Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައި ސްޕީޑް ފެރީ ނިޒާމް

ރާއްޖެ ޓްރާންސްޕޯޓް ލިންކަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަ: ރައީސް

ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ރަސްމީކޮށް ހދ އަތޮޅަށް ފަށައިފި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 12 ޖޫން 2022 | އާދީއްތަ 14:15
ހައި ސްޕީޑް ފެރީ

ހައި ސްޕީޑް ފެރީ

މުޅި ރާއްޖެ ގުޅުވާލަދޭ ހައިސްޕީޑް ފެރީ ނިޒާމު ނުވަތަ ރާއްޖެ ޓްރާންސްޕޯޓް ލިންކަކީ ލާމަރުކަޒީ ތަރައްގީގެ މައިބަދަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި ޖަޒީރާތަކުގެ އެއް ރަށް އަނެއް ރަށާ ގުޅި، އިޖްތިމާއީ އަދި އިގުތިސާދީ އެކަހެރިކަން ފިލައި، ހުރިހާ ރަށެއްގެ އިގުތިސާދު ގައުމީ އިގުތިސާދާ ލާމެހި ތަނަވަސްވާނީ ފެށި ހައިސްޕީޑް ފެރީ ނިޒާމުން ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް"ގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ރަސްމީކޮށް ހދ އަތޮޅަށް އާދިއްތަ ދުވަހު ވަނީ ފަށާފައެވެ.

އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕޭޝަލް ޕްލޭން (2020-2040)ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯރކުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލެވޭއިރު، އެއް ރީޖަން އަނެއް ރީޖަނާވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވާލެވޭނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް"، "ނަން-ކޮމިއުޓް ލިންކް"، އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަނެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްސަކުރެވިފައިވާ ލިންކެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ޚާއްސަކޮށްފައިވާ ލިންކެވެ. އަދި ހައިވޭ ލިންކަކީ އެއް ރީޖަން އަނެއް ރީޖަނާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ. އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާއި އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބް ގުޅުވައިދޭނެ ޚިދުމަތެކެވެ.

ސަރުކާރުން ފެށި މި މަޝްރޫއުގެ ތަފްސީލު ޕްލޭން ހަދައި، ޒޯން އެކެއްގައި މި ޚިދުމަތް ފަށާތާ އެއް އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި މި ނިޒާމު ގާއިމްވެ ފުރިހަމަކުރެވިގެންދާނެއެވެ. ލަފާކުރެވޭ ގޮތުގައި އެ ސަރަހައްދަށް، ބޭނުންވާނީ 13 ވަރަކަށް އުޅަނދެވެ. މި ޝެޑިއުލްގެ ތެރޭގައި، މުދާ އުފުލާ ފެރީ ވެގެންދާނީ އަދި ވަކި ފެރީއަކަށެވެ. އެއީ ތަންކޮޅެއް ލޯ ފްރިކުއެންސީކޮށް ދަތުރުކުރާ އެއްޗެކެވެ. ފަސިންޖަރުންގެ ފެރީއަށް އެރުވޭނީ ފަސިންޖަރަކު އަތުން އުފުލާ އެއްޗެއް އެކަންޏެވެ. އޭގެ ތެރޭގައި ލަގެޖު ގެންދެވޭނެއެވެ. ނުއުފުލޭނީ މުދާ އެކަންޏެވެ. މިފަދަ ކޮންމެ ކްލަސްޓަރއެއްގެ ތެރޭގައި ދެން ޖެހިގެން އޮންނަ ޒޯނަށް ކަނެކްޓުވާ އުޅަނދެއްވެސް އޮންނާނެއެވެ. އެއީ އެ ޒޯނަށް ގޮސް، އެމީހަކު ފުރި ޒޯނަށް އެނބުރި އައުމަށެވެ. އެއީ ދުވާލަކު އެއްފަހަރު ދަތުރެއް ކުރާ ގޮތަށް އިންތިޒާމުކުރެވިފައިވާ ދަތުރެކެވެ.

މި ސަރަހައްދުގައި ފެރީގެ ޚިދުމަތް ދިނުމަށް 40އާ 50އާ ގާތްކުރާ އަދަދެއްގެ ހައިސްޕީޑް ލޯންޗް ބޭނުންކުރާނެއެވެ. މީގެ އިތުރުން ހުރިހާ ދުވަހެއްގައި ފެރީގެ ޚިދުމަތްދިނުމަށް ނިންމާފައިވާއިރު، ހޮސްޕިޓަލް ހުންނަ ރަށްރަށަށް މަދުވެގެން ދުވާލަކު ދެ ދަތުރު ކުރަން ވަނީ ނިންމާފައެވެ. އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް ތައާރަފުކުރުމުގެ އެއް މަގުސަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު