Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޤަތަރުގެ މައްސަލަ

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އެޅިނަމަވެސް، އެޤައުމުގެ އިޤްތިޞާދު ދަނީ ފުޅާވަމުން

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވާ ޤައުމުތަކުގެ ވެރިން ވަނީ ނިމިިދިޔަ ހަފްތާގައި ސަޢޫދީގެ ވެރިރަށް ރިޔާޒުގައި ބައްދަލުކުރައްވާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2018 | ހޮނިހިރު 04:16
ޤަތަރުގެ ވެރިރަށް ދޯހާ

ޤަތަރުގެ ވެރިރަށް ދޯހާ

ގަލްފުގެ 4 ޤައުމުތަކުން މީގެ 7 މަސްދުވަސްކުރިން، 2017ވަނަ އަހަރުގެ ޖޫން މަހުގެ 5ވަނަ ދުވަހު ވަނީ ޤަތަރާއިއެކު އޮންނަ ގުޅުން ކަނޑާލައި، އެޤައުމާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. މިހަތަރު ޤައުމަކީ މިސްރާއި، ޤަތަރުގެ އަވަށްޓެރި ޔޫއޭއީ، ސަޢޫދީ ޢަރަބިއްޔާ އަދި ބަޙްރައިންއެވެ. މިޤައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ ސަބަބުން އެއްގަމު މަގުން ޤަތަރަށް ވަންނަ މަގުތައް ވަނީ ބަންދުވެފައެވެ. އަދި އެޤައުމުތަކުގެ ވައިގެ ސަރަޙައްދަށް ޤަތަރުގެ ވައިގެ އުޅަނދުތަކާއި، ޤަތަރަށް ދަތުރުކުރާ ވައިގެ އުޅަނދުތައް ވަނުންވެސް ވަނީ މަނާކޮށްފައެވެ.

ޤަތަރުން އަންނަނީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތްކުރަމުންނެވެ.

ތިރީގައި އެވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި ޤަތަރުގެ މައްސަލައިގައި ހިނގާފައިވާ ބައެއް ކަންކަމެވެ.

ބުރާސްފަތި

ޤަތަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން އަބްދުއްރަޙްމާން އަލްޘާނީ ޑާވޯސްގައި ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ

ގަލްފުގެ ހަތަރު ޤައުމަކުން ޤަތަރާއިއެކު އޮންނަ ގުޅުން ކަނޑާލައި، އެޤައުމާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވީނަމަވެސް އެޤައުމުގެ އިޤްތިޞާދު ބާރު ދުވެލީގައި ފުޅާވަމުންދާކަމަށް ޤަތަރުގެ ޚާރިޖީ ވަޒީރު މުޙައްމަދު ބިން އަބްދުއްރަޙްމާން އަލްޘާނީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޤަތަރާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅިނަމަވެސް ކެތްކޮށްލެވޭހާ ވަރު ޤަތަރުގެ އިޤްތިޞާދުގައި އެބަހުރިކަމަށެވެ.

އެއްވެސް މައްސަލައެއް ނުޖެހި، ކުރިންވެސް ޕްލޭންކުރި ގޮތަށް 2022ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ކުރިއަށްދާނެކަމުގެ ޔަޤީންކަންވެސް ޤަތަރުގެ ޚާރިޖީ ވަޒީރު ދެއްވިއެވެ.

ބުދަ

ޤަތަރުގެ ވެރިރަށް ދޯހާ

ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވުމުގެ ސަބަބުން ޤަތަރަށް ކޮންމެހެން ބޭނުންވާ ބޭހުގެ ބައެއް ބާވަތްތަކާއި ބޭސްފަރުވާއަށް ބޭނުންވާ ބައެއް އާލާތްތައް ސަޕްލައި ނުކުރެވޭކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތެއްކަމަށްވާ ޔޫރޯމެޑްއިން ބުންޏެވެ.

ސަޢޫދީއިން ކުވައިތަށް ކަނޑައަޅާފައިވާ ސަފީރު ޤަތަރުގެ މައްސަލައިގައި ކުވައިތުގެ ޚާރިޖިއްޔާއަށް ހާޒިރުކުރެވުނުކަމަށް ދެކެވޭ ވާހަކަތައް ކުވައިތުގެ ޚާރިޖިއްޔާއިން ދޮގުކުރިއެވެ. ކުވައިތުގެ ޚާރިޖިއްޔާއިން ބުނީ ސަޢޫދީ ސަފީރާއިއެކު ކުވައިތުގެ ޚާރިޖީ ވަޒީރުގެ ނައިބު ބައްދަލުކުރެއްވީ ދެޤައުމުގެ ގުޅުންތައް ބަދަހިކުރުމާއި ގުޅޭގޮތުންކަމަށާއި، އެއީ އާދައިގެ ބައްދަލުވުމެއްކަމަށެވެ.

އަންގާރަ

ޔޫއޭއީ ވައިގެ ސިފައިންގެ ވެރިޔާ ބްރިގޭޑިއަރ ޖެނެރަލް ޙެލާލް ސާދު އަލް ޤުބައީސީ

ޤަތަރުގެ މައްސަލަ ހޫނުވެފައިވާތީ، ޤަތަރުގެ ވައިގެ ސިފައިންނަށް އުނދަގުލެއް ވެދާނެތީ ޤަތަރުގެ ވައިގެ ސަރަހައްދަށް ނުވަނުމަށް ޔޫއޭއީގެ ވައިގެ ސިފައިންނަށް އަންގަވާފައިވާކަމަށް ޔޫއޭއީ ވައިގެ ސިފައިންގެ ވެރިޔާ ބްރިގޭޑިއަރ ޖެނެރަލް ޙެލާލް ސާދު އަލް ޤުބައީސީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މައްސަލަ އިތުރު ހޫނު ނުކުރުމަށް އަމުރު އައިސްފައިވާކަމަށެވެ. ޤަތަރުގެ ވައިގެ އުޅަނދުތަކަށް ޔޫއޭއީ، ސަޢޫދީ، އަދި ބަޙްރައިންގެ ވައިގެ ސަރަހައްދަށް ނުވަދެވުނުނަމަވެސް، ޤަތަރުން އެޤައުމުތަކަށް ޤަތަރުގެ ވައިގެ ސަރަހައްދަށް ވަނުން މަނާކޮށްފައެއް ނުވެއެވެ.

ހޯމަ

އަބޫދާބީ ލޫވަރ މިއުޒިއަމްގައި ހުރި މެޕުން ޤަތަރު އުނިކޮށްފައި

އަބޫދާބީގެ ލޫވަރ މިއުޒިއަމްގައި ބަހައްޓާފައި ހުރި މެޕެއްގައި ޤަތަރު އުނިކޮށްފައިވާ މައްސަލަ ބޮޑުވެފައިވަނިކޮށް، އެމެޕްގައި ޤަތަރު ހިމެނިއެވެ. އެ މިއުޒިއަމްއިން ބުނީ އެއީ އޮޅުމަކުން ކުރެވުނު ކަމެއްކަމަށެވެ. ދުނިޔޭގެ މެޕުން މިގޮތަށް ޤަތަރު އުނިކުރުމަކީ ފަރަންސޭސީވިލާތުގެ ލޫވަރ މިއުޒިއަމްގެ ނަން ބޭނުންކުރުމުގެ ހުއްދަ އަބޫދާބީއަށް ދިން އެއްބަސްވުމާއި ޚިލާފުކަމެއްކަމަށް ތަޖުރިބާކާރުން ބުންޏެވެ.

ޤަތަރާއި ދެކޮޅަށް ފިޔަވަޅު އަޅާފައިވާ 4 ޤައުމުގެ ޚާރިޖީ ވަޒީރުން ސަޢޫދީގެ ވެރިރަށް ރިޔާޒްގައި ބައްދަލުކުރެއްވިއެވެ. އަދި އެއްޤައުމު އަނެއް ޤައުމާއިއެކު އޮތްކަމަށް ބުނެ، ޤަތަރަށް އެޤައުމުތަކުން ކުރި 13 ޑިމާންޑަށް ބަދަލެއް ނާންނަކަމަށް ޤައުމުތަކުން ބުންޏެވެ.

ޤަތަރުގެ ދިފާޢީ ވަޒީރު ޚާލިދު ބިން މުޙައްމަދު އަލް އައްތިޔާހް އެފްރިކާ ބައްރުގެ ޤައުމެއްކަމަށްވާ މާލީއަށް ވަޑައިގެން އެޤައުމުގެ ދިފާޢީ ވަޒީރު ޓިއޭނާ ކުލިބަލީއާއި ބައްދަލުކުރެއްވިއެވެ. އަދި ދިފާޢީ ދާއިރާއިން ދެޤައުމުން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އާދިއްތަ

ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލް ޘާނީ ކުވައިތުގެ އިސްބޭފުޅުންނާއި ދޯހާގައި ބައްދަލުކުރައްވަނީ

ޤަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އަލް ޘާނީ ކުވައިތުގެ ކުޅިވަރާއި ބެހޭ ވަޒީރު ޚާލިދު އަލް ރައުދާން އާއި ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ކުޅިވަރުގެ ދާއިރާއިން ދެޤައުމުގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. ރައުދާން ވަނީ ފީފާއިން ކުވައިތުގެ އެފްއޭ އާއި ދެކޮޅަށް އެޅި ފިޔަވަޅުތައް ނައްތާލަން ޤަތަރުން ދިން އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި 23ވަނަ ގަލްފް ކަޕް ކުވައިތުގައި ބާއްވަން ނިންމެވިކަމަށްޓަކައިވެސް ޤަތަރުގެ އަމީރަށް ޝުކުރު އަދާކުރެއްވިއެވެ. މިބައްދަލުމާއި ގުޅިގެން ރައުދާން އަކީ ކުލީ ސިފައިންގެ މީހެއްކަމަށް ސިފަކުރައްވައި، ސަޢޫދީގެ ސްޕޯޓްސް އޮތޯރިޓީގެ ޗެއަރމަން ތުރުކީ އާލް އައްޝައިޚް ވަނީ ޓްވީޓްކުރައްވާފައެވެ.

ކުވައިތަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ޤަތަރުގެ ދިފާޢީ ވަޒީރު ޚާލިދު އަލްއައްތިޔާޙް އަނބުރާ ޤަތަރަށް ވަޑައިގަތީ އާދިއްތަ ދުވަހުއެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފަށައިގެން ޤަތަރުގެ އަސްކަރީ އޮފީހެއް ކުވައިތުގައި ވަނީ ޤާއިމްކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައްޔިތުން ހަވާލު ކުރި ޒިންމާ އަދާކުރުމުގެ ފުރަތަމަ ފިޔަވަޅު ނެގުމުގައި ވިސްނަވާ!

ރައްޔިތުން ހަވާލު ކުރި ޒިންމާ އަދާކުރުމުގެ ފުރަތަމަ ފިޔަވަޅު ނެގުމުގައި ވިސްނަވާ!

24 މެއި 2019
އިބޫއާ ދެކޮޅަށް ދެއްކޭނެ ވާހަކަތައް ހުސްވީތަ؟

އިބޫއާ ދެކޮޅަށް ދެއްކޭނެ ވާހަކަތައް ހުސްވީތަ؟

29 އޯގަސްޓު 2018
މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

މިއީ އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ލިބޭނެ އެންމެ ފަހު ފުރުސަތު؟

05 ޖުލައި 2018
ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

ބަރުލަމާނީ ބަހުސް: ރައީސް ނަޝީދުގެ ވިސްނުންފުޅާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މަޖިލީސް މެމްބަރުން، ނަތީޖާ ކިހިނެއްވާނެބާ؟

08 ޖޫން 2018
ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

30 މާރިޗު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު