Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

އެއް ކެންޑިޑޭޓެއްގެ އުންމީދު!؟

ރައީސް ނަޝީދަށް ވާދަކުރެއްވޭނެ ކަމުގެ އަލިމަގެއް އަދި ނުފެނޭ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 16 ޑިސެމްބަރު 2017 | ހޮނިހިރު 14:23
އުމަރު ނަސީރު ޖޭޕީ އަށް ސޮއިކުރައްވަނީ: ޖޭޕީއާ އުމަރު ގުޅިވަޑައިގެންނެވުމާ އެކު ކޯލިޝަން ތެރޭގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައި

އުމަރު ނަސީރު ޖޭޕީ އަށް ސޮއިކުރައްވަނީ: ޖޭޕީއާ އުމަރު ގުޅިވަޑައިގެންނެވުމާ އެކު ކޯލިޝަން ތެރޭގައި ވަނީ ހިޔާލު ތަފާތުވުން އުފެދިފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދު ވެސް ހަ ކުޅި ކުރިއަށް ކުޅުއްވާ ބޭފުޅެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވާދަނުކުރެއްވޭނެ ކަމަށް އަޑަށް ބާރުލާފައި ސަރުކާރުގެ ފަރާތްތަކުން ބުނަމުން ދިއުމާ އެކު ވެސް އެމަނިކުފާނަށް ނުވަތަ އިސްލާހީ މަސައްކަތްތަކަށް ތާއީދުކުރާ ފަރާތްތަކަށް އެމަނިކުފާނު ވިސްނަވައިދެއްވީ އެހެން އެއްޗެކެވެ. އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނުއަސާސީ އިން އެމަނިކުފާނަށް ނެތްކަން ފާޅުގައި އެނގެން އޮތް އިރު ވެސް އެމަނިކުފާނު ގެންދަވަނީ ހަ ކުޅި ކުރިއަށް ކުޅުއްވަމުންނެވެ.

މި ރޭހުގައި ރައީސް ނަޝީދު ފުރަތަމަ ވިދާޅުވީ އިންތިގާލީ ސަރުކާރެއްގެ ވާހަކައެވެ. އެއީ އުފެދުމުގައި ވެސް ބާތިލް ކަމެއް ކަން އެންމެންނަށް ވެސް އެނގެއެވެ. ނަމަވެސް އެކުގައި މަސައްކަތްކުރެއްވި ފަރާތްތަކަށާއި ސަޕޯޓަރުންނަށް އެމަނިކުފާނު "ޗިޕް" ޖެއްސެވިއެވެ. އެއީ އާރުލާ ވާހަކައެއް ނޫން ނަމަވެސް އެކަމާ މެދު ގުޅިފައިވާ އިދިކޮޅު ފަރާތްތަކުގެ މެދުގައި ހޫނު ބަހުސްތަކެއް ފެށިގެން ދިޔައެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރި ގޮތުގައި ކުރު މުއްދަތެއްގެ ސަރުކާރެއް އެކުލަވާލައި އާ އިންތިޚާބަކަށް ޖާގަ ހޯއްދެވުމަށް ރައީސް ނަޝީދު އުފަންކުރުވި އެ ހިޔާލުގެ މައިގަނޑު މަގުސަދަކީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް އުވާލައި ކައިރި މުސްތަގުބަލެއްގައި އެމަނިކުފާނަށް ވެސް ވާދަކުރެވޭ ރިޔާސީ އިންތިޚާބެއް ބޭއްވުމެވެ. ނަމަވެސް އެ ހިޔާލު އަދި އޮތީ ހަމައެކަނި ހިޔާލެއްގެ ގޮތުގައެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުން ވެސް އެކަމާ މާބޮޑު ސީރިއަސް ކަމެއް ނުދެއެވެ.

ރައީސް ނަޝީދު ދެން އުފަންކުރުވި އަނެއް ހިޔާލަކީ ގުޅިފައިވާ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުންފުޅެވެ. ނަމަވެސް އެއީ ވެސް އުފެދުމުގައި ވެސް ބާތިލް ވިސްނުމެއްކަން މިހާރު ފެންނަން ހުރި ހެކިތަކުން އެނގިގެން ދިޔައެވެ. އިންތިގާލީ ސަރުކާރުގެ ވާހަކައެކޭ އެއްފަދައިން އެއް ކެންޑިޑޭޓެއްގެ ވާހަކައަށް އިދިކޮޅުގައި ތިބި ސިޔާސީ ޕާޓީތަކުން ބޯޖަހައިލި ނަމަވެސް އެކަން ވެސް މާ ސީރިއަސްކޮށް ނެގި ކަމަކަށް ބުނެވޭކަށް ނެތެވެ. އަމަލުތައް ހުރީ އެކަން ކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

ސަރުކާރު ހިންގާ ޕީޕީއެމް/އެމްޑީއޭ ކޯލިޝަން ނަގާފައި ދެން އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ހަމައެކަނި ޗޮއިސްއަކީ އަދި ފެންނަ ފެނުމުން ރައީސް ނަޝީދެވެ. އެމަނިކުފާނަށް 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަނުކުރެއްވޭ ނަމަ ދެން ޓިކެޓް ދޭނެ ފަރާތެއް ހިޔާލަށް ގެންނަން ވެސް އުނދަގުލެވެ. އެއަށްވުރެ އެއްވެސް ކެންޑިޑޭޓަކު އެމްޑީޕީން ނުނެރޭނެޔޭ ބުނަން ވެސް މާ ފަސޭހައެވެ.

މި ދެ ޕާޓީ އަށް ފަހު ދެން އޮތް އެންމެ ބޮޑު ޕާޓީ ޖޭޕީން ވެސް އެއް ކެންޑިޑޭޓަކު ނެރުމުގެ ވިސްނުމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ވެރިކަމަށް ފައި ނަންގަވައިގެން ހުންނެވި އުމަރު ނަސީރަށް އެ ޕާޓީގެ ލަގަން ހަވާލުކުރުމެވެ. މިދިޔަ ހަފްތާގައި އުމަރު ވަނީ އެ ޕާޓީ އަށް ސޮއިކުރައްވާފައެވެ. ގާނޫނުއަސާސީ އޮތް ގޮތުން 65 އަހަރުން މަތިވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ބަދަލު ގެނެސްފައިވުމާއި ދިގު މުއްދަތެއްގެ ހުކުމަކަށް ފަހު މިހާރު ޖަރުމަނު ވިލާތަށް އަރުވާލެއްވިގެން ޖޭޕީގެ ލީޑު ގާސިމް އިބްރާހީމް ހުންނެވުމުގެ ސަބަބުން ޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ ފަރާތަކީ އުމަރު ކަމުގައި ޖޭޕީން އެ ވަނީ ނުރަސްމީކޮށް ނަމަވެސް ނިންމާފައެވެ. އާންމުންނާއި ޖޭޕީގެ މެންބަރުންގެ ތާއީދު ނެތް ނަމަވެސް އުމަރު ޕާޓީ އަށް ސޮއިކުރެއްވީ ގާސިމަށް ވާދަނުކުރެއްވޭ ފަދަ ހާލަތެއްގައި ރިޔާސީ އިންތިޚާބުގައި އުމަރު ވާދަކުރެއްވުމަށެވެ. އުމަރު ސޮއިކުރެއްވުމާ ގުޅިގެން ގާސިމް ވިދާޅުވެފައިވާ ވާހަކަތަކަށް ބަލާއިރު އެއީ ސީދާ ގާސިމްގެ ވެސް ހޮއްވެވުންކަން ސާބިތުވެއެވެ.

ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު އުމަރު ފުރަތަމަ ދެއްވި "ޚިތާބު"ގައި ވެސް އެއް ކެންޑިޑޭޓެއް ނެރުމުގެ ވިސްނުން ވަނީ ރޫޅާލައްވާފައެވެ. ޖޭޕީއަކީ އެހެން ބަޔަކަށް ގުލާނުކުރަން ތިބެންޖެހޭ ބައެއް ނޫން ކަމަށް ބުނެ އެމްޑީޕީ އަށް ނުސީދާ ގޮތުން ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރެއްވިއެވެ. އިސްލާހީ މަސައްކަތްތަކުގައި އެމްޑީޕީ އާއި އަދާލަތާއެކު ޖޭޕީން މިހާތަނަށް މަސައްކަތްކުރަމުން އައި ނަމަވެސް އުމަރަކީ އެމްޑީޕީއާ އެކު އެއް ޕްލެޓްފޯމެއްގައި މަސައްކަތްކުރައްވާނެ ބޭފުޅެއް ނޫން ކަމަށް ކުރިން ވެސް ގެންދެވީ ވިދާޅުވަމުންނެވެ. ކުރީގެ ރައީސް މައުމޫނާއި ނަޝީދު އެކުގައި މަސައްކަތް ކުރައްވަފާނެ ކަމަށް މީގެ ކުރިން ބެލެވިފައި ނެތް ފަދައިން ނަޝީދާ އެކު އުމަރު މަސައްކަތްކުރެއްވުމަކީ ވެސް ވެދާނެ ކަމެއްކަން ގަބޫލުކުރަން ދައްޗެވެ. މައުމޫނާއި ނަޝީދު އެކުގައި މިހާރު މަސައްކަތްކުރައްވާތަން ފެންނާތީ އެމްޑީޕީ އާއި އުމަރު ވެސް އެކުގައި އެއް ޕްލެޓްފޯމަކުން ފެނުމަކީ ނުވާނެ ކަމެއް ކަމަށް ބުނަން މިހާރު އުނދަގުލެވެ. ނަމަވެސް ޖޭޕީ އަށް ސޮއިކުރެއްވުމަށް ފަހު ދެއްވި "ޚިތާބު"ގައި ވިދާޅުވި ވާހަކަތަކުން އަދި ކުރެހެނީ އެހެން މަންޒަރެކެވެ. އުމަރަކީ ވަކި ފަރުދެއްގެ މަންޒަރެވެ.

ކޮންމެއަކަސް މިހުރިހާ ކަމެއްގެ ތެރެއިން އަރިމަތީގައި އޮތް އަދާލަތު ޕާޓީގެ ވިސްނުން ވެސް މިހާރު ހުރި ގޮތް ބުނަން ދައްޗެވެ. އިދިކޮޅު ޕާޓީތަކަށް އެއް ކެންޑިޑޭޓަކާ މެދު އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އަދާލަތުން ވެސް ވަކިން ރިޔާސީ އިންތިޚާބުގެ ރޭހަށް ނުކުތުމަކީ ވެދާނެ ކަމެއް ކަމަށް އެ ޕާޓީގެ ނާއިބު ރައީސް އަލީ ޒާހިރު ދާދި ފަހުން ޖަލްސާއެއްގައި ނުސީދާ ގޮތެއްގައި ވިދާޅުވެފައި ވެއެވެ.

"އަޅުގަނޑުމެންނަށް އެފަދަ ނަސީބެއް ނުލިބިއްޖެ ހާލަތެއްގައި އިރާދަ ކުރެއްވިއްޔާ އަދާލަތު ޕާޓީގެ ފަރާތުން ވެސް އަޅުގަނޑުމެންގެ މި ދިވެހި ގައުމާ އިސްލާމް ދީނާ އަދި ދިވެހިރާއްޖޭގެ ސުލްހަ މަސަލަސްކަން ދަމަހައްޓާނެ ކެންޑިޑޭޓެއް އިރާދަ ކުރެއްވިއްޔާ ހުރުމަކީ އެއީ މިހާރު އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތެއް،" އިދިކޮޅު ފަރާތްތަކުން ދާދިފަހުން ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ޒާހިރު ވިދާޅުވެފައި ވެއެވެ.

ކުރިއަށް ރިޔާސީ އިންތިޚާބާ މެދު އިދިކޮޅުގައި އޮތް މައިގަނޑު ތިން ޕާޓީގެ ވިސްނުން ހުރި ގޮތް މުޅިން ސާފު ނުވިޔަސް ގާތްގަނޑަކަށް އެ ވަނީ އެނގިގެން ގޮސްފައެވެ. ވާހަކަތަކަށް ބަލާއިރު ތިން ޕާޓީގެ ވިސްނުން ހުރީ ތިން ދިމާލަކަށެވެ. ގުޅިފައިވާ ޕާޓީތަކުގެ އެއް ކެންޑިޑޭޓަކުން ނެރުމުގެ ވާހަކަ ދެކެވުނު ނަމަވެސް ކޮންމެ ޕާޓީއަކުން ވެސް އެ ވަނީ ވަކި ކެންޑިޑޭޓަކު ނެރެ ރޭހުގެ ފުރަތަމަ ބުރުގައި ވާދަޖެހުމަށް ތައްޔާރުވެފައެވެ. އެމްޑީޕީން ދައްކާ ކެންޑިޑޭޓަކު ނޫން ފަރާތަކަށް އެ ޕާޓީން ތާއީދުނުކުރާނެ ކަމަށް ދޭހަވާ ކަހަލަ ގޮތަކަށް ޕާޓީގެ ވަކިވަކި ފަރުދުންގެ ވާހަކަތައް ހުރި އިރު އަދާލަތާއި ޖުމްހޫރީ ޕާޓީގެ ވިސްނުން ވެސް ހުރި ގޮތް އެ ޕާޓީތަކުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އެ ވަކީ ފާޅުކުރައްވާފައެވެ. އަނެއްކޮޅުން ކޯލިޝަންގެ ތެރެއަށް އުމަރު ވަނުމާ އެކު ކޯލިޝަންގައި ރެނދު އެޅުމުގެ އިޝާރާތްތައް މިހާރު ވެސް ފެންމަތިވަމުންދާއިރު އެއް ކެންޑިޑޭޓެއް ނެރުމުގެ ވާހަކަތައް ދެން ކުރިއަށް ދިއުން އުނދަގޫވާނެ ކަމަށް ސިޔާސީ މުފައްކިރުން ލަފާކުރެއެވެ. އަދި އެ އުންމީދު މިހާރު ގެއްލިއްޖެ ކަމަށް އަމަލީ ގޮތުން މައިދާނުގައި ތިބި އެކްޓިވިސްޓުން އެދަނީ ބުނަމުންނެވެ. ކިރިޔާ ވެސް އުންމީދެއް އޮތީ މި ދަނޑިވަޅުގައި ރައީސް ނަޝީދު ހަ ކުޅި ކުރިއަށް ކުޅުއްވައިފި ނަމައެވެ. ނަމަވެސް މަންޒަރުތަކުން ފެންނަނީ އެމަނިކުފާނު ވެސް ވަކިވަކިން ބަޔާންތައް ދެއްވަމުން ގެންދަވާ ތަނެވެ. އިންތިހާބަކަށް ފައިނަންގަވައިގެން ހުންނެވި ތަނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެތައް އުންމީދުތަކަކާއެކު އައި މަސްވެރިކަމުގެ ޤާނޫނު، ވީ އެންމެ އަވަހަށް ތަންފީޒުވެގެން ދިޔުން މުހިންމު

އެތައް އުންމީދުތަކަކާއެކު އައި މަސްވެރިކަމުގެ ޤާނޫނު، ވީ އެންމެ އަވަހަށް ތަންފީޒުވެގެން ދިޔުން މުހިންމު

10 ޑިސެމްބަރު 2019
ރާއްޖެޓީވީ ރޯކޮށްލުން : އިންސާފު ލިބޭނެކަމުގެ އުންމީދުގައި ތިބޭތާ 6 އަހަރު!

ރާއްޖެޓީވީ ރޯކޮށްލުން : އިންސާފު ލިބޭނެކަމުގެ އުންމީދުގައި ތިބޭތާ 6 އަހަރު!

07 އޮކްޓޯބަރު 2019
އިންޑިއަން އޯސަން އައިލޭންޑް ގޭމްސް: ދިވެހި އެތުލީޓުން މެޑަލްތަކެއްގެ ފޮނި އުންމީދުގައި!

އިންޑިއަން އޯސަން އައިލޭންޑް ގޭމްސް: ދިވެހި އެތުލީޓުން މެޑަލްތަކެއްގެ ފޮނި އުންމީދުގައި!

25 ޖޫން 2019
ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

ފުރަތަމަ ދުވަހު ވެސް ނަމޫނާ ދައްކައިފި، އުންމީދު އާވެއްޖެ!

29 މެއި 2019
އާ މަޖިލީހަށް ކުރާ އުންމީދުތައް ގިނަ!

އާ މަޖިލީހަށް ކުރާ އުންމީދުތައް ގިނަ!

06 މެއި 2019

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު