ އެމީހެއްގެ އަތުން ދާ ޚަރަދުތައް އިންތިހާއަށް ބޮޑުވާތީއެވެ. މި ނިޒާމު ގާއިމުވުމާއެކު ފަތުރުވެރިންނަށް އެމީހުންގެ ލޯކަލް ޓްރާންސްޕޯޓް ބުކިންގ އަމިއްލައަށް ހަދާލެވޭނެއެވެ.

ފަތުރުވެރިންނެކޭ އެއްގޮތަށް ދިވެހިންނަށްވެސް މި ލުއިފަސޭހަ ލިބިގެންދާނެއެވެ. މިހާރު ރާއްޖޭގެ ރަށަކަށް ދާން ބޭނުންނަމަ އެ ރަށަކާ އެންމެ ކައިރީގައި އޮންނަ އެއަރޕޯޓަކަށް ދިޔުމަށްފަހު، އެތަނުން ލޯންޗު ނަގައިގެން ރަށަށް ދިޔުމަކީ ވެސް ބޮޑު ޚަރަދެކެވެ. އެގޮތަށް ރަށަކަށް ދާން ބޭނުންވާނަމަ ދަތުރަކަށް 3000 ރުފިޔާއާ 5000 ރުފިޔާއާ ދެމެދުގެ އަގެއް ދައްކަން ޖެހެއެވެ. އެހެންނަމަވެސް މި ނިޒާމާއެކު ދަތުރުފަތުުރުގެ އަގުހެޔޮވެ، ރައްޔިތު މީހާއަށް އެމީހާ ދަތުރުކުރާ ސީޓަށް ދާން އެނގޭނެއެވެ. މިހާރު ހދ އަތޮޅުގެ ރަށްތަކަށް ސަރުކާރުން ތައާރަފުކޮށްފައިވާ އަގުތަކަށް ބަލާއިރު، އެންމެ ބޮޑުވެގެން ދެކޮޅުގެ ޓިކެޓަށް ޚަރަދުވަނީ 200 ރުފިޔާއެވެ. އަދި އެއްކޮޅު ޓިކެޓްގެ އަގަށް ޚަރަދުވަނީ 100 ރުފިޔާއެވެ.

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި ފަށާފައިވާއިރު، ޓިކެޓް ބުކް ކުރުމަށް ޕޯޓަލްގެ އިތުރުން މޮބައިލް އެޕްލިކޭޝަނެއް ވަނީ ތައާރަފުކޮށްފައެވެ. ޕޯޓަލްއާއި އެޕްލިކޭޝަން މެދުވެރިކޮށް، ދަތުރު ފަށާ ރަށާއި ދާން ބޭނުންވާ ރަށް އިޚްތިޔާރުކުރަން ޖެހެއެވެ. އަދި ޓިކެޓް ލިބެން ހުންނަ ދުވަސްތައް ފެންނަން ހުންނާނެއެވެ. މީގެ އިތުރުން އެމީހަކު ބޭނުންވާ ސީޓް ނެގޭނެއެވެ. ލޯންޗަށް އަރަނީ ހޮޑުލާ މީހެއްނަމަ އެމީހަކު ކުރިން ގޮސް، އެ ބޭނުންވާ ސީޓު ހޯދަން ލޯންޗު އަންނަން ދެން މަޑުކުރަން ޖެހެއެވެ. އެހެންނަމަވެސް އެމީހަކު ބޭނުންވާ ސީޓް ނެގޭނެގޮތަށް މަގުފަހިކޮށްފައި އޮތުމުން މިއީ ވެސް އެ ރައްޔިތު މީހާއަށް ލިބުނު ލުއިފަސޭހައެއްކަން ޔަގީނެވެ. ދަތުރުކުރާ މީހުންގެ މައުލޫމާތު ފުރިހަމަކުރުމަށްފަހު، ނަގާފައިވާ ޓިކެޓް، ޓިކެޓް ހިސްޓްރީން ބަލައިލެވޭނެއެވެ.

އަދި ފައިސާ ދެއްކުމުން އެމީހަކަށް އީޓިކެޓް ލިބުމުގެ އިތުރުން އީމެއިލްއަށް ވެސް ޓިކެޓްދާނެއެވެ. މިއީ ހަމަ ގައިމުވެސް ކުރިއަރަމުންނަށް އަންނަ ޒަމާނަށް ބަލާއިރު ރައްޔިތުންނަށް ވަރަށްވެސް ފަސޭހަ ޚިދުމަތަކަށް ވާނެއެވެ. ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭއިރު، ދަތުރުކުރާ ކޮންމެ މީހަކާއެކު އުމުރުން 3 އަހަރުގެ ދަށުގެ އެއް ކުއްޖަކުގެ ގެންދެވޭނެއެވެ. އަދި އުނގުގައި ބައިންދާ ގޮތަށް ހިލޭ އެ ކުއްޖަކަށް ދަތުރު ކުރެވޭނެއެވެ.

މި މަޝްރޫއު އެމްޓީސީސީން ކުރިއަށް ގެންދާއިރު މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ޚިދުމަތް ފަށާފައިވާއިރު ދެވަނަ ފިޔަވަހީގައި ނ، ރ، ބ، ޅ، ގއ، ގދ، ޏ، އަދި ސ ގުޅާލާނެއެވެ. އަދި ތިންވަނަ ފިޔަވަހީގައި ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ ގުޅާލުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 188 ރަށް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.

ގައުމަށް ތަރައްގީ ގެނެވުމަކީ ބޮޑެތި ބްރިޖްތަކާއި ބޮޑެތި އިމާރާތްތައް އެޅުމެއް ނޫނެވެ. އެހެންނަމަވެސް މިފަދައިން ރައްޔިތުންނަށް ފޯރުކޮށްދޭ، ފަސޭހަ އަގު ހެޔޮ ޚިދުމަތްތަކުން ވެސް ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ޖޫން 2022

ފެރީ ނެޓްވޯކުގެ ފޭސް 2 އަދި 3 ގެ މަސައްކަތް މަޑުޖައްސާލުމުގެ ވިސްނުމެއް ނެތް: ޕްލޭނިން މިނިސްޓްރީ

13 ޖޫން 2022
ފެރީ ނެޓްވޯކުގެ ފޭސް 2 އަދި 3 ގެ މަސައްކަތް މަޑުޖައްސާލުމުގެ ވިސްނުމެއް ނެތް: ޕްލޭނިން މިނިސްޓްރީ
12 ޖޫން 2022

ރާއްޖެ ޓްރާންސްޕޯޓް ލިންކަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ: ރައީސް

12 ޖޫން 2022
ރާއްޖެ ޓްރާންސްޕޯޓް ލިންކަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ: ރައީސް
27 ޖެނުއަރީ 2018

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

27 ޖެނުއަރީ 2018
ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން
11 ޖެނުއަރީ 2018

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

11 ޖެނުއަރީ 2018
ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !
16 ޑިސެމްބަރު 2017

އެއް ކެންޑިޑޭޓެއްގެ އުންމީދު!؟

16 ޑިސެމްބަރު 2017
އެއް ކެންޑިޑޭޓެއްގެ އުންމީދު!؟
14 ނޮވެމްބަރު 2017

އެއް ކެނޑިޑޭޓަކަށް ކުރާ އުންމީދު، ހަގީގަތަކަށް ވެދާނެތަ؟

14 ނޮވެމްބަރު 2017
އެއް ކެނޑިޑޭޓަކަށް ކުރާ އުންމީދު، ހަގީގަތަކަށް ވެދާނެތަ؟
26 އޮކްޓޯބަރު 2017

ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!

26 އޮކްޓޯބަރު 2017
ރ. މަޑުއްވަރީ: ބިމުގެ ދަތިކަން އިންތިހާއަށް، ބޮޑު ހިލައާއެކު އުންމީދު ގެއްލިފަ!
06 އޮކްޓޯބަރު 2017

ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟

06 އޮކްޓޯބަރު 2017
ޔޫރަޕުން ފިޔަވަޅު އަޅައިފި ނަމަ ރާއްޖޭގެ އިޤްތިޞާދަށް ވާނީ ކިހިނެއް؟
17 ޖޫން 2017

މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!

17 ޖޫން 2017
މީޑިއާނެޓް ޖޫރިމަނާކުރުން:ފިޔަވަޅު އެޅުމުގައި ހަމައެއް ލަމައެއް ނެތް!
10 މެއި 2017

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް