Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފޭސްބުކްގެ ސީއޯއޯ

ޝެރީލް ސޭންޑްބާގް: ފޭސްބުކް ބޯޑު މެމްބަރަކަށް ހޮވުނު ފުރަތަމަ އަންހެނާ !

ފޭސްބުކް ކުންފުނީގައި މަސައްކަތް ކުރުމުގެ ދޮރު ޝެރީލް އަށް ހުޅުވިގެންދިޔައީ 2007 ވަނަ އަހަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2018 | ބުރާސްފަތި 07:32
ފޭސްބުކްގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝެރީލް ސޭންޑްބާގް

ފޭސްބުކްގެ ޗީފް އޮޕަރޭޓިންގް އޮފިސަރ ޝެރީލް ސޭންޑްބާގް

ފޭސްބުކް ކުންފުނީގައި މަސައްކަތް ކުރަން ލިބުމުން އެ ފުރުސަތަށް ނޫނެކޭ ބުނާނީ ކާކުތޯ؟ އެ ކުންފުންޏަކީ މުޅި ދުނިޔޭގައި މަޤްބޫލުކަން ހޯދާފައިވާ ކުންފުންޏެކެވެ. މިހާރުވެސް 20,658 ވުރެ ގިނަ މުވައްޒަފުންނާއިއެކު ފޭސްބުކް ކުންފުނި ދަނީ ހިންގަމުންނެވެ.

​

ޝެރީލް ސޭންޑްބާގް އަށްވެސް ފޭސްބުކް ކުންފުނީގައި މަސައްކަތް ކުރުމުގެ މަގު ހުޅުވި، ފޭސްބުކްގައި މަސައްކަތް ކުރުމުގެ ޝަރަފު ލިބިގެން ދިޔައެވެ. އޭނާ އަށް އެ ފުރުސަތު ލިބިގެން ދިޔައީ 2012 ވަނަ އަހަރުގެ ޖޫން މަހު ފޭސްބުކްގެ އޭރުގެ ޑިރެކްޓަރުންގެ ބޯޑުން އޭނާ އެ ކުންފުނީގެ ޗީޕް އޮޕަރޭޓިންގް އޮފިސަރގެ މަޤާމަށް އައްޔަންކުރަން ނިންމުމާއި ގުޅިގެންނެވެ. މި ޝަރަފާއެކު އޭނާ އަށް އެހެން ޝަރަފެއް ވެސް ލިބިގެން ދިޔައެވެ. އެއީ ފޭސްބުކްގެ ބޯޑު މެމްބަރެއްގެ ގޮތުގައި ފުރަތަމަ ހިދުމަތް ކުރާ އަންހެންނަކަށްވުމުގެ ޝަރަފެވެ.

ފޭސްބުކް ކުންފުނީގައި މަސައްކަތް ކުރުމުގެ ދޮރު ޝެރީލް އަށް ހުޅުވިގެންދިޔައީ 2007 ވަނަ އަހަރު އޭނާގެ ރައްޓެއްސެއް ބޭއްވި ކްރިސްމަސް ޕާޓީއެއްގެ ތެރެއިންނެވެ. އެ ޕާޓީގެ ތެރެއިން އޭނާ އަށް ފޭސްބުކްގެ ފައުންޑަރ އަދި ސީއީއޯ މާކް ޒަކަބާރގް އާއި ދިމާވިއެވެ. އޭރު މާކް ފޭސްބުކް އަށް ސީއޯއޯ އެއް ރަސްމީކޮށް ހޯދަމުން ނުދިޔަ ނަމަވެސް ޝެރީލް އާއި ބައްދަލުވުމަށް ފަހު އެއީ އެ މަޤާމަށް އެންމެ ޤާބިލް މީހާ ކަމަށް އޭނާ ޤަބޫލުކުރެވުނެވެ. އަދި އެހިސާބުން އެ ވަޒީފާ ޝެރީލްއަށް ދޭން ނިންމިއެވެ. ޝެރީލް އަށް ފޭސްބުކްގެ ޗީފް އޮޕަރޭޓިންގް އޮފިސަރގެ މަޤާމު ލިބުނުކަން ރަސްމީކޮށް ފޭސްބުކްގެ ފަރާތުން އިއުލާން ކުރީ 2012 ވަނަ އަހަރުއެވެ.

ޝެރީލް ފޭސްބުކް އާ ގުޅުމަށް ފަހު އެންމެ ފުރަތަމަ ފެއްޓި މަސައްކަތަކީ ފޭސްބުކް ކުންފުނިން ލިބޭ ފައިދާތައް އިތުރުކުރާނެ ގޮތެއް ހޯދުމެވެ. އޭނާ ކުންފުންޏަށް ވަނުމުގެ ކުރިން ކުންފުނީގެ ވިސްނުން ހުރީ ހަމައެކަނި "ކޫލް" ސައިޓެއް މެދުވެރިކޮށް އާންމުގެ މަޤްބޫލުކަން ހޯދުމެވެ. ފޭސްބުކް އިން ބުނީ ޝެރީލް އެ ކުންފުނީގެ ބިޒްނަސް އޮޕަރޭޝަންތަކުގެ އިތުރުން ސޭލްސް، މާރކެޓިންގް، ބިޒްނަސް ޑިވަލޮޕްމަންޓް، ހިއުމަން ރިސޯސަސް، ޕަބްލިކް ޕޮލިސީ އަދި ކޮމިއުނިކޭޝަންސްގެ އޮޕަރޭޝަންސްތައް ބަލަހައްޓަމުންގެންދާ ކަމަށެވެ.

ޝެރީލް ވަނީ އެންމެ ނުފޫޒުގަދަ އަންހެނުންގެ ތެރޭގައި ލިސްޓް ކުރެވިފައެވެ. އަދި މުއްސަނދި މީހުންގެ ތެރެއިން ޝެރީލް އަކީ ފާހަގަކޮށްލެވޭ ފަރާތެކެވެ. އެގޮތުން އެމެރިކާގެ ޓައިމް މެގަޒިނުން ލިސްޓުކުރާ އެންމެ ނުފޫޒުގަދަ އަންހެނުންގެ ތެރޭގައި ޝެރީލްގެ ނަން 2012 ވަނަ އަހަރު ހިމެނިގެން ދިޔައެވެ. މީގެ އިތުރުން 2015 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޝެރީލްގެ މިލްކިއްޔާތުގައި އެއް ބިލިއަން އަށް ވުރެ ގިނަ ޔޫއެސް ޑޮލަރު އެބަހުއްޓެވެ. އަދި 2014 ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އޭނާގެ މުސާރަ އަކީ 15.5 މިލިއަން ޔޫއެސް ޑޮލަރެވެ.

މިހާރު އުމުރުން 48 އަހަރުވެފައިވާ ޝެރީލް އެންމެ ފުރަތަމަ ކައިވެނިކުރީ އުމުރުން 24 އަހަރުގައެވެ. އެހެން ނަމަވެސް އެ ކައިވެނި މާގިނަ ދުވަސްތަކެއް ނުވެ ވަނީ ރޫޅިފައެވެ. އެ ކައިވެނި ރޫޅުމަށް ފަހު ދެން ޝެރީލް ކައިވެނިކޮށްފައިވަނީ 2004 ވަނަ އަހަރުއެވެ.

​

އެ ކައިވެނިވެސް ރޫޅުނުތާ ދުވަސްކޮޅެއް ފަހުން ޝެރީލް ސާރވޭ މަންކީގެ ސީއީއޯ ޑޭވް ގޯލްޑް ބާގްއާ ކައިވެނި ކުރިއެވެ. އެމީހުންގެ ކައިވެންޏަށް 11 އަހަރު އަހަރުގެ ތެރޭގައި ޑޭވް ކުއްލި ގޮތަކަށް މަރުވިއެވެ. ޑޭއިވް މަރުވީ 2015 ވަނަ އަހަރުގެ މެއި މަހު އަންހެނުންނާއި ދަރިންނާއެކު ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށެވެ. އޭރު އެމީހުން ޗުއްޓީ ހޭދަކުރަމުން ދިޔައީ މެކްސިކޯގައި ހުންނަ ފޯ ސީޒަންސް ރިސޯޓުގައެވެ. އޭރު އޭނާގެ މަރާއި ގުޅިގެން ގިނަ ބަޔަކު ބުނަމުން ދިޔައީ އޭނާ ކުއްލި ގޮތަކަށް މަރުވީ ކަސްރަތު ކުރަމުން ދަނިކޮށް ޓްރެޑްމިލް އިން ވެއްޓުމުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް ފަހުން ޕޯސްޓްމޯޓަމް ރިޕޯޓްތައް ދެއްކި ގޮތުން އޭނާގެ މަރުވީ ހިތުގެ މައްސަލައަކާ ގުޅިގެންނެވެ. ޝެރީލް އާއި ޑޭވްގެ ދިހަ އަހަރުވީ ކައިވެންޏަށް ވަނީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ލިބިފައެވެ.

​

ފިރިމީހާގެ ކުއްލި މަރާއި ގުޅިގެން ޝެރީލް އަށް ލިބުނީ ކުއްލި ސިހުމެކެވެ. އޭނާ އަށް އެންމެ އުނދަގޫވީ ދަރިން ކައިރީގައި އެ ކުދިންގެ ބައްޕަ މަރުވި ވާހަކަ ބުނުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ދުވަހަކީ ދުވަހަކު ވެސް ހަނދާނުން ނުފިލާނެ ދުވަހެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފައެވެ. ފިރިމީހާ ދެކެވާ ލޯތްބާއި ފިރިމީހާ އެކުގައި ނެތް ނަމަވެސް އޭނާ މަތިން ހަނދާންވާ މިންވަރު ޝެރީލް ދިޔައީ ޑޭވް މަރުވުމަށްފަހު ވެސް ސޯޝަލް މީޑިއާގެ އެކި ޕޯސްޓުތައް މެދުވެރިކޮށް ހިއްސާ ކުރަމުންނެވެ.

ޝެރީލް އަކީ ހިތްވަރުގަދަ ކުޅަދާނަ އަންހެނެއްގެ އިތުރުން މޮޅު ލިޔުންތެރިއެކެވެ. އޭނާ ލިޔެފައިވާ އެކި ވާހަކަތަކުގެ މިލިއަނަކަށް ވުރެ ގިނަ ކޮޕީތައް ވަނީ ވިކިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާރަށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ މާކުރިން އެރަށުގައި ރިސޯޓު ތަރައްޤީކުރަން ހުށަހަޅަން ޓޫ.ޖީގެ ބޯޑުން އޮތީ ފާސްކޮށްފައި

އާރަށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ މާކުރިން އެރަށުގައި ރިސޯޓު ތަރައްޤީކުރަން ހުށަހަޅަން ޓޫ.ޖީގެ ބޯޑުން އޮތީ ފާސްކޮށްފައި

01 ޖެނުއަރީ 2023
ސަންދޯކުގެ 3 ފިލާގެ ބަދަލުގައި ކާޑްބޯޑު ފޮއްޓެއް!

ސަންދޯކުގެ 3 ފިލާގެ ބަދަލުގައި ކާޑްބޯޑު ފޮއްޓެއް!

25 އޯގަސްޓު 2021
ބޯޑުގެ ދެ ފަރާތުގައި ދެ މަންތިރިއާ ދެ މަނާ ބައިންދައިގެން، \"ބޮނދު\" ހެވިފައި!

ބޯޑުގެ ދެ ފަރާތުގައި ދެ މަންތިރިއާ ދެ މަނާ ބައިންދައިގެން، "ބޮނދު" ހެވިފައި!

25 އޯގަސްޓު 2020
ދިވެހިންގެ ގޮނޑުދޮށްތަކުގައި ދިވެހިންނަށް މަނާ ބޯޑު އެޅުވޭނެތަ؟

ދިވެހިންގެ ގޮނޑުދޮށްތަކުގައި ދިވެހިންނަށް މަނާ ބޯޑު އެޅުވޭނެތަ؟

02 އޯގަސްޓު 2019
މިސްކިތަށް ހަމަލާ ދިނީ ލައިވްސްޓްރީމް ކޮށްގެން: ފޭސްބުކްގެ ބޮޑު ފެއިލްއެއް!

މިސްކިތަށް ހަމަލާ ދިނީ ލައިވްސްޓްރީމް ކޮށްގެން: ފޭސްބުކްގެ ބޮޑު ފެއިލްއެއް!

16 މާރިޗު 2019

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު